ފައްޔާޒް ވިދާޅުވަނީ އިންޓަނެޓުގެ އަގަށް ބަދަލުތަކެއް ގެންނާނެ ކަމަށް

Apr 16, 2021, 8:15 PM
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: އިންޓަނެޓުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް ނާންނަ ކަމަށް ގަބޫލުކުރައްވާ. -- ފޮޓޯ / މަޖިލިސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: އިންޓަނެޓުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް ނާންނަ ކަމަށް ގަބޫލުކުރައްވާ. -- ފޮޓޯ / މަޖިލިސް

އިންޓަނެޓުގެ އަގު ހެޔޮކުރަން ސަރުކާރުން ވީ ވައުދު ލަސްވެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އަގަށް ހެޔޮ ބަދަލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ގެންނަވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ދެއްވައިފި އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒް މި އުއްމީދު އާ ކޮށްދެއްވީ އިންޓަނެޓުގެ އަގު ސަރުކާރުން ހެޔޮކޮށްދީފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހް ވިދާޅުވުމުން އާއްމުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

އަލީ ސޯލިހް ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގު ވެސް ހުރީ ރައްޔިތުންގެ އަތްފޯރާފަށަށް ތިރިކޮށްދީފަ އެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އަގުތައް ހެޔޮކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން އިންޓަނެޓުގެ އަގަށް އައި ބަދަލުތައް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އަލީ ވިދާޅުވެދެއްވިއިރު އެއީ ސަރުކާރުން ގެނައި ބަދަލެއް ނޫނެވެ.

އޭނާ އިޝާރާތް ކުރެއްވީ ދިރާގާއި އުރީދޫން ރޯދަ މަހަށް ހާއްސަކޮށްގެންނާއި އެކި ޕްރޮމޯޝަންތަކުގައި އިންޓަނެޓުގެ އަގަށް ގެނެސްފައިވާ ބަދަލަށެވެ.

މިނިސްޓަރު ފައްޔާޒް ވެސް ފާހަގަކުރެއްވި ގޮތުގައި އިންޓަނެޓުގެ އަގު ކޮންމެވެސް މިންވަރަކަށް ދަށްވީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ނޫނެވެ. އެކަމަކު އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތަކެއް ގެންނާނެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެ ވައުދު ފުއްދޭނެ ކަމަށް ރައީސް އޮފީހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު ލަފާކުރެވެނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގަ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކޮށްފައިވާ ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ހުންނެވިއިރު ވެސް އެ މިނިސްޓްރީއާ މެދު އޮންނަ އެންމެ ބޮޑު ޝަކުވާއަކީ އިންޓަނެޓުގެ އަގު ހެޔޮ ނުކުރުމެވެ. އޭނާ ވިދާޅުވަމުން ގެންދެވީ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox