ޓީސީ ބަލިކޮށް މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކޯނޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކޯނޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

މި މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. މި ހަފްތާގައި ވެލެންސިއާ ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މާޒިޔާ އިން މި މެޗަށް ނުކުތްއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ކުޅެވުމެވެ. ބްރޭކަަކަށް ފަހު ލީގު އަލުން ފެށިއިރު ކޯނޭ ގައުމީ ޓީމާ އެކު ހުރުމުން މާޒިޔާ އެންމެ ފަހުން ކުޅުނު ދެ މެޗު އޭނާ އަށް ގެއްލުނެވެ. މެޗުގެ ފުރަތަމަ ހަަމަލާ ފޮނުވާލީ ވެސް ކޯނޭ އެވެ. އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ ފަހުން މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ޓީސީ ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ.

ޓީސީ އަށް ލީޑުނަގައިދޭން މެޗުގެ 16 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ ޓްރިންޑާޑް އެންޑް ޓޮބޭގޯ ފޯވާޑް ސެމިއުލް ކޯޑެލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާޒިޔާ އިން ވަރަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ވަގުތެއްގައި ޓީސީގެ ޒުވާން މިޑްފީލްޑަރު މުހައްމަދު ޔަޒްދާން (ޔަޒޭ) އަށް ލިބުމުން އޭނާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ސެމިއުލް ޖެހި ޝޮޓް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން ވެސް ސެމިއުލް އަށް ލިބުނު ދެ ބޯޅައެއް އޭނާ އަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގެ މެދުތެރެއިން ބަދަލެއް ކުރަން ޖެހުނެވެ. މޫސާ ޔާމީން (ޔާމްބެ) އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި އިބްރާހިމް އައިސަމް ކުޅެން އެރުވި އެވެ. އޭގެ ފަހުން މާޒިޔާ އިން ފޯމޭޝަނަށް ކުޑަ ބަދަލެއް ގެނެސްގެން ކުޅެން ފެށި އެވެ. އޭގެ ފަހުން މުހައްމަދު އުމެއިރަށް ލަނޑު ޖަހަން ލިބުނު ދެ ފުރުސަތު ނަގާލި އެވެ. އޭގެ ތެެރެއިން އެއް ބޯޅަ އުމެއިރު ރަނގަޅަށް ފޮނުވާލި ނަމަވެސް ޓީސީގެ އަޒަރުބައިޖާން ކީޕަރު މަަމަދޯފް އާޒާދު ވަނީ މަތަކޮށްފަ އެވެ.

އެކަމަކު މެޗުގެ 43 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ ކޯނޭގެ ގޯލުން ލީޑުނަގައިފަ އެވެ. ޓީސީގެ ސްރީލަންކާ ޑިފެންޑަރު ޑަކްސަން އަތުން ގެއްލުނު ބޯޅައެއް ހޯދައި މާޒިޔާގެ ހަމްޕު ހުރަސްކޮށްލި ބޯޅަ ކޯނޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ މާޒިޔާ އަށް ލީޑުފުޅާކޮށްދޭން ރަނުގެ ފުރުސަތެއް އުމެއިރަށް ލިބުނެވެ. މެޗުގެ 50 ވަނަ މިނިޓްގައި ކޯނޭ ހުސްކޮށްލާފައި އުމެއިރަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން ޓީސީން ވަނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމްގެ ގޯލުން އެއްވަރުކޮށްފަ އެވެ. އޭރިއާބޭރުން އައްޒާމް ޖެހި ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ޖަޕާން ކުޅުންތެރިޔާ ޓަކާޝީ އޮޑަވާރާ (ޓަކާ) ގައިގައި ޖެހިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިއްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާޒިޔާ އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ފޭދޫ އިއްބެ އެވެ. މެޗުގެ 59 ވަނަ މިނިޓްގައި އޭރިއާތެރެއިން ކޯނޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޭދޫ އިއްބެ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ކުރިން އެރިއާތެރެއިން ހަމްޕު ދިން ޕާހަކުން ފޭދޫ އިއްބެ ޖެހި ބޯޅަ ކީޕަރު އާޒާދް ވަނީ މަތަކޮށްފަ އެވެ. މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 76 ވަނަ މިނިޓްގައި ހަމްޕު ޖެހި ބޯޅަ ތިރިތިރިން ދިޔައީ ބޭރުންނެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ޓީސީން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ވަގުތުގައި ކައުންޓައެޓޭކެއްގައި މާޒިޔާގެ ކޯނޭ ބޯޅަހިފައިގެން އޭރިއާތެރެއަށް ވަދެ ތިރިތިރިން ހުރަސްކޮށްލި ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ފޭދޫ އިއްބެ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އޭނާ އަބަދު ދައްކަން ޖެހޭ އެއް ވާހަކަ އަކީ މި ދަނޑުގައި ރަނގަޅަށް ކުޅެން އުނދަގޫވާ ވާހަކަ ކަމަށާއި މި މެޗުގައި ވެސް އެކަން ދިމާވި ކަމަށެވެ. އަދި ފުރަތަމަ ހާފުގައި އެ ގޯލު ޖެހުމުން ދެން ކުޅުންތެރިންނަށް ފަސޭތަކެެއްވި ކަމަށާއި މިއީ ހަގީގަތަށް ބަލާނަމަ މާޒިޔާ އަށް ހައްގު މޮޅެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"މި ދަނޑުގައި އެޓޭކް ކުރުމަށް ވުރެ ޑިފެންސްކުރަން ފަސޭހަވާނެ. އަހަރެމެންގެ ނަސީބު ވެސް ރަނގަޅުވީމައާ އެކު ލަނޑުތަކެއް ޖެހިއްޖެ. އެންމެ މުހިއްމު ކަމަކީ މި ލިބުނު ތިން ޕޮއިންޓް. އަހަރެމެން ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރާއިރު މި ލިބުނީ މުހިއްމު ޕޮއިންޓްތަކެއް،" ވިޑަކޮވިޗް ބުންޏެވެ.

މި ސީޒަން މާޒިޔާ އިން ފެށީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގަ އެވެ. ފުރަތަމަ ތިން މެޗަށް ފަހު ނިޒާމްބެ މާޒިޔާ ކޯޗުކަމުން ވަކިވިއިރު، ފަހުން އޭނާ މި ވަނީ ޓީސީއާ ހަވާލުވެފަ އެވެ. ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނިޒާމްބެ ބުނީ ހަގީގަތުގައި މާޒިޔާގެ ގޯލާ ހަމައަށް ޓީސީން ރަނގަޅަށް ކުޅުނު ކަމަށާއި އޭގެ ފަހުން މާޒިޔާ އިން ކޮންފިޑެންސާ އެކު ކުޅުނުކަމަށެވެ.

"މެޗު މިރޭ ދިޔައީކީ ޓީސީ އަށް ރަނގަޅަށޭ ނުބުނެވޭނެ ނަތީޖާ އަށް ބަލާއިރު. ދެން އެކަމަކު ވަރަށް ބޮޑު އެއްޗެއް ފެނިގެންދިޔައީ ހާއްސަކޮށް ރޯދަ މަހުގެ ފުރަތަމަ މެޗަށް ވީމަ ޔަންގް ޕްލޭޔަރުންގެ ކޮންސަންޓްރޭޝަން ލެވަލް ވަރަށް ދަށްކަން ފާހަގަވެގެންދިޔަ. މުޅި މެޗަށް ބަލާއިރު ގޯސް ގޯހެކޭ ނުބުނެވޭނެ. ޓީސީން ވެސް ރަނގަޅު ކައުންޓަ އެޓޭކް ޗާންސްތަކެއް ކްރިއޭޓްކުރި. (އެކަމަކު ވެސް) މި ނަތީޖާ އަކީ ރަނގަޅު ނަތީޖާ އެކޭ ނުބުނެވޭނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މި ކަހަލަ މެޗެއްގައި ވަރުގަދަ އަށް އޮންނަ ޓީމެއް ފުރަތަމަ ގޯލު ޖަހައިފިނަމަ އެ ޓީމަކަށް ކޮންފިޑެންސާ އެކު މޮޅަށް ކުޅެލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މާޒިޔާގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން އެކަން ފެނިގެންދިޔަ ކަމަށެވެ.

މި ނަތީޖާ އަށް ފަހު ޓީސީ އޮތީ ލީގުގެ ހަ ވަަނައިގަ އެވެ. އެއީ 13 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އެ މަގާމުގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox