ޒެމްބިއާއިން އެބޯލާއަށް ޝައްކުކުރެވުނު ދެ މީހުން ނެގެޓިވް

May 30, 2026, 1:20 PM
ކޮންގޯގައި 2018 ވަނަ އަހަރު ފެތުރުނު އިބޯލާ ބަލިމަޑުކަމުގެ ތެރޭގައި ނަގާފައިވާ މި ފޮޓޯއެއް.

ކޮންގޯގައި 2018 ވަނަ އަހަރު ފެތުރުނު އިބޯލާ ބަލިމަޑުކަމުގެ ތެރޭގައި ނަގާފައިވާ މި ފޮޓޯއެއް.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރެމުންދާތީ، ޒެމްބިއާއިން ބަލި ދެނެގަތުމުގެ މަސައްކަތް ވަރުގަދަކޮށް، އެ ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވުނު ދެ މީހަކު ތަހުލީލުތަކަށް ފަހު ނެގެޓިވް ކަމަށް ނިންމައިފި އެވެ. 

ކޮންގޯގެ ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހު ބުނި ގޮތުގައި، އާންމުކޮށް ނުފެންނަ އަދި ވެކްސިނެއް އުފެއްދިފައިނުވާ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާ ވައިރަހުގެ ބާވަތް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު މިހާރު ވަނީ 1،028 އަށް އަރާފަ އެވެ.

މީގެ އިތުރުން ޔުގެންޑާއިން ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފަ އެވެ.

ޒެމްބިއާގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ރޭ ބުނި ގޮތުގައި، ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެބޯލާ ފެތުރުމުގެ ބިރު ބޮޑު ނަމަވެސް، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ދެ މީހެއްގެ ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް އެވެ. 

"ޒެމްބިއާއަށް އެތެރެވާ މީހުންނާއި، ގައުމުގެ ތެރޭގައި އުޅޭ މީހުންގެ ކިބައިން އެބޯލާގެ އަލާމާތްތައް ފެނޭތޯ ބެލުމަށްޓަކައި ސްކްރީން ކުރާނެ ވަސީލަތްތަކާއި އުސޫލުތައް މިހާރު ވަނީ އެކުލަވާލާފައި. އަދި ބޯޑަރުތަކުގައި މިހާރު ވެސް ދަނީ އެ އުސޫލުތަކަށް އަމަލުކުރަމުން،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ޔުގެންޑާގެ ޕްރޮވިންސަކުން ފުރަތަމަ ފެނުނު "ބުންޑިބުގްޔޯ" ވައިރަހާ މެދު މާހިރުން ކަންބޮޑުވަނީ، މީހުން ގިނަ ސަރަހައްދެއްގައި ބަލި ފެތުރެމުން ދިޔައިރު ވެސް ގިނަ ދުވަސްތަކެއް ވަންދެން ބަލި ދެނެގަނެވިފައި ނުވުމުންނެވެ. މީގެ ސަބަބުން ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ، އެމީހުން އެކަހެރިކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި އެބޯލާ ވައިރަސް ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާގެ އަލާމާތްތަކެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ހުން އައުމާއި، ވަރުބަލިވުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ކަރުގައި ރިއްސުން ހިމެނެ އެވެ. އަދި އޭގެ ފަހުން ހޮޑުލުމާއި، ބޭރަށް ހިންގުމާއި، ހަށިގަނޑުގެ އެތެރެއާއި ބޭރުން ލޭ އައުމުގެ އިތުރުން ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox