އިޒްރޭލުގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ދީފި

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި މީހަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި މީހަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އީޕީއޭ

އިރާނުގެ ނިއުކްލިއާ ފެސިލިޓީއަކަށް އިޒްރޭލުން ދިން ކަމަށް ބުނާ ސައިބާ ހަމަލާއާ ގުޅިގެން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފި އެވެ.

ނަތާންޒް ފެސިލިޓީއަށް ދިން ހަމަލާއަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮއްސަދުގެ ބައިވެރިވުމާއެކު ދިން ހަމަލާއެއް ކަމަށް ޖާސޫސީ އިސް އޮފިޝަލަކު ވަނީ ބުނެފަ އެވެ.

އިރާނުން ވެސް އެ ހަމަލާގެ ތުހުމަތު ކުރަނީ އިޒްރޭލަށެވެ. އިރާނުގެ ފޮރިން މިނިސްޓަރު މިއަދު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން "ބަދަލު ހިފާނެ" ކަމަށެވެ.

އެޓޮމިކް އެނާޖީ އޮގަނައިޒޭޝަން އޮފް އިރާންގެ ތަރުޖަމާނު ބެހްރޫޒް ކަމަލްވަންދީ އިއްޔެ ނޫސްތަކަށް ވިދާޅުވީ ނަތާންޒް ފެސިލިޓީގައި ހިނގި ކަމެއްގެ ސަބަބުން އެ ތަނުން ކަރަންޓު ކެނޑުނު ކަމަށެވެ.

އޭގެ އެއް ދުވަސް ކުރިން އިރާނުން ވަނީ ޔުރޭނިއަމް މުއްސަނދި ކުރަން ބޭނުންވާ އެޑްވާންސްޑް ސެންޓްރިފިއުޖުތަކެއް އެތަނުގައި އެކްޓިވޭޓުކޮށްފަ އެވެ.

އިޒްރޭލަށް ކުރާ ތުހުމަތާ ގުޅިގެން އެ ގައުމުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އިޒްރޭލުގެ ޕަބްލިކް ރޭޑިއޯއަށް މައުލޫމާތު ދިން ނަން ހާމަނުކުރާ ޖާސޫސީ އޮފިޝަލަކު ބުނެފައި ވަނީ އެ ހަމަލާގެ ސަބަބުން އިރާނުން ހާމަކުރި ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އޮފިޝަލުންނާ ހަވާލަދީ ނިއުޔޯކް ޓައިމްސް އިން ބުނީ ބޮޑު ގޮވުމަކާއެކު ނަތާންޒް ފެސިލިޓީއަށް ކަރަންޓުދޭ ނިޒާމު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. ސެންޓްރިފިއުޖުތަކަށް ކަރަންޓު ދެނީ އެ ނިޒާމުގެ ތެރެއިންނެވެ.

އެމެރިކާގެ ޖާސޫސީ އޮފިޝަލުން އަންދާޒާ ކުރާ ގޮތުގައި އެ ތަނުގައި ޔުރޭނިއަން މުއްސަނދި ކުރުމުގެ މަސައްކަތް އަލުން ފަށަން މަދުވެގެން ނުވަ މަސް ދުވަސް ހޭދަވާނެ އެވެ.

މީގެ ކުރިން ވެސް އެ ފެސިލިޓީއަށް ހަމަލާތައް އަމާޒުވެފައި ވެއެވެ. އެގޮތުން އެމެރިކާ އާއި އިޒްރޭލު ގުޅިގެން 2010 ވަނަ އަހަރު އުފެއްދި ކަމަށް ބެލެވޭ ސްޓަކްސްނެޓް ކޮމްޕިއުޓަރު ވައިރަސްގެ ސަބަބުން ނަތާންޒްގައި ހުރި ސެންޓްރިފިއުޖްތައް ހަލާކުވެފައި ވެއެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހު ވެސް ނަތާންޒްގެ ސެންޓްރިފިއުޖްތައް ރައްކާކޮށްފައި ހުންނަ ސަރަހައްދުގައި ގޮވުމެއް ގޮވި އެވެ. އެއީ ވެސް ސައިބާ ހަމަލާއެއް ކަމަށް އިރާނުން ބުންޏެވެ.

އިރާނުން މިހާރު ނަތާންޒް ފެސިލިޓީ ގާއިމްކޮށްފައިވަނީ ފަރުބަދައެއްގެ ތެރެއިން ބިމު އަޑީގަ އެވެ. މީގެ ކުރިން އެތަނަށް ދިން ހުރިހާ ހަމަލާއެއްގެ ފަހަތުގައި ވަނީ ވެސް އިޒްރޭލު ކަމަށް ބެލެވެ އެވެ.

އަނެއްކާވެސް ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިން ކަމަށް ބުނެފައި މި ވަނީ އިރާނާއެކު އެމެރިކާއިން އެކުލަވާލި ނިއުކްލިއާ އެއްބަސްވުމެއްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ އެ އެއްބަސްވުން ހުއްޓުމަކަށް އައިސްފައި އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ހުރަސް އެޅުއްވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނަތާންޒް ފެސިލިޓީގައި މުޅިން އާ ސެންޓްރިފިއުޖުތަކެއް އިފްތިތާހު ކުރައްވާފަ އެވެ. އެއީ އިރާނުން ހިންގާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމަށް މުހިއްމު ތަކެއްޗެވެ. ސެންޓްރިފިއުޖް މެދުވެރިކޮށް އުފައްދާ ޔުރޭނިއަމް ބޭނުންކޮށްގެން ހަކަތަ އުފައްދަން ރިއެކްޓާ ފިޔުލް ތައްޔާރު ކުރެވޭނެ އެވެ. ހަމަ އެއާއެކު އެ ޔުރޭނިއަމުން ނިއުކްލިއާ ހަތިޔާރު ވެސް އުފެއްދޭނެ އެވެ.

އާ ސެންޓްރިފިއުޖް އިފްތިތާހު ކުރުމަކީ 2015 ވަނަ އަހަރު އެމެރިކާ އާއެކު އެކުލަވާލި އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިރާނުގައި ޔުރޭނިއަމް ބެހެއްޓޭނީ ވަކި މިންވަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox