އިރާން ހަނގުރާމަ
247 ލިޔުން
ފަހުގެ
ދުނިޔެއިރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ގާތްވެއްޖެ
އިރާނާއެކު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި، މީގެ ސަބަބުން އިރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ބަންދުވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މި މަޝްވަރާތަކުގައި ސަރަހައްދީ ގައުމުތަކުގެ ބައިވެރިވުން އޮތްއިރު، އިރާނުން ބުނެފައިވަނީ މުހިންމު ކަންކަމުގައި އަދި މުޅިން އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ހައްލަކަށް އުންމީދުކުރާ ކަމަށެވެ.
ދުނިޔެޓައިވާނަށް ހަތިޔާރު ވިއްކުން އެމެރިކާއިން މަަޑުޖައްސާލައިފި
އިރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަށް ބޭނުންވާ ހަތިޔާރު ކަށަވަރުކުރުމަށްޓަކައި، ޓައިވާނަށް 14 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުން އެމެރިކާއިން ވަނީ މަޑުޖައްސާލާފައެވެ. މި ނިންމުމާ ގުޅޭގޮތުން ޗައިނާގެ ރައީސާ މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއިރު، މިއީ ޓައިވާނަށް ހަތިޔާރު ވިއްކުމުގައި ޗައިނާއާ މަޝްވަރާނުކުރާނެ ކަމަށް ކުރިން ދީފައިވާ ޔަގީންކަމާ ހިލާފު ކަމެކެވެ.
