މަކުނު ވިދުރީގެ ނުރައްކާ މުޅި ދުނިޔެއަށް, އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯއިން އިއުލާނުކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ): މަކުނު ވިދުރި ފެތުރޭތީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކުރި މިއީ ދެވަނަ ފަހަރު --

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ): މަކުނު ވިދުރި ފެތުރޭތީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކުރި މިއީ ދެވަނަ ފަހަރު --

ހަލުވި މިނުގައި ދުނިޔޭގައި މިހާރު ފެތުރެމުން ދާ މަކުނު ވިދުރީގެ (އެމްޕޮކްސް) ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާނުކޮށްފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެފްރިކާގެ 13 ގައުމަކުން މަކުނު ވިދުރި ފެނިފައިވާ ކަމަށާއި އެ ބަލީގެ އައު ވޭރިއަންޓެއް ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ. މިއީ މަކުނު ވިދުރީގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް ކަމަށް އެ ޖަމިއްޔާއިން ކަނޑައެޅި ދެވަނަ ފަހަރެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ފެތުރިފައިވާ ގައުމުތައް ދެނެގަނެ، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުންދާނެ ކަމަށެވެ.

Advertisement

"މިއަދު އެމަޖެންސީ ކޮމިޓީން ބައްދަލުކޮށް މިހާރު ބަލި ފެތުރެމުންދާ ބާރުމިނަށް ބަލާއިރު، މުޅި ދުނިޔެއަށް ވެސް ބަލީގެ ނުރައްކާ އޮތް ކަމަށް ބުނެ އާންމު ސިއްހީ ހާލަތެއް އިއުލާނު ކުރަން ޖެހޭ ކަމަށް ލަފާ ދީފައި، އެ ލަފާ ބަލައިގަންނަން އަހަރެން ނިންމައިފިން. މިއީ މުޅި ދުނިޔެއަށް އޮތް ނުރައްކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ.

ގައިން ގަޔަށް އަރާ މަކުނު ވިދުރިއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އެ ވައިރަހަށް މީހަކު ހުށަހެޅުމަށްފަހު އަލާމާތްތައް ފެންނަން އާންމު ގޮތެއްގައި އަށް ދުވަސް ނަގާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މި ބަލި ޖެހޭ މީހުންގެ ގިނަ އިންސައްތައަކީ ފިރިހެނުންނެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެ އެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

ބަލި ފެތުރޭ ގޮތްތައް:

ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ ނުވަތަ މި ބަލީގައި ހަށިގަނޑުގައި ނަގާ ފެންފޮޅުތައް ފަޅައިގެން ގޮސް ނިކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުންނަ ތަންތަނުގައި ޖެހިގެން

ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ނުކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ އަތުގައި ނުވަތަ ތަނެއްގައި ހޭކިފައި ހުއްޓާ, އެ ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ، ހަށިގަނޑުގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުރި ތަނެއްގައި އަތްލުން

ބަލި ޖެހިފައިވާ މީހާ ކެއްސާއިރު ނުކުންނަ ކުޅުގެ ޒަރީއާއިން

ބަލިޖެހިފައިވާ މީހާގެ ގައިން ނުކުންނަ ދިޔަ, ފޮތީގައި ހަރުލައި ހިކިފައި ހުއްޓާ, ގަދަޔަށް ފޮޅާލައިފި ނަމަ އޭގެ ޒަރީއާއިން

ބަލި ޖެހިފައިވާ މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ލޭގެ ތެރެއިން ފެތުރުން

ތެތް ފަށަލައިގެ ތެރޭގައި ހިމެނެނީ ލޮލާއި އަނގަޔާއި ނޭފަތާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ތެތްފަށަލަ

މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.

އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނު ވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox