ރިއަލް އެސްޓޭޓު ވިޔަފާރި ބިލު
8 ލިޔުން
ފަހުގެ
ހަބަރުތާއަބަދަށް އެއްބަސްވުން އާވުމާމެދު މުއިއްޒުގެ ބަހެއް ނެތް!
ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަށްފަހު، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް އެ މުއްދަތު ތާއަބަދަށް އާވާގޮތަށް ރިއަލް އެސްޓޭޓް ބިލުގައި ހިމަނާފައިވާތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މި ގާނޫނީ ލޫޕްހޯލާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ދެއްކެވުމަށް އިންކާރު ކުރައްވާފައެވެ.
ރިޕޯޓުރަސްމާލޭގެ ބިޔަ ޓީޖީއެސްޓީ: ހަގީގަތެއް ނެތް ހިޔާލީ އަދަދުތަކެއް
ރަސްމާލެ މަޝްރޫއުން ބިޔަ ޓީޖީއެސްޓީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން ލީސްހޯލްޑް އުސޫލުން ތަންތަން ވިއްކާއިރު ޓެކްސްގެ ބަދަލުގައި ނަގާނީ ކުޑަ ރަޖިސްޓްރޭޝަން ފީއެއް. އެ ޒޯންތަކުގައި ކުރާ އާންމު ވިޔަފާރިތަކުން ޓީޖީއެސްޓީގެ ބަދަލުގައި އާންމު ޖީއެސްޓީ ނެގުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފައި.
