ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނާދޭ: އީސީ

އީސީގެ ރައީސް އަހުމަދު ޝަރީފް އަދަދު އަށް އިންޓަވިއޫ ދެއްވަނީ: އީސީން ބުނަނީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަނާޅާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އީސީގެ ރައީސް އަހުމަދު ޝަރީފް އަދަދު އަށް އިންޓަވިއޫ ދެއްވަނީ: އީސީން ބުނަނީ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަނާޅާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އީސީގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ވޯޓާ ގުޅިގެން ހަމަނުޖެހުމެއް ވެސް ހިނގާފައި ނުވާ ކަމަށެވެ. ޝަކުވާތައް ހުށަހެޅި ނަމަވެސް އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރާވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓްގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް. ބޮޑު އެއްވެސް މައްސަލައެއް ކުރި މައްޗެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ވަނީ މަނާ ގަޑީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި ކަމަށް ބުނެ މައްސަލައެއް އީސީއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެއީ ވެސް އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ މައްސަލައެއް ނޫނެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިއްޔެ އިރުއޮއްސި 6:00 ފެށިގެން ވޯޓްލުން ނިމެންދެން ކެމްޕެއިިން ކުރުމަކީ މަނާ ކަމެކެވެ.

އެކަމަކު، ރައީސް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން އެދިވަޑައިގަތެވެ.

ރައީސް ނަޝީދު ވެސް ވަނީ ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލޭގެ ގިނަ ވޯޓްލާ ސަރަހައްދުތަކަކަށް އެމަނިކުފާނު ވަޑައިގަތެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ވަނީ ކުރިން އެމްޑީޕީ ވަރުގަދަ މާލެ އާއި އައްޑޫ ފަދަ ސިޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮވިޑްގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓް ލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތްއިރު ފެނިގެން ގޮސްފައިވަނީ ސުލްހަވެރި އިންތިހާބެކެވެ. ބޮޑު ހަމަނުޖެހުމެއް ފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox