ސީޕީ ޕޮޒިޓިވް، ފުރަތަމަ ބޯޑު މީޓިންގައި އޮންލައިންކޮށް

ސީޕީ ހަމީދު އޮންލައިންކޮށް ފުލުހުންގެ ބޯޑު މީޓިންގައި: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: ހަމީދު ޓްވިޓާ

ސީޕީ ހަމީދު އޮންލައިންކޮށް ފުލުހުންގެ ބޯޑު މީޓިންގައި: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި-- ފޮޓޯ: ހަމީދު ޓްވިޓާ

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ބޭއްވި ފުލުހުންގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންފި އެވެ.

ފުލުހުންނާ ގުޅޭ ކަންކަމުގައި ގިނަ ބާރުތަކެއް ދީފައިވާ ބޯޑުގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން އިންނަވަނިކޮށް ނަގައިފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައި ސީޕީ ހަމީދު ވިދާޅުވީ އެ ބޯޑުގެ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެ ބޯޑަކީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް މުއައްސަސާ ޖަވާބުދާރީ ކުރުމުގެ މުހިންމު ބައިވެރިއެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ހަމީދު ކޮވިޑަށް ޕޮޒިޓިވްވީ ކޮން ދުވަހަކު ކަމެއް އަދި އޭނާއާ ބައްދަލުވެގެން ފުލުހުންގެ އިތުރު ވެރިންތަކެއް ކަރަންޓީންވާން ޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭންގެ އެވެ.

ސީޕީ ވަނީ މި މަހުގެ އަށްވަނަ ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖައްސަވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި، ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.

ފުލުހުންގެ ބޯޑް މެމްބަރުން

  • އަހުމަދު ފަޔާޟް ހަސަން، މ.ހަޒާރީވިލާ
  • އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
  • އަލީ ފާއިޒު، މއ.މަނާގެ
  • އަހުމަދު ނާޝިދު، މއ.ގޯލްޑަންމޫން
  • އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  • ހާމިދު އަބްދުލްޣަފޫރު، ހ.ޝޭޑީކޯނާ
  • ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

އަލަށް އުފެދިގެންދާ މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. މިދިޔަ މަހު ފަހުކޮޅު އަމަލު ކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން ބޯޑަށް ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި އެހެން މަގާމުތަކުގެ ފުލުހުންގެ މައްސަލަތައް ބެލުމުގެ ބާރު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox