އެވްރީޑޭ ބެނެފިޓްސް ހިމެނޭ އިސްލާމިކް ބޭންކުގެ ވިސާ ޑެބިޓް ކާޑު ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފުކުރި ވިސާ ކާޑް: މި ކާޑު ވިސާ ކާޑް ބަލައިގަންނަ ހުރިހާ ޕްލެޓްފޯމެއްގައި ބޭނުން ކުރެވޭނެ -- ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފުކުރި ވިސާ ކާޑް: މި ކާޑު ވިސާ ކާޑް ބަލައިގަންނަ ހުރިހާ ޕްލެޓްފޯމެއްގައި ބޭނުން ކުރެވޭނެ -- ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޑެބިޓް ގޯލްޑް އަދި ވިސާ ޑެބިޓް ޕްލެޓިނަމް ކާޑް ތައާރަފުކޮށްފި އެވެ.

އެމްއައިބީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ވިސާ ބަލައިގަންނަ ޕީއޯއެސް މެޝިންތަކާއި އޭޓީއެމް މެޝިންތަކުން މި ކާޑު ބަލައިގަންނާނެ ކަމަށެވެ. އަދި ޑޮމެސްޓިކް އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތަކުގައި ވެސް މި ކާޑު ބޭނުން ކުރެވޭނެ އެވެ.

އިގްތިސޯދީ ހާލަތުގެ ސަބަބުން މިހާރު މި ކާޑުތައް އިންޓަނޭޝަނަލް ޓްރާންސެކްޝަންތަކުގައި ބޭނުން ނުކުރެވުނު ނަމަވެސް، މިހާރަށް ވުރެ އިގްތިސާދީ ހާލަތު ރަނގަޅު ވުމުން އެ ނިންމުން މުރާޖައާ ކުރަނާ ކަމަށް އެމްއައިބީން ވަނީ މައުލޫމާތު ދީފަ އެވެ.

އެމްއައިބީ ވިސާ ޑެބިޓް ގޯލްޑް

އެމްއައިބީގެ ވިސާ ޑެބިޓް ގޯލްޑް ކާޑު ތައާރަފުކުރީ އެ ބޭންކުގެ އާ "އެވްރީޑޭ" ބްރޭންޑިންގެ ދަށުންނެވެ. މި ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް "އެވްރީޑޭ ބެނެފިޓްސް"ގެ ނަމުގައި އެކްސްކްލޫސިވް ޑިސްކައުންޓްތަކާއި ސްޕެޝަލް އޮފާތައް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ހިދުމަތްތައް ތައާރަފުކުރާނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ބުނީ، ވިސާ ޑެބިޓް ގޯލްޑް ކާޑުން ލިބޭ އެވްރީޑޭ ބެނެފިޓްސް އާ ގުޅޭ އިތުރު މައުލޫމާތު އެކަމަށް ހާއްސަ ކުރެވިފައިވާ އެ ބޭންކުގެ ވެބްސައިޓް mib.mv/everyday އިން ފެންނަން ހުންނާނެ ކަމަށެވެ.

އެ ސައިޓުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، މިހާރު ވެސް ގިނަ ވިޔަފާރިތަކަކާއި ގުޅިގެން ބޮޑެތި ޑިސްކައުންޓްތަކާއި ހާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފަ އެވެ. އަދި މާލޭގެ އިތުރުން، އަތޮޅުތެރޭގެ އެކި ވިޔަފާރިތަކުން ވެސް ވަނީ މި ސްކީމްގައި ބައިވެރިވެފަ އެވެ.

އެމްއައިބީ ވިސާ ޑެބިޓް ޕްލެޓިނަމް

އެމްއައިބީގެ ވިސާ ޑެބިޓް ޕްލެޓިނަމް ކާޑަކީ، އެ ބޭންކުގެ ޕްރިމިއަމް އޮފަރިން އެވެ. މިއީ އެ ބޭންކުން އިންވިޓޭޝަން އުސޫލުން ދޫކުރަން ނިންމާފައިވާ ކާޑެކެވެ. މިއީ ބޭންކުގެ ޕްރިމިއަމް ކަސްޓަމަަރުންނަށް ހާއްސަކޮށް އެމްއައިބީން ތައާރަފުކުރި ކާޑެކެވެ. މި ކާޑުގައި ވެސް ގިނަ ބެނެފިޓްތަކެއް އެކުލެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox