ރަސްމާލޭ ޒޯނުގައި ވަކިން ރަށްތައް ހިއްކައިގެން ބަނގުރަލާއި އޫރުމަސް ވެސް ވިއްކޭ

Nov 9, 2026, 10:48 AM
ރައީސް މުއިއްޒު، އޮކްޓޫބަރު 27، 2026 ގައި ދެއްކި "ނޭޝަން ޗެޓު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރަސްމާލެ އެއްބަސްވުމުގެ ކަންކަން ހިނގާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އޮކްޓޫބަރު 27، 2026 ގައި ދެއްކި "ނޭޝަން ޗެޓު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރަސްމާލެ އެއްބަސްވުމުގެ ކަންކަން ހިނގާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ މައި ބިމުގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާކޮށްފައި އޮތް ނަމަވެސް، އެ ޒޯނުގައި ވަކިން ހިއްކާ ރަށްތަކުގައި ޓޫރިޒަމް ގާނޫނުގެ ދަށުން އެ ތަކެތި ބޭނުންކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރިއަލް އެސްޓޭޓް ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި މި ބިލުގެ 76 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ފަޅުތައް ވަކިން ހިއްކައިގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ ކަމަށެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެފަދަ ތަންތަނުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައިވާ އުސޫލުތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ބިލުގެ 77 ވަނަ މާއްދާގެ ނ. ގެ ދަށުން، ވަކިން ހިއްކާ ރަށްތަކަށް ޓޫރިޒަމް ގާނޫނު ހިނގާތީ، ރާއްޖޭގެ އާންމު ރިސޯޓުތަކެކޭ އެއްފަދައިން އެ ތަންތަނަށް ބަނގުރަލާއި އޫރުމަހުގެ ހުއްދަ ދޭން ހުރަހެެއް ނެތެވެ.

ނަމަވެސް އިންޓެގްރޭޓެޑް ޒޯނުގެ މައިގަނޑު ރިއަލް އެސްޓޭޓް ބައިގައި ބަނގުރަލާއި އޫރުމަސް ބޭނުންކުރުން ބިލުގެ 77 ވަނަ މާއްދާގެ ރ. ގެ ދަށުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ. އެ ތަނުގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް އަދި ދިރިއުޅޭ އެއްވެސް މީހަކަށް އެފަދަ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ އެވެ.

ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގެ 55 ވަނަ ސަފުހާ: އިންޓަގްރޭޓަޑް ރިއަލް އެސްޓޭޓު ޒޯނުތަކުގައި ޓޫރިޒަމް ގާނޫނު ހިނގާ ތަންތަން ތަރައްގީކުރެވޭނެ ކަަމަށް ބުނާ މާއްދާ ---
ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގެ 55 ވަނަ ސަފުހާ: އިންޓަގްރޭޓަޑް ރިއަލް އެސްޓޭޓު ޒޯނުތަކުގައި ޓޫރިޒަމް ގާނޫނު ހިނގާ ތަންތަން ތަރައްގީކުރެވޭނެ ކަަމަށް ބުނާ މާއްދާ ---

މިހެންކަމުން ރިއަލް އެސްޓޭޓް ޒޯނުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ކައިރީގައި ވަކިން ހިއްކާ ޓޫރިޒަމް ރަށްތަކަށް ގޮސް މިކަންކަން ކުރެވޭނެ އެވެ. ރިސޯޓުތަކުގައި މިހާރު ވެސް ޖުވާކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ވިޔަފާރިތަކާއި ކެސީނޯ ހިންގުން މަނާވުުމުން މި ގާނޫނު ނެތަސް، ރިސޯޓެއް ތަރައްގީކޮށްގެން އެ ފަދަ ހިދުމަތެއް ނުދެވޭނެ އެވެ.

ހަމައެހެންމެ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިހާރު ވެސް ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ.

ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާ ގުޅޭ ގޮތުން ސަރުކާރުގެ ވެރިން މިހާތަނަށް ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. އެ ތަނުގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށާއި ރަލެއް ނުބޮވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރިސޯޓުތަކުގައި އޮންނަ ގޮތަށް ހުއްދަ ނަގައިގެން އެތަނުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox