ހަމަހަމަ ފުރުސަތުދޭން ވޯޓުލާ ގަޑި 6:00 އަށް އިތުރުކޮށްފި

ވޯޓުލާ މަރުކަޒެއްގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވޯޓުލާ މަރުކަޒެއްގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ގަޑި އިރުއޮއްސި 6:00 އާ ހަމައަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.

އީސީން ކުރިން ނިންމާފައި އޮތީ، ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށެވެ. އަދި އޭގެ ފަހުން، އިރުއޮއްސި 6:00 އާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ނޫނީ ޕޮޒިޓިވް މީހަކާ ކޮންޓެކްޓް ވެގެން ވޯޓުލާ ގޮތަށެވެ.

އެގޮތަށް ހަމަޖެއްސީ، ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާއިރު، އެހެން މީހުންނާ ބައްދަލުނުވާނެ ގޮތަށް އިންތިޒާމު ކުރުމަށެވެ.

އެކަމަކު ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި، ވޯޓުގެ ވަގުތާ ގުޅޭ ގޮތުން ބައެއް ޕާޓީތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އާއްމު މީހުންނަށް ހަވީރު ފަހެއް ޖެހުމާ ހަމައަށް ވޯޓު ލެވޭ ގޮތަށް އޮތް ނަމަވެސް، ކަރަންޓީނުގައި ތިބި މީހުންނަށް އިރުއޮއްސި 6:00 އާ ހަމައަށް ވޯޓުލެވޭ ގޮތަށް އޮތިއްޔާ، އެންމެންނަށްވެސް އެ ފުރުސަތު ލިބެންވާނެ ކަމަށެވެ.

"އެހެންވީމާ، އެ ގަޑިއާ ހަމައަށް އެންމެންނަށް ވޯޓު ލެވޭނެ. ވޯޓު ފޮށި ބަންދުކުރާނީ، 6:00 ގައި ވޯޓުލާން އެއްވެސް މީހަކު ނެތިއްޔާ،" ޝަރީފް ވިދާޅުވި އެވެ.

ކަރަންޓީނުގައި ތިބި މީހުންގެ ޒިންމާ އެޗްޕީއޭ އިން ނަގަންޖެހޭ

އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މިހާރު ކަރަންޓީނުވެފައި ތިބި މީހުންގެ ލިސްޓެއް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީ)އިން ނުދިން ކަމަށެވެ. އެކަމަށް ގާނޫނީ ހުރަހެއް އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެފައިވާ ކަމަށް އީސީން ބުންޏެވެ.

އެ ލިސްޓު ލިބުނު ނަމަ ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި، އެމީހުންނަށް ގުޅައިގެން ވޯޓުލާން އަންނާނެތޯ ބަލައި، ޔަގީންކުރެވުނީސް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ގާނޫނާ ހަވާލާދީ އެޗްޕީއޭއިން މި ބުނަނީ ޕޮޒިޓިވް މީހުންގެ ލިސްޓެއް ނުދެވޭނެޔޭ. އެހެން ނޫން ނަމަ، އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓުންނަށް އެމީހުންނަށް ގުޅާފައި ބަލައިލެވޭނެ، ޕޮޒިޓިވް މީހަކު ވޯޓުލާން އަންނާނެތޯ ނޫންތޯ" ޝަރީފް ވިދާޅުވި އެވެ.

ވޯޓުލުމުގެ އިންތިޒާމްތަކުގައި އީސީގެ ރައީސް ޝަރީފް ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ވޯޓުލުމުގެ އިންތިޒާމްތަކުގައި އީސީގެ ރައީސް ޝަރީފް ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވޯޓުލުމުގެ އިންތިޒާމްތަކުގައި އީސީގެ ރައީސް ޝަރީފް ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެކަމަކު ޕޮޒިޓިވް މީހުންގެ ލިސްޓު ނުލިބޭއިރު، ކަރަންޓީނުގައި މިވަގުތު ތިބި މީހުންގެ ސީދާ އަދަދެއް ވެސް ނޭނގޭ ކަމަށް އިތުރަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދޭން އެޗްޕީއޭގެ ޒިންމާތަކެއް އެބަ އޮތް ކަމަށެވެ.

"ކަރަންޓީނުގައި ތިބި މީހުންނަށް ހަވީރު 5:00 އިން 6:00 އަށް ވޯޓުލެވޭނެ ފުރުސަތު ފަހިކޮށްދޭން އެޗްޕީއޭއިން އެބަޖެހޭ ޒިންމާ ނަންގަވަން،" ހަބީބު ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް މެންދުރާ ހަމައަށް ވަރަށް މަދެވެ. އީސީން ލަފާކުރަނީ އިންތިހާބުގައި ވޯޓުލާނީ ގާތްގަނޑަކަށް 40 ޕަސަންޓު މީހުން ކަމަށެވެ.

ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރަމުން، އީސީން ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox