މި އަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ: ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް: ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކާއި، ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް: ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކާއި، ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިންގެ ޒިޔާރަތް ކުރާ ޓްރެންޑްތަކަށް ބަލާއިރު މި އަހަރު 1.5 މިލިއަން މީހުން ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދު އެމެރިކާގެ ސީއެންބީސީ އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ ކުރިން އެއް މިލިއަން ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރި ނަމަވެސް، މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާފައި އެ އަންދާޒާތައް އުފުލިފައިވާ ކަމަށެވެ.

ޑރ. މައުސޫމް އިތުރަށް ވިދާޅުވީ މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިހާރުގެ އާދަތަކަށް ބަލާއިރު މި އަހަރުގެ ތެރޭގައި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާސިލު ވެވޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ. އަދި މި އަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާސިލު ވެވޭނެ" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވަރެޖްކޮށް ރާއްޖޭގައި ހޭދަކުރަނީ ގާތްގަނޑަކަށް އަށް ރެ އެވެ. މިއީ އެހެން އަހަރުތަކުގެ އެވަރެޖަށް ވުރެ އެއް ދުވަސް އިތުރު އަދަދެކެވެ.

ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާފޯމަންސް ރަނގަޅުވުމުގެ ސަބަބުން މި އަހަރު ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމަށް ބަރޯސާވާ އިގްތިސާދެއް ކަމުން، މިކަމުގެ ނަފާ އެންމެނަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސީއެންބީސީ އަށް ދިން އިންޓަވިއުއަކީ ރާއްޖެއަށް ވެކްސިން ޓޫރިޒަމް ފެށުމުގެ ގޮތުން ލޯންޗްކުރާ "ވިސިޓް، ވެކްސިނޭޓް، ވެކޭޝަން" އިނީޝިއޭޓިވްއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޑރ. މައުސޫމް ބައިވެރިވެ ވަޑައިގެންނެވި އިންޓަވިއުއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox