ވެލެންސިއާއާ ދެމެދު އޮތް ފަރަގަށް މާޒިޔާ މި ވަގުތު ނުބަލާނެ: ވިޑަކޮވިޗް

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް މެޗެއްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާއާ ދެމެދު ޕޮއިންޓް ޓޭބަލްގައި އޮތް ފަރަގަށް ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އިން ނުބަލާނެ ކަމަށް އެ ޓީމުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ދެ ވަނަ ބުރުގައި ވެލެންސިއާ އާއި މާޒިޔާ އަށް ބާކީ އޮތީ ދެ މެޗެވެ. ލީގުގެ އެއް ބުރު ބާކީ އޮތްއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ވެލެންސިއާ އޮތީ 12 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.

"މި ވަގުތު މި ވިސްނަނީ ހަަމައެކަނި ގްރީން ސްޓްރީޓްސް މެޗަށް. އެއީ މި ވަގުތަށް އެންމެ މުހިއްމު މެޗަކީ. އަހަރެމެން ފޯކަސް ހުރީ އެކަމަށް. އަހަރެމެންނާއި ވެލެންސިއާއާ ދެމެދުގައި އޮތް ފަރަގު މި ވަގުތު އެހާ މުހިއްމެއް ނޫން. މި ވަގުތު މުހިއްމީ ގްރީން ސްޓްރީޓްސް ބަލިކޮށްގެން ތިން ޕޮއިންޓް ހޯދޭނެ ގޮތެއް ވިސްނުން،" މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅުނުއިރު ވަނީ 7-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. ވިޑަކޮވިޗް ބުނީ އެއީ މާޒީ ކަމަށާއި މިހާރު ގްރީން ސްޓްރީޓްސް ކުރިއަށް ވުރެ ވަރުގަދަ ކަމަށެވެ.

"ފުޓްބޯޅައިގައި މި ކަހަލަ ކަންކަމުގައި މާޒީ އަށް ބެލުމެއް ނެތް. ކުރިން ކޮށްފައި ހުރި ކަމަކީ ހަަމަ ވެފައި ހުރި ކަންތައް. މިއީ އާ މެޗެއް. މިއީ މުޅިން ތަފާތު ހާލަތެއް ކުރިން އެ މެޗު ކުޅުނުއިރާ އަޅާކިޔާއިރު. ގްރީން ސްޓްރީޓްސް އަކީ ލީގުގެ ތިން ވަނައިގައި އޮތް ޓީމު. އެހެންވީމަ އެ މީހުން ވަރަށް އިމްޕްރޫވްކޮށްފި އެންމެ ފަހުން ކުޅުނު މެޗުތަކުގައި،" ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ބުނީ ގްރީން ސްޓްރީޓްސް އަކީ ވެސް މާޒިޔާ ކަހަލަ ބޯޅަ ހިފަހައްޓައިގެން މި ކުޅޭ ގޮތަށް ކުޅެން ޝައުގުވެރިވާ ޓީމެއް ކަމަށެވެ. އެ ވިސްނުމުގައި މި މެޗަށް ބަލާނަމަ މި މެޗަކީ ރަނގަޅު ފައިޓަކަށްވާނެ ކަމަށާއި ގްރީން ސްޓްރީޓްސް އަކީ ސްކޮޑަށް ބަލާއިރު ވެސް ރަނގަޅު ޓީމެއް ކަމަށެވެ.

އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބް އަތުން މާޒިޔާ މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މޫސާ ޔާމީން (ޔާމްބެ) މާދަމާރޭގެ މެޗުގައި ނުކުޅޭނެ އެވެ. ޓީސީ މެޗަށް މާޒިޔާ ޓީމަށް އެނބުރި އައި ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ އެ މެޗުގައި ގޯލު ޖަހައިފަ އެވެ. ވިޑަކޮވިޗް ބުނީ ކޯނޭ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަަމަަށާއި އޭނާ އަބަދުވެސް ތަފާތު ދައްކާ ކަަމަށެވެ.

"އޭނަ ނެތި ވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅެފިން. ކޮންމެ ޕްލޭޔަރެއް ވެސް މުހިއްމު. އޭނަގެ މުހިއްމުވާ ގޮތަށް އަސައްކޮ ވެސް މުހިއްމު. އަހަރެމެން (ކޯނޭ) އޭނަ ހުންނާތީ އުފާކުރަން. އެކަމަކު އަހަރެމެން މި ކުޅެން އުޅޭ ފުޓްބޯޅަ ހަމައެކަނި އެއް ކުޅުންތެރިއަކަށް ބައްޓަން ނުކުރެވޭނެ،" ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ބުނީ އޭނާ މާޒިޔާ ލައްވައި ކުޅުވަން އުޅޭ ފުޓްބޯޅަ އެހެން ޓީމުތަކަށް ފެނިފައިވާ ކަމަށާއި އެހެންވެ ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ކުޅެން ހަމައެކަނި ގެންގުޅޭ އުކުޅަކީ ޑިފެންސްކޮށްފައި ކައުންޓައެޓޭކަށް ކުޅުން ކަމަށެވެ. އެކަމަށް މެޗަކަށް ފަހު މެޗެއް މާޒިޔާ އިން ސަމާލުވާނެ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"މި ދަނޑުގައި އަހަރެން ކުރިން ބުނިހެން ޑިފެންސް ކުރަން ފަސޭހަ. އެޓޭކްކުރަން އުނދަގޫ. ދެން އަނެއް ހެން އެ ވިސްނުމުގައި ބަލާއިރު މެޗަކަށް ފަހު މެޗެއް އުނދަގޫވަމުން މިދަނީ. އެކަމަކު އަހަރެމެންނަށް މިހާރު މިކަން އެނގޭ. ތައްޔާރުވާނަން،" ވިޑަކޮވިޗް ބުންޏެވެ.

"މިހާރު ދެން އަހަރެމެން ކުޅެން ބޭނުންވާ ސްޓައިލަށް ކުޅެވެން ނެތިގެން އަހަރެމެންނަށް އެކަން ބަދަލުކުރެވެން ވެސް ނެތް. އެއީ ޓީމުތަކުން ދެން އަހަރެމެންނާ ދެކޮޅަށް ކުޅޭނެ ކަމަށް ދެކެނީ ޑިފެންސްކޮށްގެން މުޅިން،"

މި ސީޒަނުގައި މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު މެޗަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިހާރު ކުޅެމުން އަންނަ ދާދުއާ ބެހޭގޮތުން ވިޑަކޮވިޗް ބުނީ ދާދު އަކީ ހުނަރު ހުރި ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަަމަކު ފުޓްބޯޅައިގައި ޓީމެއްގައި ޕާފޯމްކުރާނަމަ އެ ނޫން ވެސް ކަންތައްތައް ރަނގަޅުކުރަން ޖެހޭނެ ކަަމަށެވެ.

"ބައެއް ފަހަރު އޭނަ ހަނދާން ނެތޭ އޭނަ ޑިފެންޑްކުރަން ޖެހޭކަން. އެހެން ބައެއް ކަންކަން ވެސް ކުރަން ޖެހޭކަން. އެއީ ފުޓްބޯޅައިގައި ހަަމައެކަނި މޮޅު ހުނަރާއި އެޓޭކް ކުރުމަކުން ފަރުޖައްސާލެވެން ނެތް. މެޗެއްގައި ހިމެނޭ ހުރިހާ ކަމެއްގައި ބައިވެރިވެވެން ޖެހޭނެ. އޭނަ އެބަ ދަސްކުރޭ ގިނަ ކަންކަން. އޭނަ ރަނގަޅުކުރާނެ. އެކަމަކު އެ މަގާމަށް މި ވަގުތު ހަމްޒާ އެ އަންނަނީ މާ ރަނގަޅަށް ކުޅެމުން،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އިން އެންމެ ފަހުން އޮތް ޓްރާންސްފާ މާކެޓްގައި ވަނީ ކުރިން އެ ޓީމަށާއި ވިކްޓްރީ އަދި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފަ އެވެ. އެކަމަކު މަހުމޫދުގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވުމާ ގުޅިގެން އަދިވެސް އޭނާ މެޗެއް ނުކުޅެ އެވެ. ވިޑަކޮވިޗް ވަނީ ޑޮކްޓަރުންގެ ލަފާ ހޯދަމުން އަންނަ ކަމަށާއި މަހުމޫދު ފޮނުވާލުމާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox