ތަށިބަރި ޗެލެންޖް: މާދަން އަހަންނަށްތަ؟

ފިނޭންސްގެ ތަށިބަރި ޗެލެންޖުގައި މުވައްޒަފަކާ މިއަދު ތަށިބަރި ހަވާލުކުރަނީ. -- ފޮޓޯ / ފިނޭންސް

ފިނޭންސްގެ ތަށިބަރި ޗެލެންޖުގައި މުވައްޒަފަކާ މިއަދު ތަށިބަރި ހަވާލުކުރަނީ. -- ފޮޓޯ / ފިނޭންސް

މި ރޯދަ މަހު ހަވީރު އަތަށް އަޅާލުމުން ފިނޭންސްގެ އެއް މުވައްޒަފަކު އަނެއް މުވަޒަފަކަށް ގުޅާލައިފި ނަމަ ފޯނު ނަގައި ހަލޯއޭ ބުނެލުމުގެ ކުރިން ހިނިތުންވެވެ އެވެ.

ޔަގީނެވެ؛ ތަށިބަރި ބަލައި ބޭރަށް ނުކުންނަންވީ އެވެ.

އަހަންނަށް އެ ގެނައީ ކޯއްޗެއްތޯ ހިތާހިތާ ސުވާލުކުރަމުން ގޮސް ހަވާލުވަނީ ޖެހިގެން އަންނަ ދުވަހު އެހެން މީހަކަށް އެ ތަށިބަރި ފޯރުކޮށްދިނުމުގެ ޒިންމާއާ ވެސް މެ އެވެ.

އެހެންވިޔަސް ފޯރީގައި މި އަހަރު ތަށިބަރި ޗެލެންޖް ފިނޭންސްގެ މުވައްޒަފުންގެ މެދުގައި ކުރިއަށް އެބަދެ އެވެ. މާދަން ތަށިބަރި ލިބޭނީ އަހަންނަށްތޯ އެކަކު އަނެކަކަށް ސުވާލުކޮށްލެވެ އެވެ. އެކަމަށް އިންތިޒާރު ވެސް ކުރެ އެވެ. އަހަންނާ ޖެހޭ ދުވަހު ތަށިތަކަށް އަޅާނެ ބާވަތްތަކާ މެދު ކުރިން ވިސްނެ އެވެ. ތަފާތުކޮށްލާނެ ގޮތްތައް ވެސް އިންޓަނެޓުން ހާވައި ހެދެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ތަށިބަރިއަކާ ހަވާލުވެވަޑައިގެންފި އެވެ. ޖެހިގެން އައި ދުވަހު އެހެން މުވައްޒަފެއްގެ ގެެއަށް ހަމަ އެ ތަށިބަރި ފޮނުއްވި އެވެ. މިގޮތުގައި ރޯދަ ނިމެންދެން މުވައްޒަފުންގެ މެދުގައި މިކަން ކުރިއަށް ދާނެ އެވެ.

ބޮޑެތި ކުންފުނިތަކުން ކުރިއަށް ގެންދިޔަ "ތަށިބަރިމޫވްމެންޓް" ފިނޭންސްގެ މުވައްޒަފުންގެ މެދުގައި ފެށީ 2019 ގަ އެވެ. ވަރަށް ފޯރީގައި އެ އަހަރު މިކަން ނިންމާލި ނަމަވެސް މިދިޔަ އަހަރު ކޮވިޑުގެ ލޮކްޑައުންއާ ހެދި ކުރިއަށް ނުގެންދެވުނީ އެވެ. އެކަމަކު މި އަހަރު އަނެއްކާ ފަށައިގެން މުވައްޒަފުންގެ ކޮންމެ ދުވަހެއްގެ އިންތިޒާރު އޮންނަނީ މި ތަށިބަރިއާ ގުޅިފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މުވައްޒަފަކާ ތަށިބަރި ހަވާލުކުރައްވަނީ. -- ފޮޓޯ / ފިނޭންސް

ގޭގައި ކާއެއްޗެހި ތައްޔާރުކޮށް، ތަށިތަކުގައި އެކި ބާވްތަތައް އަތުރައިގެން ނުކުމެ ހަވާލުކުރުމަކީ އެ މުވައްޒަފުން އުފަލުން ކުރާ ކަމެކެވެ. އާލާކުރަނީ ދިވެހިންގެ ޒަމާންވީ އާދަ އެވެ.

ރޯދަ ވީއްލަން ފިހާ ބޯކިބަލާއި ކޭކާއި ތައްޔާރުކުރާ ހެދިކާތައް އަވަށު އެންމެންނަށް ބެހުމަކީ ރަށްރަށުގައި އާއްމު ކަމެކެވެ. އެއީ ދިވެހިންގެ ހިތްހެޔޮކަމެވެ. މާލޭގައި އުޅެން ޖެހިފައިވާ ގޮތުން އެ އާދަ އޮތީ އުވިފަ އެވެ.

ފިނޭންސް މިނިސްޓްރީން ހޯދީ އެތަނުގެ 200 މުވައްޒަފުންގެ މެދުގައި އެކަން ކުރިއަށް ގެންދެވޭނެ ގޮތެކެވެ. އަހަރެން ތަށިބަރި ފޮނުވާނީ އެންމެ އެކީގައި ކޮފީއަށް ދާ މީހާގެ އުސޫލު ނުހިނގާ ގޮތެއް ވެސް އޮތީ ހޯދައިފަ އެވެ. އެއީ އެއް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ މީހުންނަށް ތަށިބަރި ބަދަލު ނުކުރެވުމެވެ. އެއް ޑިޕާޓްމެންޓުގައި އުޅޭ މީހުން ތަށިބަރި ފޮނުވަން ޖެހޭނީ އަނެއް ޑިޕާޓްމަންޓަކަށެވެ.

"އޭރުން އެއް ބަޔަކު އަނެއް ބަޔަކަށް ގުޅުން ބަދަހިވީ. ވަރަށް ފޯރީގައި އެބަ ހިނގާ. ތަށިބަރި ހިފައިގެން ހަވީރު ނުކުތުމާ ހިސާބުން އެ މީހަކަށް ފޯރުކޮށްދެވެންދެން ގްރޫޕަށް ފޮޓޯ އަޕްލޯޑްވާނެ. ތަށިބަރި ދަތުރުކުރާ މަގުތައް އެނގޭނެ. ނޭނގޭނީ ގެންދަނީ ކާކަށް ކަން،" މިކަމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝަނޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިކަމުން މުވައްޒަފުންނަށް އިހްސާސްވަނީ ފިނޭންސްގައި އުޅެނީ އެއް އާއިލާއެއް ކަމެވެ.

"އެއް ގޭގައި ހަދާ ކާ އެއްޗެހި އަނެއް ގޭގެ ސުފުރާ މަތީގައި ހުރޭ. އެކި އަތޮޅުތަކުގައި ހަދާ ހާއްސަ ބާވަތްތައް ވެސް އެކަކު އަނެކަކަށް އެބަ ފޯރުކޮށްދެވޭ. އެއީ ވެސް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

މި ޗެލެންޖުގައި އެންމެ ފޯރި ނަގާ އެއް ބަޔަކީ ފިރިހެނުންނެވެ. ބަދިގެއަށް ވަދެ ކާއެއްޗެހި ތައްޔާރުކޮށް، ތަށިބަރި ފުރާލާ މީހުން އެބަތިއްބެވެ. އަމިއްލައަށް ތައްޔާރުކުރީ ކަން ސާބިތުކޮށްދޭން ފޮޓޯ ނަގާފައި މުވައްޒަފުންގެ ގްރޫޕަށް ވެސް ފޮނުވަ އެވެ.

"މިި ޗެލެންޖް ނިމުނީމަ އޮވޭ ވަނަ ހޮވުން ވެސް. މިސާލަކަށް އެންމެ ގިނަ ބާވަތްތައް ތަށިބަރިއަށް އަޅާފައި ހުރީ ކާކުތޯ ބަލައި އިނާމެއް ދޭ،" ޝަނޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަށިބަރިއާ ހަވާލު ނުވާން ފިލައިގެން އުޅުނު މީހަކަށް ވެސް މިއަދު ތަށިބަރި ހަވާލުކޮށްފި އެވެ. ގެއަށް ދިޔައިރު އޭނާ ވީ ކުޅެން ގޮހެވެ. ތަށިބަރި ގެންދިޔަ މުވައްޒަފަށް ޖެހުނީ އޭނާ ގެއަށް އަންނަންދެން ލިފްޓް ކައިރީގައި މަޑުކުރާށެވެ. އޭނައަށް އެ ޖެހުނީ މާދަމާ އެހެން މީހަކަށް ތަށިބަރި ގެންގޮސްދޭށެވެ.

ދެ މުވައްޒަފަކު ތަށިބަރިއާ ހަވާލުވަނީ: މި ޗެލެންޖް ނިމުމުން ވަނަ ހޮވުން ވެސް އޮވޭ. -- ފޮޓޯ / ފިނޭންސް

"ތަށިބަރި މިއަދު ގެންދިޔަ އެކަކުގެ އުފަން ދުވަސް. އޭނައާ ތަށިބަރި ހަވާލުކުރީ އުފަންދުވަހުގެ ލަވަ ކިޔަމުން،" މިކަމުގައި އޮތީ މުވައްޒަފުންގެ ގުޅުން ބަދަހިކުރުން ކަން ފާހަގަކުރައްވައި ޝަނޫން ވިދާޅުވި އެވެ.

ކޮވިޑުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން ކުރިއަށް ގެންދާ ޗެލެންޖުގައި މި ރޯދައަށް ފުރަތަމަ ނެރުނީ ތިން ތަށިބަރި އެވެ. އެކަމަކު އެ އަދަދު މިހާރު ވަނީ ހައަކަށް އިތުރުކޮށްފަ އެވެ. މި ފޯރީގައި އެންމެން ހަމަވަންދެން "މާލީ ތަށިބަރި ޗެލެންޖް" ގެންދާނެ އެވެ.

އެއީ މުވައްޒަފުންގެ ހިތްހަމަޖެހުމަށް ކުރާ ކަމެކެވެ. ބަދަހިވަނީ އާއިލީ ގުޅުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox