ސަލްމާގެ މަރުގެ ބަދަލު ހޯދަން އޭޑީކޭ ގޮވައިގެން ފިރިމީހާ ކޯޓަށް

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

ވިހެއުމުގެ ތެރެއިން ނިޔާވި ސަލްމާ: އޭނާގެ ގަޔަށް ލޭ އެޅިލެއް ލަސް ކަމަށް މިނިސްޓްރީން ބުނޭ-- ފޮޓޯ: ސޯޯޝަލް މީޑިއާ

އޭޑީކޭ ހޮސްޕިޓަލުގައި ވިހެއިތާ ގަޑިއިރުތަކެއް ފަހުން މަރުވި، ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އެ ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނެ ބަދަލު ހޯދުމަށް ފިރިމީހާގެ ފަރާތުން ކޯޓަށް ދާން ނިންމައިފި އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަލްމާ މަރުވި މައްސަލަ ބަލައި ހެލްތު މިނިސްޓްރީން އޭނާގެ ފިރިމީހާއަށް ފޮނުވި، ކުރު ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށް ފަހު އަންހެންމީހާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް, ހޮސްޕިޓަލުން ލޭ އަޅާފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ. އެކަމަކު ވިހެއުމުގެ ކުރިން ސަލްމާއަށް ލޭ ދޭނެ ދެ މީހަކު އާއިލާއިން ހަމަޖައްސައި، ކްރޮސްމެޗު ހެދި ކަމަށް ވެސް މިނިސްޓްރީގެ ރިޕޯޓުން އެނގެ އެވެ.

އެހެން ކަމުން ތަހުގީގު ރިޕޯޓުން ނިންމައިފައިވަނީ ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވި ކަމަށެވެ.

Advertisement

ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު "އަދަދު"އަށް ވިދާޅުވީ, ސަލްމާ މަރުވީ އޭޑީކޭގެ އިހުމާލުން ކަމަށް ބެލެވޭތީ ޖިނާއީ އަދި މަދަނީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށާއި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަލްމާގެ މަރުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މިހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޑީކޭގެ އިހުމާލުން މަރުވީމަ އެ މައްސަލަ ހުށަހަޅަން މި ނިންމީ. ބަދަލުގެ ގޮތުގައި އެދެނީ ކިހާވަރެއް ހޯދަން ކަމެއް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ނިންމާނަން،" މުހުތާޒް ވިދާޅުވި އެވެ.

ސިއްހީ އިހުމާލުތަކުގެ ސަބަބުން މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ބަދަލު ނަގައިދީފައި އެބަހުއްޓެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގާ ގުޅޭގޮތުން "އަދަދު"ން ސުވާލު ކުރުމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓާ، އަހުމަދު އަފްއާލް އިއްޔެ ވިދާޅުވީ އެ މައްސަލާގައި ހެލްތު މިނިސްޓްރީއާ ބައްދަލުކޮށް އެ މިނިސްޓްރީގެ ހޯދުންތަކަށް އިންކާރު ކޮށްފައިވާ ކަމަށެވެ. ސަލްމާގެ ގަޔަށް ލޭ އެޅުމުގައި ލަސް ކޮށްފައި ނުވާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވަނީ ސަލްމާ ގަޔަށް އަޅަންޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށްފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅާފައިނުވާ ކަމަށެވެ. ލޭ ގެނައީ ވެސް ސަލްމާގެ މޫނު މައްޗަށް އަނިދިރިވާން ފެށުމުންނެވެ.

ވިހެއުމަށްފަހު ލޭ ފައިބާތީ އޭގެ ސަބަބު ދަނެގަތުމަށް މަސައްކަތްކޮށް ލޭ މަނާ ކުރުމަށް ޑޮކްޓަރުން ބޭސް ދީފައިވެ އެވެ. އަދި ސަލްމާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަންޖެހިދާނެކަން އާއިލާއަށް ވެސް ޑޮކްޓަރުން އެންގި އެވެ. ސަލްމާ ގަޔަށް ލޭ އަޅާފައި ވަނީ އޭގެ ވެސް އެއް ގަޑިއިރު ފަހުންނެވެ.

ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅާފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އެވެ. އެއިރު ސަލްމާ ބުނަމުންދިޔައީ އޭނާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގަ އެވެ.

ހެލްތު މިނިސްޓްރީގެ ތަހުގީގުން އެނގިގެން ދިޔައީ ސަލްމާ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު އޭޑީކޭގެ ލިޔެކިޔެމުން ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox