އެސްޓީއޯގެ ޑިޖިޓަލް ބޭންކިން ހިދުމަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި

އެސްޓީއޯގެ މައި އިދާރާ: އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ދާއިރާއަށް ވަންނަނީ ކުންފުނީގެ މާލީ ވިޔަފާރި ފުޅާކުރަން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެސްޓީއޯގެ މައި އިދާރާ: އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ދާއިރާއަށް ވަންނަނީ ކުންފުނީގެ މާލީ ވިޔަފާރި ފުޅާކުރަން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެސްޓީއޯގެ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އާންމުންނަށް ޑިޖިޓަލް ބޭންކިން ހިދުމަތް ދޭން ފެށުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެސްޓީއޯ އިން ޑިޖިޓަލް ބޭންކިން ދާއިރާއަށް ނުކުންނަން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އަމްރު ވިދާޅުވީ، މިހާރު އެކަމަށް ބޭނުންވާ މާކެޓް ސްޓަޑީ ނިމިފައިވާ ކަމަށެވެ.

މި މާކެޓް ސްޓަޑީއަކީ މިދިޔަ މަހު އެސްޓީއޯ އިން ސީޑީއީ ކޮންސަލްޓަންސީ އާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމާ ގުޅޭގޮތުން ކުރި ސާވޭއެކެވެ.

އަމްރު ވިދާޅުވީ މި މާކެޓް ސްޓަޑީ ހެދުމަށް ފަހު ބޭރު ބަޔަކާ ގުޅިގެން ކުރެވުނު އިތުރު ދިރާސާތަކުގެ އަލީގައި ބޭންކުން އިތުރު ޑޮކިއުމެންޓޭޝަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ރާވާފައިވަނީ ވީހާވެސް އަވަހަކަށް މި މަސައްކަތް ކުރިއަށް ގެންގޮސް ރައްޔިތުންނާ ހަމައަށް މި ހިދުމަތް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ޕްލޭން ކުރަނީ ވަރަށް އަވަހަށް މަސައްކަތްތައް ބާރަށް ގެންގޮސް، އަޅުުގަނޑުމެންގެ ޕްލޭންއަކީ އަސްލުގައި ފަށަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ. އެއީ ރައްޔިތުންނާ ހިސާބަށް ހިދުމަތް ދެވޭނެ ދުވަހަކީ

މިއީ އެސްޓީއޯ އިން ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ކުންފުނީގެ މާލީ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.

އެސްޓީއޯ އަކީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، މިހާރު ވެސް އެންމެ ގިނަ ވިޔަފާރީގެ ހަރަކާތްތައް ހިންގާ ކުންފުންޏެވެ.

އޭގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުން ފެށިގެން ގޮސް ބޭހާއި ކާޑުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox