ބައެއް ވޯޓު ފޮށިތައް އަލުން ގުނާތީ ބޮޑު ހަމަނުޖެހުމަކަށް

ބައެއް ވޯޓު ފޮށިތައް އަލުން ގުނާތީ ބޮޑު ހަމަނުޖެހުމަކަށް

މިދިޔަ ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުން، އިންތިހާބީ މަރުކަޒު ތެރޭގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މިއަދު މެންދުރު 1:30 ގައި 18 ފޮއްޓެއް އަލުން ގުނަން ހަމަޖައްސައި، އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދައުވަތު ދިނެވެ.

އެ ވަގުތާ ދިމާކޮށް އިދިކޮޅާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިންތިހާބީ މަރުކަޒަށް އެއްވެފަ އެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، މަރުކަޒުގެ ތެރޭގައި ހޫނުވީ، އެ ސަރަހައްދަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ހިސާބުންނެވެ.

ނަޝީދު ވަޑައިގެންނެވުމާއެކު، އެއްވެ ތިބި އިދިކޮޅު ސަޕޯޓަރުން ވަނީ އެމްޑީޕީން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އަޑުގަދަކޮށް، ނަޝީދު އެ މަރުކަޒުން ނެރުމަށް ގޮވާލައިފަ އެވެ.

އެއާއެކު، ފުލުހުން ވެސް އެ ސަރަހައްދަށް ގޮސްފައިވާއިރު، ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުންވެސް ވަނީ ކޮށްފަ އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ ނަޝީދު އީސީގެ ތެރެއަށް ވަދެވަޑައިގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނުމުން އެކަން ބަދަލުކުރަން ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މާލެ ރައްޔިތުން ނޫނެކޭ ބުނީމަ ކެތްނުކުރެވިގެން އެ އުޅެނީ. ފޮށިތައް ނެރެ އުކާލައިގެން ދެވަނަ އިންތިހާބަކަށް ދާން އުޅެނީ. އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން އެ ފުރުސަތު ނުދިނުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ތަނުގައި ތިބި އިދިކޮޅުގެ އިސް ބޭފުޅުންގެ އިލްތިމާސްއާއެކު ނަޝީދު ވަނީ އޭގެ ފަހުން މަރުކަޒު ދޫކޮށް ވަޑައިގެންފަ އެވެ.

އިންތިހާބީ މަރުކަޒު ދޮށަށް މިހާރު ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފަ އެވެ. އަދި އެތަނުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގަމުންދާކަމަށް މައުލޫމާތު ލިބެ އެވެ.

ރަޔަޓު ފުލުހުން މިހާރު ވަނީ، އިތުރު ބަޔަކަށް އެތެރެއަށް ނުވަދެވޭ ގޮތަށް މަރުކަޒުގެ ދޮރު ބަންދުކޮށްފަ އެވެ. ނަމަވެސް، ވޯޓު އަލުން ގުނުމުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، މީޑިއާ ފާސް އޮތް ފަރާތްތަކަށް މަރުކަޒުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ގޮވާލަމުންދާއިރު، ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.

ހަމަނުޖެހުން ކޮންޓްރޯލްކޮށް އެ ސަރަހަދުން މީހުން ފޮނުވާލުމަށް ފުލުހުން ދަނީ ޕެޕާ ސްޕްރޭ ބޭނުން ކުރަމުންނެވެ.

ނަޝީދު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީގެ އިދާރާއަށް ވަޑައިގެންނެވީ އިދިކޮޅުގެ އިސްވެރިން އެތަނަށް ވަޑައިގެން ނުނިކުންނެވީމާ ކަމަށެވެ.

"އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގަ،" ނަޝީދު ވިދާޅުވި އެވެ.

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު"އަށް ވިދާޅުވީ އޭނާ އެތަނަށް ވަޑައިގަތީ ވޯޓު އަލުން ގުނާކަމަށް ބުނެ އިސީން ރޭ ފަތިހު އެސްއެމްއެސް ކުރުމުން ކަމަށެވެ.

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުއިއްޒު މިއަދު "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުއިއްޒު މިއަދު "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުއިއްޒު މިއަދު "އަދަދު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ނަމަވެސް ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ސަބަބެއް އޮތް ނަމަ ވެސް އެކަން ކުރަންޖެހޭނީ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގިނަ ބަޔަކު އެތަން ދޫކޮށް ގޮސްފައިވާއިރު، ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox