ޓީސީ ކުޅޭނެ ގޮތަކާ މެދު މާޒިޔާ އިން ނުވިސްނާނެ: ވިޑަކޮވިޗް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ވިޑަކޮވިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު، ޓީސީ ސްޕޯޓްސް ކްލަބުން ކުޅޭނެ ގޮތަކާ މެދު މާޒިޔާ އިން މާ ބޮޑަށް ނުވިސްނާނެ ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު ދެ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. ޔުނައިޓެޑް ވިކްޓްރީ އަތުން 1-0 އިން މާޒިޔާ މޮޅުވި ނަމަވެސް މާޒިޔާ ވަނީ ސަސްއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ ރާއްޖޭގެ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނު ކަމުގައި ވިޔަސް މާޒިޔާ އިން ކުޅޭނީ އަމިއްލަ ގޭމް ކަމަށާއި އެޓޭކަށް ވިސްނައިގެން އެ ޓީމުން ކުޅޭ ކުޅުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އަހަރެން ޕާސަނަލީ ގަބޫލުކުރަނީ ޓީސީ ވެސް ކުޅޭނީ އެ ސްޓައިލަށް (ޑިފެންސިވްކޮށް) ކަމަށް. އެކަމަކު އޭގެ ޝަކުވާއެއް ނެތް. އެއީ އެ ޓީމެއް ނިންމާނީ އެ ބަޔަކު ކުޅޭނެ ގޮތެއް،" ވިޑަކޮވިޗް ބުންޏެވެ.

ޓީސީގެ ކޯޗަކަށް ހުރީ މި ސީޒަނުގައި މާޒިޔާ އިން ފުރަތަަމަ ފެނުނު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ވިޑަކޮވިޗް ބުނީ ކުރިން ޓީމެއްގައި ހުރި ކޯޗެއް އެ ޓީމަކާ ދެކޮޅަށް އެހެން ޓީމެއް ގޮވައިގެން ނުކުތުމަކީ ފުޓްބޯޅައިގައި އާންމުކޮށް ހިނގާފައިވާ ކަންކަން ކަމަށެވެ.

"އެ ކޯޗަކު ބޭނުންވާނެ ކުރިން ހުރި ޓީމު ބަލިކުރަން. އެއީ ވެސް ނޯމަލް ކަމެއް. އަހަންނަށް ހީވާ ގޮތުގައި އެ ކޯޗެއް ބޭނުންވާނެ އޭނަގެ ފެންވަރު ވެސް ސާބިތުކޮށްދޭން. އެ ރޫހުގައި އޭނާ ޓީމު ތައްޔާރުކުރާނީ ކުޅުންތެރިން ވެސް ރަނގަޅަށް މޯޓިވޭޓް ކޮށްގެން،" ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓަކަށް ހުރި ވިޑަކޮވިޗް ބުންޏެވެ.

"އޭނަ (ނިޒާމްބެ) ބޭނުންވާނީ އޭނާގެ ޓީމަށް އެންމެ ރަނގަޅު ގޮތް. އަހަރެން ބޭނުންވާނީ އަހަރެންގެ ޓީމަށް އެންމެ ރަނގަޅު ގޮތްވާން. އަހަރެން މި ހުރީ އަހަރެންގެ ޓީމު މޮޅުކޮށްދޭން ކުރެވެން ހުރި ކަމެއް އެ ހާލަތެއްގެ ތެރެއިން ކުރަން ތައްޔާރަށް. މިއީ އަހަރެމެން މި ސީޒަނުގައި ކުޅޭނެ އެންމެ މުހިއްމު އެއް މެޗު،"

ލީގުގެ މެޗެއްގެ ތެރެއިން ވިޑަކޮވިޗް ބެންޗުގައި އިށީދެގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ލީގުގެ މެޗެއްގެ ތެރެއިން ވިޑަކޮވިޗް ބެންޗުގައި އިށީދެގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެރެއިން ވިޑަކޮވިޗް ބެންޗުގައި އިށީދެގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވިޑަކޮވިޗް ބުނީ އެންމެ މުހިއްމު ކަމަކީ އިދިކޮޅަށް ނުކުންނަަ ޓީމަށް އެ ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދިނުން ކަމަށެވެ. އަދި އެކަން ނުކޮށް ފުޓްބޯޅައިގައި ކަމެއް ހާސިލްކުރުމަކީ އޭނާގެ ނަޒަރުގައި ފަސޭހަކަމެއް ނޫން ކަމަށް ވިޑަކޮވިޗް ގަބޫލުކުރެ އެވެ.

ފަހު 10 މެޗަށް ދާއިރު ރަނގަޅު ރޫހެއްގައި އޮތުން މުހިއްމު

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެެލެންސިއާ އަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. މި ވަގުތަށް ބަލާއިރު ލީގުގެ ރޭހުގައި އޮތީ މާޒިޔާ އާއި ވެލެންސިއާ އެވެ.

ވިޑަކޮވިޗް ބުނީ ލީގުގެ ފަހު 10 މެޗަށް ނުކުންނައިރު ކުޅުންތެރިން ވިސްނަން ޖެހޭ ކަމަކީ އަމިއްލަ އަތުގައި އޮތް ފުރުސަތުތައް ނަގާނުލައި ވިސްނުންތެރިކަމާ އެކު ކުޅުމަށް ކަމަށެވެ.

"އަހަރެމެންނަށް ނެތް ފަސޭހަކޮށްލައިގެން ތިބެވޭކަށް. އަހަރެެމެން އަރާމުކުރަން ވިސްނައިފިނަމަ އޭގެ ސަބަބުން ދައްކަން ޖެހޭ އަގު ބޮޑު. ލީގުގެ ދެ ވަނަ ބުރު މި އޮތީ ފެށިފައި. ބާކީ ދެން އޮތީ 10 މެޗު. މި 10 މެޗުން ކަނޑައަޅާނީ ކޮން ޓީމެއް ތޯ ޗެމްޕިއަނަކަށްވާނީ. އެހެންވީމަ ވަރަށް ބޮޑަށް ވިސްނަން ޖެހޭ،" ވިޑަކޮވިޗް ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި މާޒިޔާ ސީޒަނަށް ކުރިމަތިލަނީ ސީޒަންގެ ހުރިހާ މުބާރާތެއްގެ ތަށްޓައް އަމާޒުކޮށެވެ. އެހެންވެ އެ ޓީމުގެ ފަރާތުން ކޮންމެ މެޗެއްގައި ވެސް މޮޅަކަށް އުއްމީދުކުރެވެ އެވެ. އެއީ ޓީމުގެ ސްކޮޑު އެކުލަވާފައި އޮންނަ ގޮތުން ބެންޗުން ވެސް އަރަނީ ފުރަތަމަ އެގާރައިގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށް ވާތީ އެވެ.

ވިޑަކޮވިޗް ބުނީ އެހެން ޓީމުތަކާ އަޅާކިޔާ ނަމަ މާޒިޔާ އަށް ކުޅޭއިރު އޮންނަ މޮޅުވުމުގެ ޕްރެޝަރު ތަފާތުވާނެ ކަަމަށެވެ.

"މެޗުތަކުން މޮޅުވާން އަހަރެމެންނަށް (މާޒިޔާ އަށް) އިތުރު ޕްރެޝަރެއް އޮވޭ. ކަރުދާހުގައި އަހަރެމެންނަކީ ފޭވަރިޓުން. އެހެންވުމަކީ ވެސް އަސްލު އުނދަގުލެއް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ ޕްރެޝަރެއް ނެތި ފުޓްބޯޅަ ޝައުގުވެރިއެއް ނުވާނެ. އެހެންވީމަ އެ ޕްރެޝަރަށް މި ވަގުތު މާޒިޔާ އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް. މި ކުޅުންތެރިން ތިބީ އެ ޕްރެޝަރުގައި ކުޅެން ހޭނިފައި ކޮންމެ މެޗަކުން މޮޅުވާން ކުޅުންތެރިން ވެސް ބޭނުން،" ވިޑަކޮވިޗް ބުންޏެވެ.

ބްރޭކަށް ފަހު އަލުން ފެށި ފަހުން މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި އެ ކްލަބްގެ މެޗެއްގައި ނުކުޅެ އެވެ. އެއީ އޭނާގެ ގައުމީ ޓީމުގެ މެޗުތަކަށް ރިލީސްކޮށްފައިވާތީ އެވެ. ވިޑަކޮވިޗް ވަނީ ކޯނޭ މިރޭގެ މެޗުގައި ކުޅޭނެކަމުގެ އިޝާރާތެއް ދީފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ގެނައި ސީރިއާ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އަށް މި މެޗުގައި ވެސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޓީސީ ލީގުގެ ފަސް ވަނައިގައި އޮތީ 12 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 22:00 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox