ރޯދައިގެ ކުރިން ވެކްސިން ޖަހަން ތޮއްޖެހިއްޖެ!

Apr 12, 2021, 9:00 AM
ނެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ނެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާދަމާ ރޯދަ މަސް ފެށޭތީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ގިނަ އަދަދެއްގެ މީހުން ކިޔުގައި ޖެހިއްޖެ އެވެ.

މާލޭގެ ތިން ސަރަހައްދެއްގައި އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މިއަދު އޮތްއިރު، އެ ފަސް ސަރަހައްދަށް ވެސް ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ.

އެގޮތުން، އާޓް ގެލެރީން ވެކްސިން ޖެހުމަށް އޮތް ކިޔު، ސީއެޗްއެސްސީއާ ހަމައަށް އެބަ އޮތެވެ. ސެނެހިޔާ، ސޯޝަލް ސެންޓަރު ދޮށުގައި ވެސް އަވީގައި ގިނަ ބަޔަކު ކިޔޫގައި އެބަ ތިއްބެވެ.

ވިލިމާލޭ އާއި ހުޅުމާލޭގައި ވެސް ވެކްސިން ޖެހުމަށް މިއަދު ކިޔު ބޮޑުއިރު، ވިލިމާލެ ސެންޓަރުން މިހާރު ނަންބަރު ހުސްވެފައިވާ ކަމަށް ކިޔޫގައި ހުރި މީހަކު ބުންޏެވެ.

"ވިލިމާލެއިން މިތަނަށް އައިސް މިހުރީ، އެ ސެންޓަރުން ނަންބަރު މިއަދަށް ވަނީ ހުސްވެފައި،" ސޯޝަލް ސެންޓަރުގެ ކިޔުގައި ހުރި މީހަކު ބުންޏެވެ.

އެ ތަނުގައި ކިޔުގައި ހުރި އެހެން މީހަކު ބުނި ގޮތުގައި، އޭނާ ވެކްސިން ޖެހުމަށް މަންމަ ގޮވައިގެން އައީ ދެވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން އެންގި ދުވަސް ކަމަށްވާތީ އެވެ. އެކަމަކު، އެ ތަނުގައި އެފަދަ އެއްވެސް ތަރުތީބެއް ނެތްކަން އޭނާ ފާހަގަކުރި އެވެ.

"މިތަނުގައި އެބަ ތިބި ދެވަނަ ޑޯޒް ޖަހަންޖެހޭ ތާރީހު ފަހަނަ އަޅާފައި ތިބި މީހުން ވެސް، ތަރުތީބު އިންތިޒާމެއް ނެތް،" 12:30 ގައި ސޯޝަލް ސެންޓަރުގެ ކިޔުގައި ޖެހުނު މީހާ ބުންޏެވެ. އޭނާ ނަންބަރު ޖެހެން އަދި ގާތެއް ނުވެ އެވެ.

އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ގޮތުގައި މިއަދު ދެވަނަ ޑޯޒް ވެކްސިން ޖަހައިދެނީ ފެބުރުއަރީ މަހުގެ 1-15 އަށް ފުރަތަމަ ޑޯޒް ޖެހި މީހުންނާއި ފުރަތަމަ ޑޯޒް ޖެހުމަށްފަހު އަށް ހަފުތާވެފައިވާ ފަރާތްތަކަށެވެ.

ނެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
ނެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ނެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

"އަހަރެން މިއަދު މިހާ ވަރަކުން ކިޔުގައި ޖެހިގެން މިހުރީ މާދަމާ ރޯދަ މަސް ފެށޭތީ،" ކިޔުގައި ތިބި ގިނަ މީހުން، މިއަދު ކިޔުގައި ޖެހުނު ސަބަބަކީ މިއީ އެވެ.

ރޯދަ މަހު، ވެކްސިން ޖެހުމަށް އެޗްޕީއޭއިން ހަމަޖައްސާފައިވަނީ ރޭގަނޑުގެ ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް، ގިނަ މީހުންނަށް ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ރޯދަ މަހުގެ ތެރޭގަ އެވެ.

ވެކްސިން މިހާތަނަށް ޖެހި މީހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަދު ކުއްލިއަކަށް ކިޔު ދިގުވެފައިވީ ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި މާލޭން ދެވަނަ ޑޯޒް އެއްވެސް މީހަކު ޖަހާފައިނުވެ އެވެ.

ވެކްސިން ކިޔުތައް މީގެކުރިން ވެސް ކުއްލިއަކަށް ދިގުވެގެން ދިޔައީ، ފުރަތަމަ ޑޯޒް ޖެހުމުގެ އެންމެ ފަހު ދުވަސް ޖެހުމުންނެވެ.

މާލޭގައި އަދިވެސް ރަޖިސްޓްރީކޮށްގެން ފުރަތަމަ ޑޯޒް ވެސް ޖެހެ އެވެ. އެގޮތުން، ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ޑޯޒް ޖަހައިދެމުންދާއިރު އެ ދެ ތަނުގައި ވެސް ކޮންމެ ވެސް ވަރެއްގެ ކިޔުއެއް މިއަދު އެބަ އޮތެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށި ފަހުން، 260،000 އަށް ވުރެ ގިނަ މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

އަދި ދެވަނަ ޑޯޒްއާއެކު މިހާތަނަށް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 15،000 ހުރަސްކޮށްފަ އެވެ.ެޝަނަލް އާޓް ގެލެރީގެ ކައިރީގައި ވެކްސިން ޖަހަން ގިނަ ބަޔަކު ކިޔު ޖެހިފައި.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox