އިރާނުގެ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާ ދިނީ އިޒްރޭލުގެ ޖާސޫސީ އިދާރާއިން

އިރާނުގެ ނަތާންޒް ނިއުކްލިއާ ފެސިލިޓީ ހުންނަ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯއެއް-- ފޮޓޯ: އޭއެފްޕީ

އިރާނުގެ ނަތާންޒް ނިއުކްލިއާ ފެސިލިޓީ ހުންނަ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯއެއް-- ފޮޓޯ: އޭއެފްޕީ

އިރާނުގެ ނަތާންޒް ނިއުކްލިއާ ފެސިލިޓީއަށް އިއްޔެ ދިން ސައިބާ ހަމަލާގެ ފަހަތުގައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮއްސަދު ކަމަށް އިސް އޮފިޝަލުންނާ ހަވާލަދީ އިޒްރޭލުގެ ޕަބްލިކް ރޭޑިއޯއިން ހަބަރު ފަތުރައިފި އެވެ.

ނަން ހާމަނުކުރާ ޖާސޫސީ އޮފިޝަލުންނާ ހަވާލަދީ ކާން ރޭޑިއޯއިން ބުނީ ނަތާންޒް ފެސިލިޓީއަށް ދިން ހަމަލާއަކީ މޮއްސަދުގެ ބައިވެރިވުން ހިމެނޭ އިޒްރޭލުގެ ސައިބާ ހަމަލާއެއް ކަމަށާއި އިރާނުން ހާމަކުރި ވަރަށް ވުރެ ބޮޑު ގެއްލުމެއް އެ ފެސިލިޓީއަށް ލިބިފައިވާ ކަމަށެވެ.

އެޓޮމިކް އެނާޖީ އޮގަނައިޒޭޝަން އޮފް އިރާންގެ ތަރުޖަމާނު ބެހްރޫޒް ކަމަލްވަންދީ އިއްޔެ ނޫސްތަކަށް ވިދާޅުވީ ނަތާންޒް ފެސިލިޓީގައި ހިނގި ކަމެއްގެ ސަބަބުން އެ ތަނުން ކަރަންޓު ކެނޑުނު ކަމަށެވެ.

އެ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސަލޭހީ އެކަން ސިފަކުރެއްވީ "ނިއުކްލިއާ ޓެރަރިޒަމް" ގެ ގޮތުގަ އެވެ. ނަމަވެސް އެކަމުގެ ތުހުމަތު ކުރެވެނީ ކޮން ބަޔަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއަށް ސަލޭހީ ދެއްވި އިންޓަވިއުގައި ނަތާންޒް ފެސިލިޓީގައި ދިމާވި ކަންކަން ހިއްސާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން ވެސް އެ ފެސިލިޓީއަށް ހަމަލާތައް އަމާޒުވެފައި ވެއެވެ.

އެގޮތުން އެމެރިކާ އާއި އިޒްރޭލު ގުޅިގެން 2010 ވަނަ އަހަރު އުފެއްދި ކަމަށް ބެލެވޭ ސްޓަކްސްނެޓް ކޮމްޕިއުޓަރު ވައިރަސްގެ ސަބަބުން ނަތާންޒްގައި ހުރި ސެންޓްރިފިއުޖްތައް ހަލާކުވެފައި ވެއެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހު ވެސް ނަތާންޒްގެ ސެންޓްރިފިއުޖްތައް ރައްކާކޮށްފައި ހުންނަ ސަރަހައްދުގައި ގޮވުމެއް ގޮވި އެވެ. އެއީ ވެސް ސައިބާ ހަމަލާއެއް ކަމަށް އިރާނުން ބުންޏެވެ.

އިރާނުން މިހާރު ނަތާންޒް ފެސިލިޓީ ގާއިމްކޮށްފައިވަނީ ފަރުބަދައެއްގެ ތެރެއިން ބިމު އަޑީގަ އެވެ. މީގެ ކުރިން އެތަނަށް ދިން ހުރިހާ ހަމަލާއެއްގެ ފަހަތުގައި ވަނީ ވެސް އިޒްރޭލު ކަމަށް ބެލެވެ އެވެ.

އަނެއްކާވެސް ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާ ދިން ކަމަށް ބުނެފައި މި ވަނީ އިރާނާއެކު އެމެރިކާއިން އެކުލަވާލި ނިއުކްލިއާ އެއްބަސްވުމެއްގެ މަސައްކަތް އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ އެ އެއްބަސްވުން ހުއްޓުމަކަށް އައިސްފައި އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ހުރަސް އެޅުއްވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނަތާންޒް ފެސިލިޓީގައި މުޅިން އާ ސެންޓްރިފިއުޖުތަކެއް އިފްތިތާހު ކުރައްވާފަ އެވެ. އެއީ އިރާނުން ހިންގާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމަށް މުހިއްމު ތަކެއްޗެވެ. ސެންޓްރިފިއުޖް މެދުވެރިކޮށް އުފައްދާ ޔުރޭނިއަމް ބޭނުންކޮށްގެން ހަކަތަ އުފައްދަން ރިއެކްޓާ ފިޔުލް ތައްޔާރު ކުރެވޭނެ އެވެ. ހަމަ އެއާއެކު އެ ޔުރޭނިއަމުން ނިއުކްލިއާ ހަތިޔާރު ވެސް އުފެއްދޭނެ އެވެ.

އާ ސެންޓްރިފިއުޖް އިފްތިތާހު ކުރުމަކީ 2015 ވަނަ އަހަރު އެމެރިކާ އާއެކު އެކުލަވާލި އެއްބަސްވުމާ ހިލާފު ކަމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިރާނުގައި ޔުރޭނިއަމް ބެހެއްޓޭނީ ވަކި މިންވަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox