ރަސްމާލޭ ޕްރޮޖެކްޓަށް ރިއަލް އެސްޓޭޓް ގާނޫނުން އިސްތިސްނާތަކެއް ދޭން ހުށަހަޅައިފި

Nov 9, 2026, 10:35 AM
ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއަށް، ރިއަލް އެސްޓޭޓް ބިލުގައި ހުރި ވާދަވެރި ބީލަމުގެ މަރުހަލާތަކުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ހިއްސާކުރަން ޖެހޭ ބައިން ވެސް އިސްތިސްނާ ލިބޭ ގޮތަށް އިންތިގާލީ މާއްދާއެއް އެ ބިލުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓު ވިޔަފާރި ބިލު" ގެ 159 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ އިސްނެގުމަށް ހުށަހަޅާ ޕްރޮޕޯޒަލެއްގެ ގޮތުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ނަމަ، މާސްޓާ ޑިވެލޮޕްމަންޓް އެއްބަސްވުމެއް ހެދުމުގެ ހުރިހާ ޝަރުތެއް ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށެވެ.

މި މާއްދާ މިހެން އޮތުމުން ބިލު ފާސްވުމުގެ ކުރިން އީގަލް ހިލްސްއާ އެކު ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކަށް، މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެންދާނެ އެވެ. މިއީ ސީދާ މި ޕްރޮޖެކްޓަށް ހާއްސަކޮށްގެން ގާނޫނުގެ ތެރެއިން ދިން އިސްތިސްނާއެކެވެ.

އާންމު އުސޫލުން ރިއަލް އެސްޓޭޓު ޒޯނުތައް ހަވާލުކުރެވޭނެ ތިން ގޮތެއް ބިލުގެ 84 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެއީ އާންމުކޮށް އިއުލާނުކޮށްގެން އެންމެ ރަނގަޅު ހުށަހެޅުމަކަށް ދިނުމާއި، އިއުލާނުކުރުމަކާ ނުލައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އެންމެ އެކަށޭނަ ފަރާތަކަށް ސީދާ ހަވާލުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުންޏަކަށް ދިނުމެވެ.

މި ގޮތަށް ސަރުކާރަށް ސީދާ ހުށަހެޅުމެއް އައިސްގެން މުސްތަގުބަލުގައި ޕްރޮޖެކްޓެއް ހަވާލުކުރާނެ ނަމަ، އޭސީސީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ހިއްސާކުރަން ޖެހެއެވެ. ނަމަވެސް އެއީ ކޮން ކަހަލަ މައުލޫމާތެއް ކޮން މިންވަރަކަށް ކަމެއް ބިލުގައި ހިމަނާފައެއް ނެތެވެ.

ރިއަލް އެސްޓޭޓު ވިޔަފާރި ބިލުގެ 76 ވަނަ މާއްދާ އަދި 78 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގައި، މިފަދަ އިންޓެގްރޭޓެޑް ޒޯނުތަކަކީ މަދުވެގެން 200 ހެކްޓަރުގެ ސަރަހައްދެއް އޮންނަން ޖެހޭ އަދި މަދުވެގެން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭ މަޝްރޫއުތަކެކެވެ.

މި ޒޯނުތައް މާސްޓާ ޑިވެލޮޕަރަކަށް ގިނަވެގެން 99 އަހަރަށް ކުއްޔަށް ދެވޭ އިރު، ދައުލަތަށް ޕްރީމިއަމްގެ ގޮތުގައި އެއްފަހަރާ ދައްކާ އަގެއް ނުވަތަ ވިއްކާ އަދި ކުއްޔަށްދޭ ތަންތަނުގެ އަގުން މަދުވެގެން 10 ޕަސެންޓު ދައްކަން ޖެހެ އެވެ. މިފަދަ ޒޯނުތައް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ދީފައި ވަނީ ވަޒީރުގެ ލަފާގެ މަތިން ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މާސްޓާ ޑިވެލޮޕަރަކަށް ސައްތައިން ސައްތަ ބޭރުގެ ކުންފުނިތަކަށާއި ދިވެހި ކުންފުނިތަކަށް ވެސް ވެވިދާނެއެވެ. އަދި އެ ފަރާތްތަކުގެ ކިބައިގައި މާލީ ތަނަވަސްކަމާއި، އުމްރާނީ އަދި ފަންނީ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކުރެ އެވެ.

ޒޯނުގައި އެއްވެސް ޕްރޮޕަޓީއެއް ބޭރު މީހުންނަށް ނުވަތަ އާންމުންނަށް ވިއްކުމުގެ ކުރިން، މާސްޓާ ޑިވެލޮޕަރު ވަކި ހިދުމަތްތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ބިލުގެ 90 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފަ އެވެ.

އޭގެ ތެރޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި، އެކަށީގެންވާ ވަރަށް މިސްކިތްތައް ބިނާކުރުމާއި، ވިޔަފާރި އަދި މުނިފޫހިފިލުވާ ތަންތަން ގާއިމުކުރުން ހިމެނެއެވެ. އަދި އެތެރޭގެ ދަތުރުފަތުރާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު ވެސް ތަންތަން ވިއްކުމުގެ ކުރިން ގާއިމުކުރުން ލާޒިމުވެ އެވެ.

ރަސްމާލެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ސަރުކާރުން ނިންމައި، އެ ކަމަށް މަގުކޮށަމުންދާއިރު މި މައްސަލައިގައި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި މި ތަނުން ބިން ދޫކޮށްލަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާތަނަށް އީގަލް ހިލްސްއާއެކީ ސޮއިކޮށްފައި ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެކެވެ. އަދި ތަކުރާރުކޮށް ބުނެފައި ވަނީ މިއީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox