އެބޯލާ ބަންޑިބުގްޔޯއާ ދެކޮޅަށް ތިން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ

Jun 2, 2026, 9:36 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

މަދުން ނޫނީ ނުފެންނަ ބާވަތެއްގެ އެބޯލާ ވައިރަހެއް ފެތުރި، މިހާތަނަށް ގާތްގަނޑަކަށް 250 މީހުން މަރުވެފައިވާތީ، އެ ބަލިން ރައްކާތެރިވުމަށް ތިން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

މީގެ ތެރެއިން އެއް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިންޓަނޭޝަނަލް އެއިޑްސް ވެކްސިން އިނިޝިއޭޓިވް (އައިއޭވީއައި) އިން ބުނީ، މިހާރު ފެތުރެމުންދާ ބަލިމަޑުކަމަކީ މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ.

އެބޯލާގެ "ބަންޑިބުގްޔޯ" ނަމަކަށް ކިޔާ މި ބާވަތާ ދެކޮޅަށް ވެކްސިން އުފެއްދުމުގެ ދިރާސާތައް އޮކްސްފޯޑް ޔުނިވާސިޓީ އާއި ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން ވެސް ދަނީ ކުރަމުންނެވެ.

Advertisement

މި މަސައްކަތް ކުރާ ގްރޫޕްތަކަށް ފަންޑު ފޯރުކޮށްދޭ ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އިން ބުނީ، މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަށް "ކޮންމެ ދުވަހަކީ ވެސް މުހިންމު ދުވަހެއް" ކަމަށެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 1،000 އަށް ވުރެ ގިނަ ކޭސް މިހާރު ފެނިފައިވާއިރު، އަވަށްޓެރި ޔުގެންޑާ އިން ވަނީ ބަލި ޖެހިފައިވާ ނުވަ މީހަކު ކަށަވަރުވެފަ އެވެ.

ސިއްހީ ވަސީލަތްތައް މަދު، ހަމަނުޖެހުން ބޮޑު ސަރަހައްދެއްގައި ބަލި ފެތުރުނު ފަހުން ދެނެގަނެވުނު މި ބަލިމަޑުކަން، 2014 އިން 2016 އަށް ހުޅަނގު އެފްރިކާގައި ފެތުރުނު އެންމެ ބޮޑު އެބޯލާ އައުޓްބްރޭކާ އެއްވަރުވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ. އެ ފަހަރު 29،000 އެއްހާ މީހުންނަށް ބަލި ޖެހި، 11،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އައިއޭވީއައިގެ ވެރިޔާ ޑރ. މާކް ފެއިންބާގް ވިދާޅުވީ، މިހާރު ފެތުރެމުންދާ ބަލިމަޑުކަމަކީ ކުރީގެ ހާލަތަށް ވުރެ ވެސް ނުރައްކާތެރިވެދާނެ ކަމެއް ކަމަށް ބެލެވޭތީ، ވެކްސިނެއް އުފެއްދުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށެވެ.

މެޑިކަލް ޗެރިޓީއެއް ކަމަށްވާ މެޑެސިން ސަން ފްރޮންޓިއާސް (އެމްއެސްއެފް) އިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ބުނީ ހާލަތު އޮތީ "ވަރަށް ބިރުވެރި" ފަންތިއެއްގައި ކަމަށާއި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ކޭސްތަކެއް މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ.

އެބޯލާގެ ހަ ބާވަތެއް ހުންނައިރު، އޭގެ ތެރެއިން ބަލިމަޑުކަން ފަތުރަނީ ތިން ބާވަތަކުންނެވެ. ކޮންމެ ބާވަތަކަށް ވަކިން ވެކްސިން އުފައްދަން ޖެހެ އެވެ.

އެންމެ އާންމުކޮށް ފެންނަ "ޒައިރް" ބާވަތުގެ އެބޯލާ އަށް ވެކްސިނެއް އޮތް ނަމަވެސް، މިހާރު ފެތުރެމުންދަނީ "ބަންޑިބުގްޔޯ" ނަމަކަށް ކިޔާ ބާވަތެކެވެ. މިއީ މީގެ ކުރިން އެންމެ ދެ ފަހަރު ފެނިފައިވާ ބާވަތަކަށް ވާއިރު، މިއަށް ހުއްދަ ދެވިފައިވާ ވެކްސިނެއް އަދި ނެތެވެ.

އައިއޭވީއައި އިން މަސައްކަތް ކުރަމުންދަނީ ޒައިރް އެބޯލާ ވެކްސިނަށް ބަދަލުތަކެއް ގެނެސްގެން ބަންޑިބުގްޔޯއާ ދެކޮޅަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ. 

މޮޑާނާ ކުންފުނިން ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން އުފެއްދުމަށް ބޭނުންކުރި އެމްއާރުއެންއޭ (mRNA) ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަންޑިބުގްޔޯ އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.

މޮޑާނާގެ ސީއީއޯ ސްޓެފަން ބަންސެލް ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސައިންޓިފިކް ހޯދުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅައި، ބަލީގެ ނުރައްކާ އެންމެ ބޮޑު މުޖުތަމައުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ވެސް ވަނީ ކޮވިޑް ބަލީގައި ގިނަ ފުރާނަތަކެއް ސަލާމަތްކޮށްދިން އެ ޔުނިވާސިޓީގެ އަމިއްލަ ވެކްސިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެބޯލާގެ އާ ވެކްސިނެއް އުފައްދަމުންދާ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ބަންޑިބުގްޔޯ ވެކްސިނެއް އުފެއްދުމަކީ މިހާރު ފެތުރެމުންދާ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށާއި ކުރިމަގުގައި ފެނިދާނެ އައުޓްބްރޭކްތަކަށް ތައްޔާރުވުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox