ފިތުރު ޒަކާތް އޮންލައިންކޮށް ދައްކަން މިނިސްޓްރީން އެދިއްޖެ

ފިތުރު ޒަކާތް ބަލައިގަންނަނީ :މި އަހަރު ޒަކާތް ދެއްކޭނެ އެންމެ ފަހު ދުވަހަކީ މެއި 14 ކަމަށް މިނިސްޓްރީން ބުނޭ. -- ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތް ބަލައިގަންނަނީ :މި އަހަރު ޒަކާތް ދެއްކޭނެ އެންމެ ފަހު ދުވަހަކީ މެއި 14 ކަމަށް މިނިސްޓްރީން ބުނޭ. -- ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި އިސްލާމީ މަރުކަޒަށް ގޮސް ޒަކާތް ދެއްކުމަކީ އެންމެ ރައްކާތެރި ގޮތަކަށް ނުވާނެތީވެ މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ދައްކަން އިސްލާމިކް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށާފައިވާ އިރު މެއި 14ގެ ނިޔަލަށް ޒަކާތް ދެއްކޭނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޮންލައިންކޮށް ޒަކާތް ދައްކަން ބާރު އަޅާފައި ވަނިކޮށް ބައެއް މީހުން އިސްލާމީ މަރުކަޒަށް ޒަކާތް ދައްކަން މިއަދު ދިޔަ ކަމަށެވެ. އޭގެތެރޭގައި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫވާ ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިހާރު ނިންމީ، އެ މީހުންނަށް އެއް ކައުންޓަރު ހާއްސަކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

މި ލުއި ފަސޭހަކަން އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް ހަމަޖެއްސި ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޒަކާތް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެއްސީ މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށެވެ.

ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ.

މިނިސްޓްރީ އިން ބުނި ގޮތުގައި ރަސްމީކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުން ޒަކާތް ދައްކަން ޖެހޭ އަގުތައް

އާދައިގެ ހަނޑުލުން 12 ރުފިޔާ.

ތައިލެންޑު ހުދު ހަނޑުލުން 52 ރުފިޔާ

ރަތް ހަނޑުލުން 78 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ) 65 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު) 89 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 125 ރުފިޔާ

އާދައިގެ ފުށުން 10 ރުފިޔާ އަދި އާޓާ ފުށުން 59 ރުފިޔާ

އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަނުން ޒަކާތް ދެއްކޭނެ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުންނާއި އިސްލާމިކް ބޭންކްގެ މެއިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗް ގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox