އެޕާޓްމަންޓެއް ގަންނަ މީހާ ސަރުކާރަށް ތިން ޕަސެންޓު ފީއެއް ދައްކަން ޖެހޭ ގޮތް ހަދަނީ

މުޅި މަޖިލީހުގެ ކޮމިޓީ ބައްަދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުޅި މަޖިލީހުގެ ކޮމިޓީ ބައްަދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގެދޮރު ނުވަތަ ޕްރޮޕަޓީއެއް ގަންނަނަމަ ތިން ޕަސެންޓު ފީއެއް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް މިއަދު ރައްޔިތުންގެ މަޖީލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް  ބިލުގައި ހިމަނައިފި އެވެ. 

މަޖިލީހަށް ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް އަވަސްއަރުވާލައިގެން ރަސްމާލެއިން 500 ހެކްޓަރު ދޫކޮށްލުމަށް މަގުފަހިކޮށްދިނުމެވެ. އެ ބިލުގެ 44 ވަނަ މާއްދާގައި ވަނީ ލީސް ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ހިމަނާފަ އެވެ. މި ބިލް ފާސްވެ ގާނޫނަކަށް ވުމުން، ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީ ރެގިއުލޭޓުކުރާނީ މި ގާނޫނުގެ ދަށުންނެވެ. 

"މި ގާނޫނުގެ ދަށުން ޕްރޮޕަޓީއެއް ވިއްކުމުން ނުވަތަ ބަދަލުވުމުން، އެ ޕްރޮޕަޓީއެއްގެ ބާޒާރު އަގުން ނުވަތަ ވިއްކާ އަގުގެ ތެރެއިން މަތީ އަގުގެ ތިން އިންސައްތަ، ލީސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، ގަންނަ ފަރާތުން ނުވަތަ ބަދަލުވާ ފަރާތުން އޮތޯރިޓީއަށް ދައްކަން ވާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ. 

ރިއަލް އެސްޓޭޓް ގާނޫނުގައި ބުނެފައިވާ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށީގެން ރާއްޖޭގައި ގޯތިގެދޮރު ވިއްކުމުގެ އެންމެހައި ކަމެއް ހިނގާނީ އަލަށް އުފައްދާ ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ދަށުންނެވެ.

މި ފީ ނުދައްކާނަމަ އެފަދަ މުއާމަލާތެއް އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށްދޭނެ އެވެ. ރަޖިސްޓްރީ ބާތިލުކުރާ ހާލަތެއްގައި ވެސް މި ފީ އަނބުރާ ނުލިބޭނެ ކަމަށް ބިލުގައި ބުނެފައި ވެ އެވެ.

ގޯތިގެދޮރު ވިއްކާނަމަ އެ ވިއްކާ ފަރާތުން ސަރުކާރަށް 15 ޕަސެންޓުގެ ފީއެއް ދައްކަންޖެހޭ ގޮތަށް އޮތް މާއްދާ އުވާލީ 2020 ވަނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުމާއެކު އެވެ. އޭގެ ފަހުން ބިން ވިއްކުމުގެ މުއާމަލާތާ ގުޅިގެން ޖީ.އެސް.ޓީ.ގެ އިތުރުން ވަކި ފީ އެއް ދައްކާކަށް ނުޖެހެ އެވެ. އެހެންނަމަވެސް ރިއަލް އެސްޓޭޓު ގާނޫނުން މި ގެންނަ ބަދަލުގެ ސަބަބުން ބިން ނުވަތަ ޕްރޮޕަޓީ ވިއްކުމުގެ މުއާމަލާތާ ގުޅިގެން ޖީ.އެސް.ޓީ.ގެ އިތުރުން ވިއްކާ އަގުގެ 3 އިންސައްތައިގެ ފީ އެއް ދެއްކުން ލާޒިމު ވެގެންދާނެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox