"ރޯދައަދަދު" އަދި "އަދަދު ސްކްރީން": ތަފާތުވާނެ!

Apr 13, 2021, 9:30 AM
"ރޯދައަދަދު" އަދި "އަދަދު ސްކްރީން": ތަފާތުވާނެ!

"އަދަދު" ނޫހުގެ ހަޔާތުގައި ބައްދަލުކުރާ ފުރަތަމަ ރޯދަ މަސް މިއައީ އެވެ. މިއީ ހާއްސަ މަހެއްކަމުން "އަދަދު" ގެ ކިޔުންތެރިންނާއި ބެލުންތެރންނަށް ހާއްސަ ކޮންޓެންޓްތަކެއް ގެނެސްދޭން ނޫހުގެ ލިޔުންތެރިންނާއި އުފެއްދުންތެރިން އައީ މިދިޔަ ދުވަސްތަކުގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ.

"އަދަދު" އިން ރޯދަ މަހަށް ހާއްސަ ދެ ސެގްމަންޓެއް ގެނެސްދޭނެ އެވެ. ފުރަތަމަ ސެގްމަންޓަކީ ތަފާތު ލިޔުންތަކުން ފުރިފައިވާ، "ރޯދަ އަދަދު" އެވެ. ވެބްސައިޓުގައި ވަކިން ގާއިމްކޮށްފައިވާ "ރޯދަ އަދަދު" ޕޭޖުން ރޯދައާ ގުޅިގެން ހުރި ހަބަރާއި މައުލޫމާތުގެ އިތުރުން ރެސްޓޯރެންޓްތަކާއި ކެފޭތައް ފީޗާކުރެވޭނެ އެވެ. ރޯދައަދަދު ގައި ފީޗާކުރަން ބޭނުންވާ ރެސްޓޯރެންޓް ކެފޭތަކަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފައިވެ އެވެ. "އަދަދު" ގެ ނޫސްވެރިންގެ އިތުރުން ގެސްޓް ރައިޓަރުންގެ ތަފާތު ލިޔުންތަކެއް މި ސެގްމަންޓުން ކޮންމެ ދުވަހަކު ކިޔަން ލިބޭނެ އެވެ.

ދެން އޮތީ އެންމެ ހާއްސަ ސެގްމަންޓެވެ. އެއީ "އަދަދު" ގެ ވީޑިއޯ ޕްރޮގްރާމްތަކަށް ހާއްސަ، "އަދަދު ސްކްރީން" އަށް ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ ވީޑިއޯ ޝޯތަކެވެ.

މި ފަހަރު ގެންނަ ޝޯތަކުގެ ތެރޭގައި ދީނީ މައުލޫމާތަށް ހާއްސަ ޝޯ އަކާއި ދިވެހި ތާރީހާ ގުޅޭ ޝޯއެއްގެ އިތުރުން ޅެންވެރިކަމާ ގުޅޭ ޝޯ އަކާއި ލޯބީގެ ޝޯއެއް އަދި ކެއްކުމާ ގުޅޭ ޝޯއެއް ހިމެނެ އެވެ.

"މި ފަހަރު އަޅުގަނޑުމެންގެ ރޯދަ ކޮންޓެންޓްގެ ވަރަށް ބޮޑު ބައެއް ވީޑިއޯއަކީ. މީޑިއާ ބޭނުންކުރާ ގޮތް ބަދަލުވަމުން އަންނައިރު، އަދަދު ވެސް ދާނީ އެގޮތަށް ބަދަލުވަމުން. އެހެންވެ ވީޑިއޯ ކޮންޓެންޓް އިތުރުކުރީ،" "އަދަދު" ނޫހުގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން ވިދާޅުވި އެވެ.

"އަދަދުގެ ސްކްރީން"

ސުންދުސް: ދީނީ އެކި މައުލޫމާތު ހިމެނޭ ގޮތަށް ގެނެސްދޭ ފަސް މިނެޓްގެ މި ޝޯގައި މައުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މޫސާ އަންވަރު ހަސަން އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މި ހަފުތާގެ ތެރޭގައި ގެނެސްދޭނެ އެވެ.

ފުރަތަަމަ: ކޮންމެ މީހެއްގެ ވެސް ފުރަތަމަ ތަޖުރިބާ ތަފާތު ވާނެ އެވެ. މި ޝޯގައި ގެނެސްދޭނީ މުޖުތަމައުގެ އެކި ދާއިރާތަކުގެ މީހުންނަށް، އެ ދާއިރާއެއްގައި އެންމެ ފުރަތަމަ ކުރެވުނު ތަޖުރިބާތަކެވެ.

ރޭހުރި: ސުފުރާމަތީގައި އިތުރުވެފައި ހުންނަ ތަކެތިން ނުވަތަ ރޭގައި ބާކީވެފައި ހުންނަ ތަކެތިން އަނެއް ދުވަހު އެއްޗެއް ތައްޔާރުކޮށްލެވޭނެ ގޮތް މި ޝޯގައި ގެނެސްދޭނެ އެވެ. މި އާދަ ހިފައިފި ނަމަ، ރޯދައިގެ އިސްރާފު ކުޑަވެގެންދާނެ އެވެ. މަޝްހޫރު ކެއްކުންތެރިޔާ ޖުވައިރިއާ ވަޖުދީއާ ގުޅިގެން "ރޭހުރި"ގެ 10 ޝޯ މި ރޯދަ މަހު ގެނެސްދޭނެ އެވެ.

އަލިފުގެތާ: މިއީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ މަޝްހޫރު ލަވަތަކާއި ޅެންތައް ހާއްސަ ޝޯ އެކެވެ. އެ ލަވަތަކާއި ޅެންތަކުގެ ފަހަތުގައި ފޮރުވިފައިވާ ވާހަކަ ގެނެސްދޭނީ ދިވެހި ތާރީހު ދިރާސާކުރަމުން އަންނަ އަހުމަދު އަލާ ދީދީ އެވެ. އަދި ޅެންވެރިކަމުގެ ނަޒަރުން ފާޑުވިދާޅުވާނީ މަޝްހޫރު އަދީބު، އާދަމް ނަސީރު އިބްރާހީމެވެ. "އަލިފުގެތާ" ގެ ހަތަރު އެޕިސޯޑް ރޯދަ މަހު ގެނެސްދޭނެ އެވެ.

އެހާރުން: ދިވެހިރާއްޖޭގެ މާޒީ އަށް ބަލާއިރު އެކު ފަންނުތަކުގެ ހުނަރުވެރިން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ފަރުދާވެފަ އެވެ. މި ޝޯގައި ގެނެސްދޭނީ އެފަދަ ހުނަރުވެރިންގެ ވާހަކަތަކެވެ. ވަރަށް ޝައުގުވެރި ހަތަރު އެޕިސޯޑެއް ބެލުންތެރިންނަށް ގެނެސްދެވޭނެ އެވެ.

ނަފްސުގެ ވާހަކަ: ނިމިގެންދިޔަ އަހަރެއްހާ ދުވަހު މުޅި ދުނިޔެ ތަޖުރިބާކުރަންޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކޮންމެ މުޖުތަމައެއްގައި ވެސް ނަފުސާނީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ މައްސަލަތަކަކީ ކޮބައިތޯ އާއި އެކަމުގެ ހައްލާއެކު، ހިތާއި ނަފުސަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ޕްރޮގްރާމަކަށް، މަޝްހޫރު ނަފްސާނީ ބަލިތަކުގެ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒުއާއެކު ގެނެސްދޭ މި ޕްރޮގްރާމް ވެގެންދާނެ އެވެ. މި ޝޯގެ ހަތަރު އެޕިސޯޑް ރޯދަ މަހު ގެނެސްދޭނެ އެވެ.

ލޯބިވެވުނީ ކިހިނެއް؟: އިޝްގާ ވަކިވެ، އެކަނިވެރިކަމުގައި އުޅެވޭނީ ކޮން ހިތަކަށް ހެއްޔެވެ؟ ދުނިޔެވީ ތޮބީއަތަކީ، ދެ ޖިންސްގެ ގުޅިލާމެހުމެވެ. މި ގުޅިލާމެހުމުގެ މަރުހަލާތަކުގައި ހިތާމާއި އުފާވެރިކަމުގެ ވާހަކަތައް ހިމެނެ އެވެ. މި ފަހަރު މި ގެނެސްދެނީ އެ ވާހަކަތަކެވެ. މި ޝޯގެ ހަތަރު އެޕިސޯޑް ރޯދަ މަހު ގެނެސްދޭނެ އެވެ.

"ރޯދައަދަދު" އަދި "އަދަދު ސްކްރީން: ގައި އިޝްތިހާރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މައުލޫމާތު ސާފުކުރަން ގުޅުއްވާނީ 9907975 އަށެވެ. އީމެއިލް ކުރައްވާނީ info@adhadhu.com އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox