އެއް ގައުމެއްގެ މީހުންނަށް ރަސްމާލޭގެ 25 ޕަސެންޓު ގަނެވޭ ގޮތަށް ބިލުގައި ހިމަނައިފި

ސެޕްޓެމްބަރު 27، 2026: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަަށްދަނީ.

ސެޕްޓެމްބަރު 27، 2026: ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަަށްދަނީ.

ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާެލެއިން ދޫކޮށްލާ 500 ހެކްޓަރު ބިމުގެ 25 ޕަސެންޓު އެއް ގައުމެއްގެ ރައްޔިތުންނަށް ގަނެވޭނެ ކަމަށް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ރިއަލް އެސްޓޭޓުގެ ބިލު މިއަދު ހުށަހަޅައިފި އެވެ. 

މަޖިލީހަށް ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ އަވަސްއަރުވާލައިގެން ރަސްމާލެ ވިއްކާލުމުގެ މަރުހަލާތައް ފުރިހަމަކޮށްދިނުމެވެ. ރަސްމާލެ ތަރައްގީކުރާނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގަ އެވެ. އެފަދަ ޒޯނުތަކުގެ ބިމާއި ޕްރޮޕަޓީ ކޯޓާއާ ގުޅޭ މާއްދާތަކެއް އެ ބިލުގައި ވަނީ ހިމަނާފަ އެވެ. 

"އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގައިވާ ބިންތައް ވަކި އެއް ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް އަދި/ނުވަތަ އެ ގައުމެއްުގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަހްސުތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ރަޖިސްޓްރީކޮށްދެވޭނީ ޖުމުލަ ބިންތަކުގެ ނިސްބަތުގެ 25 އިންސައްތަ އަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން،" އެ ބިލުގެ 94 ވަނަ މާއްދާގެ ހ. ގަައި ލިޔެފައިވެ އެވެ. 

ބިމުގެ އިތުރުން އެ ތަންތަނުގައި އިމާރާތްކުރާ ޕްރޮޕަޓީގެ ލީސްހޯލްޑް ރައިޓްސް ވެސް ވިއްކޭނީ އެއް ގައުމަކަށް އެންމެ ގިނަވެގެން އެ ޕްރޮޕަޓީތަކުގެ ޖުމުލަ 25 ޕަސެންޓު ކަމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. 

އެހެންކަމުން، ރަސްމާލެއިން އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލާ 500 ހެކްޓަރުގެ ތެރެއިން އެއް ގައުމެއްގެ މީހުންނަށް އެންމެ ގިނައިން ގަނެވޭނީ 125 ހެކްޓަރެވެ. އަދި އެ ތަނުގައި 8،000 ޕްރޮޕަޓީ ތަރައްގީކުރާނަމަ އެ އަދަދު ހުންނާނީ 2،000 ޕްރޮޕަޓީގަ އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެއަށް އީގަލް ހިލްސް އިން 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށެވެ. އެކަމަކު އީގަލް ހިލްސް އިން ބުނަނީ އެ ކުންފުނިން އިންވެސްޓު ކުރާނީ 12 ބިލިއަން ޑޮލަރު ކަމަށެވެ. އަލައްބާރު ފަހުން ވިދާޅުވީ 20 ބިލިއަން ޑޮލަރަކީ އެތަނުގެ މަސައްކަތް ނިމުމުން ތަނުގެ އަގު ހުންނާނެ މިންވަރު ކަމަށެވެ. 

ރަސްމާލެ ހިއްކުމުެގ ޕްރޮޖެކްޓަކީ ޑިސެމްބަރު 17، 2023 ގައި ފެށި ޕްރޮޖެކްޓެކެވެ. އޭރު ބުނީ އަށް މަސް ތެރޭގައި ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. ނަމަވެސް އެ ތާރީހާއި އެ ފަހުން ދިން އެއްވެސް ތާރީހަކަށް ރަސްމާލެ ހިއްކާ ނުނިމޭއިރު، މިއަދާ ހަމައަށް މި ޕްރޮޖެކްޓަށް 1000 އަށް ވުރެ ގިނަ ދުވަސް ވޭތުވެއްޖެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox