މަކުނުވިދުރީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ބަލަން އެސެސްމެންޓެއް ހަދަނީ

ގައިން ގަޔަށް އަރާ މަކުނު ވިދުރިއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އެ ވައިރަހަށް މީހަކު ހުށަހެޅުމަށްފަހު އަލާމާތްތައް ފެންނަން އާންމު ގޮތެއްގައި އަށް ދުވަސް ނަގާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. -- ފޮޓޯ: އަދަދު

ގައިން ގަޔަށް އަރާ މަކުނު ވިދުރިއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އެ ވައިރަހަށް މީހަކު ހުށަހެޅުމަށްފަހު އަލާމާތްތައް ފެންނަން އާންމު ގޮތެއްގައި އަށް ދުވަސް ނަގާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. -- ފޮޓޯ: އަދަދު

ހަލުވި މިނުގައި އެފްރިކާގެ ގައުމުތަކުގައި ފެތުރެމުން ދާ މަކުނުވިދުރީގެ (އެމްޕޮކްސް) ނުރައްކާ ރާއްޖެއަށް އޮތީ ކިހައި މިންވަރަކަށްތޯ ބެލުމަށް ރިސްކް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެސެސްމެންޓު ހަދަން ފެށީ މަކުނުވިދުރީގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި ޑަބްލިއުއެޗްއޯއިން ރޭ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ކަމަށެވެ.

"އެޗްޕީއޭއިން ދަނީ ރިސްކް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން، ބައްޔާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމު ކުރާނަން،" އެޗްޕީއޭގެ ޕޯސްޓުގައި ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ރޭގައި ކުރި އިއުލާނެއްގައި ބުނީ އެފްރިކާގެ 13 ގައުމަކުން މަކުނުވިދުރި ފެނިފައިވާ ކަމަށާއި އެ ބަލީގެ އައު ވޭރިއަންޓެއް ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ. މިއީ މަކުނުވިދުރީގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް ކަމަށް އެ ޖަމިއްޔާއިން ކަނޑައެޅި ދެވަނަ ފަހަރެވެ.

ގައިން ގަޔަށް އަރާ މަކުނުވިދުރިއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އެ ވައިރަހަށް މީހަކު ހުށަހެޅުމަށް ފަހު އަލާމާތްތައް ފެންނަން އާންމު ގޮތެއްގައި އަށް ދުވަސް ނަގާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މި ބަލި ޖެހޭ މީހުންގެ ގިނަ އިންސައްތައަކީ ފިރިހެނުންނެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެ އެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

ބަލި ފެތުރޭ ގޮތްތައް:

  • ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ ނުވަތަ މި ބަލީގައި ހަށިގަނޑުގައި ނަގާ ފެންފޮޅުތައް ފަޅައިގެން ގޮސް ނިކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުންނަ ތަންތަނުގައި ޖެހިގެން
  • ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ނުކުންނަ ދިޔަ, ސިއްހަތު ސަލާމަތުން ހުންނަ މީހާގެ އަތުގައި ނުވަތަ ތަނެއްގައި ހޭކިފައި ހުއްޓާ, އެ ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ، ހަށިގަނޑުގެ ތެތް ފަށަލައިގައި ހަލާކުވެފައި ހުރި ތަނެއްގައި އަތްލުން
  • ބަލި ޖެހިފައިވާ މީހާ ކެއްސާއިރު ނުކުންނަ ކުޅުގެ ޒަރީއާއިން
  • ބަލިޖެހިފައިވާ މީހާގެ ގައިން ނުކުންނަ ދިޔަ, ފޮތީގައި ހަރުލައި ހިކިފައި ހުއްޓާ, ގަދަޔަށް ފޮޅާލައިފި ނަމަ އޭގެ ޒަރީއާއިން
  • ބަލި ޖެހިފައިވާ މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ލޭގެ ތެރެއިން ފެތުރުން
  • ތެތް ފަށަލައިގެ ތެރޭގައި ހިމެނެނީ ލޮލާއި އަނގަޔާއި ނޭފަތާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ތެތްފަށަލަ

މަކުނުވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.

އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނު ވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox