އިރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތެއް ނުދޭނަން: އިޒްރޭލް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން-- ފޮޓޯ: ރޮއިޓާޒް

އިރާނުގެ ނަތާންޒް ނިއުކްލިއާ ފެސިލިޓީއަށް އިޒްރޭލުން ސައިބާ ހަމަލާއެއް ދިން ކަމަށް ބުނިތާ އެއް ދުވަސް ފަހުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބަހުގެ ހަމަލާތަކެއް އިރާނަށް ރައްދު ކުރައްވައިފި އެވެ.

ނަތަންޔާހޫ ވިދާޅުވީ އިރާނުގެ "ރުޅިވެރިކަމާއި ޓެރަރިޒަމުން" ދިފާއުވާން ކުރަން ޖެހުނު ކޮންމެ ކަމެއް އިޒްރޭލުން ކުރާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވިއިރު، ސައިބާ ހަމަލާއަށް ބަދަލު ހިފާނެ ކަމަށް އިރާނުން ބުނެފައި ވެއެވެ.

ނަތަންޔާހޫ ވިދާޅުވީ މެދުއިރުމަތީގައި އިޒްރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިރާނު ކަމަށެވެ. ނިއުކްލިއާ ހަތިޔާރާއި މިސައިލް އުފައްދަން ކުރާ މަސައްކަތް އިރާނުން ހުއްޓާނުލާ ކަމަށާއި، ނަމަވެސް އެ ލަނޑުދަނޑި ހާސިލްކުރުމުގެ ފުރުސަތު އިޒްރޭލުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ނައްތާލުމުގެ ބޭނުމުގައި އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން. -- ނަތަންޔާހޫ

ނަތަންޔާހޫ އެފަދަ ގޮތަކަށް ވާހަކަދެއްކެވީ މިހާރު އިޒްރޭލަށް ވަޑައިގެން އުޅުއްވާ އެމެރިކާ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން އާއެކު ދެއްވި ޕްރެސް އެއްގަ އެވެ.

އެ ޕްރެސްގައި އޯސްޓިން ވިދާޅުވީ މެދުއިރުމަތީގައި އިޒްރޭލުގެ ބާރު ދަމަހައްޓަން އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox