ކޮލަމް: ބަސް ނުބުނެވޭތީ އަޅާނުލާ ދޫކޮށްލާފައި!

ގުރައިދޫ މަރުކަޒުގައި ދުވަސްވީ މީހުންތަކެއް ސައި ބޮނީ: އެމަރުކަޒު ރަނގަޅަށް ނުހިންގާ ކަމުގެ ޝަކުވާ ބޮޑު-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ގުރައިދޫ މަރުކަޒުގައި ދުވަސްވީ މީހުންތަކެއް ސައި ބޮނީ: އެމަރުކަޒު ރަނގަޅަށް ނުހިންގާ ކަމުގެ ޝަކުވާ ބޮޑު-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

"މި މީހުންގެ ފަރާތުން ބަސް ބުނާނެ ބަޔަކު ނެތް. މިވާހަކަ ދައްކައިދެއްވާ،"

ރާއްޖޭގެ ނަން މަޝްހޫރު ޑޮކްޓަރަކު އަހަންނަށް ގުޅައި ކަންބޮޑުވުންތައް އޮއްސާލަން ފެއްޓީ މިގޮތަށެވެ.

ޑޮކްޓަރު އެ ވިދާޅުވީ ތެދެކެވެ. ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ފަރާތުން ބަސް ބުނާނީ ކާކު ހެއްޔެވެ؟ އެތަނުގައި ތިބި އުމުރުން ދުވަސް ވީ މީހުންނަކީ އަޅާލާނެ ބަޔަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނެވެ. ދެން ގިނައިން ތިބީ ނަފްސާނީ ބަލިތަކުގެ ސަބަބުން އަމިއްލަ ހާލައިގެން ނޫޅެވޭ ބަލި މީހުންނެވެ. އެހެންވީމާ އެ މީހުންނަށް އެ މީހުންގެ ދިފާއުގައި ބަހެއް ނުބުނެވޭނެ އެވެ.

އެކަމަކު އޭގެ މާނައަކީ އެ މީހުންނާ މެދު ފަރުވާ ކުޑަކުރުމެއް ނޫނެވެ. އިހުމާލުވުމެއް ވެސް ނޫނެވެ. ނަމަވެސް ކަންވަނީ އެގޮތަށެވެ.

އެތަނުގެ ނަން އެ ބުނެދެނީ އެތަނުގައި ތިބޭ މީހުންގެ ހާލެވެ. އެއީ ހަގީގަތުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. އެފަދަ މަރުކަޒެއްގައި އެންމެ މުހިންމު އަދި އެންމެ އަސާސީ އެއްކަމަކީ ރަނގަޅު ސިއްހީ ފަރުވާ އެވެ. ނަމަވެސް އެކަމަށް މިވަނީ އިހުމާލުވެފަ އެވެ.

އެ މަރުކަޒުގައި 197 މީހުން ތިބިއިރު އޭގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި 158 މީހުންނާއި އުމުރުން ދުވަސްވީ 39 މީހުން ހިމެނެ އެވެ. ގިނަ އަދަދެއްގެ ބަލި މީހުން ތިބި އެ މަރުކަޒުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޑޮކްޓަރެއް ނެތް އިރު މިދިޔަ ޖެނުއަރީން ފެށިގެން ނަރުހެއް ނެތެވެ. އެ މަރުކަޒުގައި އެންމެ ގިނައީ ނަފްސާނީ މައްސަލަތައް ހުރި މީހުންނެވެ. އެކަމަކު އެފަދަ ބަލިތަކަށް ފަރުވާދޭ ސައިކޭޓްރިސްޓެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނެތެވެ. އަހަރަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

އެތަނުގައި ގިނައީ ގަޑިން ގަޑިއަށް ބޭސް ދީ ބަލަހައްޓަން ޖެހޭ މީހުން ކަމަށްވާއިރު މިހާ ދުވަހު އެ މީހުންނަށް ބޭސް ދިނުމުގެ ކަންކަން އެ ކުރަނީ އެކަމުގެ ތައުލީމެއް ނެތް އާއްމު މުވައްޒަފުންނެވެ. ބޮޑުކަމެއް ދިމާވެއްޖެ ނަމަ ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒަށެވެ.

އެ ހާލަތުގައި އެ މަރުކަޒު އޮތްކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނަ އެވެ. ނަމަވެސް ޖެންޑާގެ ބަހަނާއަކީ މަސައްކަތް ކުރި ނަމަވެސް ޑޮކްޓަރުން ނުލިބެނީ ކަމެވެ. ދެންވީ އެކަން ގަބޫލު ކުރަންތޯ އެވެ؟

މި ގައުމަކީ އާއްމު ބަލިތަކަށް ފަރުވާ ދޭ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ އެތައް ޑޮކްޓަރުންނެއް މަސައްކަތް ކުރާ ގައުމެކެވެ. ޖެންޑާއިން އެ ކަމަށް އިސްކަން ދީ ޑޮކްޓަރަކު ހޯދަން އުޅުނުނަމަ ޑޮކްޓަރެއް ނުލިބެންވީ ސަބަބެއް ނުވިސްނެ އެވެ. ރާއްޖޭގައި ނެތް ނަމަ ބޭރުން ގެންނަހާ ދުވަސް ވެސް ވެއްޖެ އެވެ. އަވައްޓެރި ގައުމަކުން ޑޮކްޓަރަކު ގެނައުމަކީ ދައުލަތަކަށް ފަސޭހަ ކަމެކެވެ. ފިނޭންސް އިން އޮތީ ބަޖެޓް ދީފަ އެވެ. އެހެންވީމާ ފައިސާގެ ދައްޗެއް ވެސް ނެތެވެ. ފެންނަ މަންޒަރުން ބުނެވޭނީ އަޅާލަންވާ ވަރަށް އަޅާ ނުލެވެނީ ކަމެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް ކަމާބެހޭ އިދާރާތަކުން ހާޒިރު ކުރުމުން ޖެންޑާއިން ދިނީ ފިނި ޖަވާބެކެވެ. ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ޑޮކްޓަރަކު ނުލިބި ލަސްވުމުގެ ޒިންމާ ނަގާ ކަމަށެވެ.

ނަމަވެސް ސުވާލަކީ ޒިންމާ ނަގާގޮތަކީ މިއީތޯ އެވެ؟ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޑޮކްޓަރުން އެ މަރުކަޒަށް ގެނެވޭނެ ސީދާ ތާރީހެއް އަދިވެސް ވިދާޅެއް ނުވެ އެވެ. ހަތަރު މަސްވީ އެވެ. މުޅިންވެސް ވިދާޅުވީ ޑޮކްޓަރުން ހޯދުމަށް ކުރިމަތިވާ ދަތިކަމުގެ ވާހަކަ އެވެ. ކޮންމެ ކަމެއްގައި ވެސް ދައްޗާއި އުނދަގޫ ހުންނާނެ އެވެ. ހަތަރު މަހަކީ އެ އުނދަގޫތައް ހައްލުކޮށް ޑޮކްޓަރަކު ގެންނަން ކުރު މުއްދަތެއް ނޫނެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއް ނޫން ކަމެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން އެޗްއާރުސީއެމުން އެ މަރުކަޒުގެ ހާލަތު ބަލައި ނެރޭ ރިޕޯޓްތަކުގައި މި މައްސަލަ ތަކުރާރުކޮށް ފާހަގަ ކޮށްފައި އެބަހުއްޓެވެ. އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވެއްޖެ އެވެ. އެ މަރުކަޒާ އެތައް ވެރިންނެއް ހަވާލުވެއްޖެ އެވެ. އިހުލާސްތެރި ނިޔަތެއް އޮތްނަމަ ހައްލު ކުރަން ލިބުނު މުއްދަތު ކުޑައެއް ނޫނެވެ.

ކަންހިނގާ ގޮތަށް ބަލާއިރު ބޮޑަށް ފެންނަނީ ޕްރެޝަރު ކުރާނެ ބަޔަކު ނެތުމުން އަޅާ ނުލާ މަންޒަރެވެ. މި ކަވަރޭޖްގައި އަހަރެންނަށް ވެސް އެ ތަޖުރިބާ ކުރަން ޖެހުނެވެ. ގުރައިދޫ މަރުކަޒު އޮތްހާލަތާ ގުޅޭގޮތުން މަދަނީ ޖަމިއްޔާތަކާއި އިންސަނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުންގެ ބަހެއް ހޯދަން ކުރި މަސައްކަތުންނެވެ. އެއްބަޔަކު ނަން ހާމަ ކުރާގޮތަށް ވާހަކަ ދައްކަން ދެކޮޅު ހެދީ އެވެ. އަނެއް ބަޔަކަށް އެތަނުގެ ހާލަތު ނުވެސް އެނގެނީ އެވެ.

ގުރައިދޫ މަރުކަޒާ ގުޅިފައި އޮތީ އެންމެ މައްސަލައެއް ދެ މައްސަލައެއް ނޫނެވެ. ޖާގައަށްވުރެ އެތަނުގައި މީހުން ގިނަ އެވެ. ނަފްސާނީ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން ގެންގުޅެނީ އެކުގަ އެވެ. މިފަދަ އެތައް އެތައް ކަމެކެވެ. މި ވާހަކަތައް މިއީ އާވާހަކަތަކެއް ނޫނެވެ. އަލީ ހައްލެވެ. އެކަމެއް ނުވެ އެވެ.

އަހަރެންނަށް ގުޅި ޑޮކްޓަރު އެ ވިދާޅުވީ ތެދު ވާހަކަ އެކެވެ.. މަރުކަޒުގައި ތިބި މީހުންގެ ދިފާއުގައި ވާހަކަ ދައްކާނެ ބަޔަކު ނެތެވެ. ޕްރެޝަރު ކުރާނެ ބަޔަކު ވެސް ނެތެވެ. އެފަދަ މަރުކަޒެއްގައި ސިއްހީ ހިދުމަތްތެރިއެއް ނެތި ހަތަރު މަސް ވުމުން ފަރުވާ ކުޑަ މިންޒަރު ސާފެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox