ގްރީން ބަލިކޮށް ބޮޑު ލީޑެއް ލިބުނަސް މާޒިޔާ ކޯޗު ހިތްހަމަނުޖެހިފައި

ލަނޑު ޖެހުމަށް ފަހު ޓަކާޝީ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަނޑު ޖެހުމަށް ފަހު ޓަކާޝީ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި މާޒިޔާގެ ލީޑުފުޅާކުރެވުނު ނަަމަވެސް އެ ޓީމުން ދެއްކި ކުޅުމާމެދު އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ހިތްހަމަނުޖެހިއްޖެ އެވެ.

މި މޮޅާ އެކު މާޒިޔާ އެއް ވަަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 13 މެޗުން 31 ޕޮއިންޓް ހޯދައިގެންނެެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 12 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މާދަމާރޭގެ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ އެވެ. އެ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ މާޒިޔާގެ ލީޑު އަލުން ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

މިރޭގެ މެޗަށް ފަހު މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ ރަނގަޅަށް ދިޔައީ ހަމައެކަނި ނަތީޖާ ކަމަށާއި އެކަމަކު މި ކުޅުން ދައްކައިގެން އެ ޓީމަށް ލީގު ޗެމްޕިއަންކަން ނުހޯދޭނެ ކަމަށެވެ.

"މިއީ އަހަރެން ހަވާލުވި ފަހުން ކުޅުނު އެންމެ ދަށް މެޗު. ވަރަށް ގިނަ ކަންކަން ގޯސްކޮށް ދިޔައީ. ވަރަށް ފަސޭހަކޮށް މެޗު ނަގައިގެން ކުޅުންތެރިން ތިބީ. މި އެޓިޓިއުޑްގައި އަހަރެމެން ތިބެގެން ޗެމްޕިއަންކަމެއް ނުހޯދޭނެ. އަހަރެން މި މެޗު ރަނގަޅަށް އެނަލައިޒްކުރާނަން. މި މެޗުގައި އަހަރެމެން މީގެ ކުރިން ކުޅުނު އަދި ކުޅެން ބޭނުންވި ފުޓްބޯޅައެއް ނުކުޅެވުނު،" ވިޑަކޮވިޗް ބުންޏެވެ.

މި މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) ވަނީ ދެ ކާޑު ހަަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) ކުޅުމާ ދުރަށް ދާން ޖެހުމުން މާޒިޔާ އިން މެޗު ފެށީ ވެސް މެދުތެރެއަށް ގިނަ ކުޅުންތެރިން ލައިގެން އެޓޭކިން ގޭމަކަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ.

ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާގެ ކުޅުންތެރިން ގްރީން ސްޓްރީޓްސްގެ ހާފުގައި ގިނަކޮށްލައިގެން ކުޅެމުންދިޔަ އެވެ. މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި މުހައްމަދު އުމެއިރު ފޮނުވާލި ބޯޅަތަށް ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އުމެއިރު މަތިން ކޯނޭ އަށް ޖައްސާލި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ކޯނޭ ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފަށް ފައުލުކުރިކަމަށް ބަލައި ރެފްރީ ކަށިގަނޑު ފުމުނުއިރުގައި އެ ބޯޅަ އޮތީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބިފަ އެވެ.

މާޒިޔާގެ ކޯނޭ (ކ) އަތުން ބޯޅަ ހޯދަން ސާއިފް މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުރަަތަމަ ހާފު އެއްކޮށް ކަަހަލަ ގޮތަކަށް ގްރީން ސްޓްރީޓްސް އިން ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެމުން ދިޔައިރު ފުރަތަމަ ހާފުގައި އެ ޓީމުގެ އެ ޓީމަށް ލަނޑު ޖަހާނެ ނުރައްކާތެރި އެއްވެސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

ގްރީން ސްޓްރީޓްސް އިން މެޗު ލަސްކުރަމުންދާ ކަމަށް ބުނެ، މާޒިޔާގެ ކުޅުންތެރިންނާއި ބެންޗުން ދިޔައީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މާޒިޔާގެ ކޯޗު ވިޑަކޮވިޗް އެކަން ހަތަރު ވަނަ އޮފިޝަލް އަހުމަދު ހަސަންގެ ސަމާލުކަމަށް ގެނަ އެވެ. އޭގެ ފަހުން ވެސް ވިޑަކޮވިޗް އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުން މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ވަނީ ވިޑަކޮވިޗަށް އިންޒާރެއް ދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑުނަގައިދިނުމާ ގާތަށް އުމެއިރު ޖެހިލި އެވެ. ހިލޭ ޖެހުމަކުން 44 ވަަނަ މިނިޓްގައި އުމެއިރު ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑި އަށެވެ. އެ ހިލޭ ޖެހުން ފޮނުވާލުމަށް ފަހު އުމެއިރު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ދަނޑުން ފައިބައިފަ އެވެ. ދެ ވަނަ ހާފުގައި އުމެއިރުގެ ބަަދަލުގައި ކުޅެން އެރީ ހަސަން ނާއިޒު (ދާދު) އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓް) އަށް ފައުލުކުރި ކަމަށް ބުނެ، ގްރީން ސްޓްރީޓްސް ބެންޗުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އޭގެ ފަހުން އޭރިއާތެރެއިން މާޒިޔާގެ ކޯނޭ ޖެހި ބާރު ޝޮޓެއް ބޭރުވީ ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ފައިގައި ޖެހިފަ އެވެ.

މާޒިޔާ އިން ލަނޑު ޖަހަން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 55 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) އެވެ. މިރޭގެ މެޗުގައި ފަހަތަށް ކުޅުނު ޓަކާ މި ގޯލު ޖެހީ ހަމްޕު އަރިމަތިން ނަގައިިދިން ހިލޭ ޖެހުމަކުން ބޮލުންނެވެ. އޭގެ ދެ މިނިޓް ފަހުން ނަތީޖާ ހަމަހަމަކުރަން ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މުހައްމަދު ކަރަމް ތިރިތިރިން ނަގައިދިން ބޯޅަ އަންކޮ ފަޔަށް ނޭރުމުން ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މެޗުގެ 64 ވަަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ބޯޅަ ނެތިސް މާޒިޔާގެ އިބްރާހިމް އައިސަމް ގައިގައި އަތުން ޖެހި ނަމަވެސް ރެފްރީ ޖާވިޒް ދެއްކީ ރީނދޫ ކާޑެކެވެ. އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން މެދުގައި މައްސަލަތަކެއް ޖެހުނެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަދަލުތަކެއް ގެނެސްގެން ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ކޯނޭ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ވެސް ކިޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ކޮޅުގައި މާޒިޔާގެ ސްޕެއިން ޑިފެންޑަރު ޕޯޒޯ ކުރި ޓެކުލެއް ގްރީން ސްޓްރީޓްސްގެ މުހައްމަދު ޖައިލަމް (އޮގީ) ފަޔަށް އެރިއިރު، އެ ކަމާ ވެސް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ދެބަސްވުންތަކެއް ހިނގި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ވަނީ ގްރީން ސްޓްރީޓްސް 7-1 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި މާޒިޔާ ކޯޗަކަށް ހުރީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މިރޭގެ މެޗަކީ ރަނގަޅަށް ކަންތައްތައް ދިޔަ ނަމަ އޭނާގެ ޓީމަށް ޕޮއިންޓެއް ލިބޭނެ ފަދަ މެޗެއް ކަމަށެވެ.

"ހަމައެކަނި ދަންނަވާލަން އޮތް އެއްޗަކީ މެޗު ކޮންޓްރޯލް ގެއްލިގެން އެބަދޭ ހަމަ. އަބަދު ދައްކާ ވާހަކައެއް ހަމަ ފެނިވަޑައިގަންނަވާނެ ހަަމަ ފަހުން އެ ދިން ޔެލޯ ކާޑު ވެސް. އެއީ ޑޭންޖަރަސް ޕްލޭ. މި ފެންނަނީ މެޗު ކޮންޓްރޯލް ނުވެދިޔަތަން،" ނިސްތާރު ބުންޏެވެ.

މީގެ ކުރިން ނިސްތާރު ވަނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗާއި ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް ބަލިވި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނިސްތާރު މިރޭ ބުނީ ރެފްރީންގެ މައްސަލަތަކުގެ ވާހަކަ ދައްކައިގެން އަދަބެއް އަޔަސް ކުރާނެ ކަމެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox