ވައްޑެގެ ދިފާއުގައި އެމްޑީޕީ: "އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ"

Apr 17, 2021, 4:49 AM
ވައްޑެގެ ދިފާއުގައި އެމްޑީޕީ: "އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ"

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިވެންޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ދެއްކެވި ވާހަކައަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންގެންދާ އަމަލުތައް ހަރުއަޑުން ކުށްވެރިކޮށް އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ގޮވާލައިފި އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން އިވެންޓެއްގައި ކުރީ ސަރުކާރަށް ނިސްބަތްވާ ގޮތަށް ވައްޑެ ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ މުޅި މިނިވަންކަން ނަގާލަމުން މީހުން މަރާން ވެގެން ގިސާސް ހިފާނަމޭ ކިޔައިގެން ކެބިނެޓަށް، މިއޮށް ގަރުނުގައި ކެބިނެޓަށް އެ އިންޖެކްޝަން ޖަހާލީމާ މަރުވާންދާއިރު ހަށިގަނޑަށް ވާންވާ ގޮތް ޕްރެޒެންޓޭޝަން ހަދައިގެންހުށަހެޅި ބަޔެއް، ސިކުބަޔެއްގެ ވާހަކަ މިދައްކަނީ، ސިކު ބަޔެއްގެ ވާހަކަ މިދައްކަނީ،" މިހެންނެވެ.

އެމްޑީޕީން ރޭ މެންދަމު ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކައިގައި ވައްޑެ ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫންކަމެވެ.

"އެއާހިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

އުނގޫފާރު ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވެސް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ތަހުގީގުތަކުން ދައްކާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމާ ބެހޭގޮތުން ވައްޑެ ވިދާޅުވީ، އޭނާ ދެއްކެވީ އަބުރު ގާނޫނު ހަދައިގެން ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ބަޔަކަށް ބޮޑެތި ދައުވާތައް އުފުލައި، އާއްމު ރައްޔިތުން ބިރުގަންނަވައި، އަދި އިތުރަށް ބިރު ގަންނަވަން މަރުގެ އަދަބު ދޭގޮތާއި ތަންފީޒުކުރާ ގޮތް ހަރަކާތާއެކު ކެބިނެޓަށް ހުށައަޅައިގެން ހޭންތިބި ‘ސިކު’ މީހުންގެ ވާހަކަ ކަމަށެވެ.

"އަދި އެ ބިރު ގެންނެވުމުގެ ތެރެއިން [ހަމައެކަނި ފާޑުކިޔައިގެން] އެތައް ފަހަރަކު، އެތައް ދުވަހެއް ޖަލުގައި ބޭއްވި މީހެއް އަޅުގަނޑަކީ،" ވައްޑެ ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ.

ވައްޑެއް ލިޔުއްވާފައިވާ ގޮތުގައި އޮޅުމެއް އަރާކަމަށްވާނަމަ، އަލުން ވާހަކަ އަޑުއަހާލުން ވަރަށް އެދޭ ކަމަށާއި ދެއްކި ވާހަކަ އެންމެނަށް ފެންނަން ހުންނާނެ ކަމަށާއި އަދި އެ ވާހަކަ ދެއްކެވީ އެތައް ބައެއް ކުރިމަތީ ކަމަށެވެ.

"ސިއްރަކުން ކުރި ކަމެއްވެސް ނޫން އެއީކީ. ކަންކަމުގެ ދެކޮޅު ހޯދާ ބައްލަވާފައި ލިޔުއްވާ. އަދި އަމުދުން ކީރިތި ޤުރުއާނުގެ އާޔަތްތައް ތިޔަގޮތަށް މީހުން ގައިގާ ތަޅަން ބޭނުންކުރާ ހަތިޔާރަކަށް ނުހައްދަވާ މާތްالله އަށް ބިރުވެތިވެލައްވާ!،" ވައްޑެ ލިޔުއްވާފައިވެ އެވެ.

"އަދި ހަމައެހެންމެ، އަޅުގަނޑުގެ ވާހަކައިގެ ކުދިކުދި ތަންކޮޅުކޮޅު ކަނޑައިގެން ނަގައިގެން، މިބޮޑު ރޯދަމަހު ފިތުނަ ފަސާދަ އުފައްދަން ނޫޅުއްވުން އެދެން. އަދި އަބަދާއިއަބަދު މީހުން ދީނުން ބޭރުކޮށް، ކުފުރުކޮށް، ޚަވާރިޖުންގެ މަގަށް މީސްތަކުން ލަންބުވަން ނޫޅުއްވުމަށް ނަސޭހަތްތެރިވަން."

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ވައްޑެއް ދެއްކެވި ވާހަކަ ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

"އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަހުގީގުކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" ބަޔާން ނިންމާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox