ހަމަނުޖެހުމުގައި އެމްޑީޕީން ގޯސްކުރީ އިދިކޮޅު، ފިޔަވަޅު އަޅަން ގޮވާލައިފި

ވޯޓު ފޮށިތަކެއް އަލުން ގުނާތީ، ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ވޯޓު ފޮށިތަކެއް އަލުން ގުނާތީ، ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފަ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒުގެ ތެރޭގައި އިދިކޮޅުގެ ސަޕޯޓަރުން ބޮޑެތި ހަމަނުޖެހުންތައް ހިންގައި މާރާމާރީ ހިންގާފައިވާތީ، ފިޔަވަޅު އަޅައި ދިނުމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.

މިއަދު މެންދުރު 1:30 ގައި 18 ފޮއްޓެއް އަލުން ގުނަން ހަމަޖައްސައި، އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދައުވަތު ދިނެވެ.

އެ ވަގުތާ ދިމާކޮށް އިދިކޮޅާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިންތިހާބީ މަރުކަޒަށް އެއްވެފަ އެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، މަރުކަޒުގެ ތެރޭގައި ހޫނުވީ، އެ ސަރަހައްދަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ހިސާބުންނެވެ.

ރައީސް ނަޝީދު އިންތިހާބީ މަރުކަޒުގެ ތެރޭގައި. މައްސަލަ ހޫނުވީ އެކަމަނިކުފާނު އެތަނަށް ވަޑައިގެންނެވުމުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ރައީސް ނަޝީދު އިންތިހާބީ މަރުކަޒުގެ ތެރޭގައި. މައްސަލަ ހޫނުވީ އެކަމަނިކުފާނު އެތަނަށް ވަޑައިގެންނެވުމުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރައީސް ނަޝީދު އިންތިހާބީ މަރުކަޒުގެ ތެރޭގައި. މައްސަލަ ހޫނުވީ އެކަމަނިކުފާނު އެތަނަށް ވަޑައިގެންނެވުމުން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ނަޝީދު ވަޑައިގެންނެވުމާއެކު، އެއްވެ ތިބި އިދިކޮޅު ސަޕޯޓަރުން ވަނީ އެމްޑީޕީން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އަޑުގަދަކޮށް، ނަޝީދު އެ މަރުކަޒުން ނެރުމަށް ގޮވާލައިފަ އެވެ.

އެއާއެކު، ފުލުހުން ވެސް އެ ސަރަހައްދަށް ގޮސްފައިވާއިރު، ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުންވެސް ވަނީ ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އީސީގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ ހުރަސްއަޅާފައިވާ ކަމަށެވެ.

އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

"އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

އަދި ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށްވެސް އެމްޑީޕީން ވަނީ އިތުރަށް ގޮވާލައިފަ އެވެ.

ނަމަވެސް، އިދިކޮޅުން ބުނީ، ހަމަނުޖެހުން ހިނގަން މެދުވެރިވީ ނަޝީދާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މަރުކަޒަށް ވަޑައިގެންނެވުމުންނެވެ.

އަދި ނަޝީދު އިސްވެ މަސައްކަތް ކުރެއްވީ، އެ ނަތީޖާތައް އޮޅުވާލަންކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަން ދިފާއުކޮށް ނަޝީދު ވިދާޅުވީ އީސީގެ އިދާރާއަށް ވަޑައިގެންނެވީ އިދިކޮޅުގެ އިސްވެރިން އެތަނަށް ވަޑައިގެން ނުނިކުންނެވީމާ ކަމަށެވެ.

"އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގަ،" ނަޝީދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގައި މުޅި ރާއްޖޭގެ ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ނަމަވެސް ބޮޑެތި ކައުންސިލްތަކެއްގެ ބާރު ވަނީ ގެއްލިފަ އެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ލިބުނީ ވެސް އިދިކޮޅު ޕީޕީއެމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox