ސުލުހައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއިން އިރާނަށް ހަމަލާދީފި

May 26, 2026, 10:23 AM
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިރާނުން ގަތަރުގައި އެ ގައުމުގެ މަންދޫބުންނާއެކު ކުރިއަށް ގެންދަނިކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އިރާނުގެ މިސައިލް މަރުކަޒުތަކަށާއި ކަނޑުގެ އުޅަނދުފަހަރަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދަށް އަމާޒުކޮށް މި ހަމަލާތައް ދިނުމަށް ފަހު އެމެރިކާއިން ބުނެފައި ވަނީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށެވެ. 

އެމެރިކާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އިރާނުގެ ދެކުނުގައި ހުރި މިސައިލް ފޮނުވާ ސައިޓްތަކަށާއި ކަނޑުގައި މައިން ވަޅުލުމަށް ބޭނުންކުރާ އުޅަނދުފަހަރަށް ހަމަލާދީ ވަނީ ނައްތާލާފަ އެވެ. މި ހަމަލާތަކާ ގުޅިގެން އިރާނުގެ ދެކުނުގެ އައްސޭރީގައި އޮންނަ ބަންދަރު އައްބާސްއިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިރާނުގެ ސަރުކާރާ ގުޅުންހުރި މީޑިއާތަކުން މި ހަމަލާތައް ސިފަކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އެމެރިކާއިން ހިންގި އުދުވާނެއްގެ ގޮތުގަ އެވެ.

މި ހަމަލާތައް ދީފައިވަނީ އިރާނުގެ އިސް މަންދޫބުން ގަތަރަށް ވަޑައިގެން، އެމެރިކާއާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުރި ހުރަސްތަކާ މެދު މަޝްވަރާ ކުރަމުން ދަނިކޮށެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ވަރަށް އަވަހަށް އާދެވިދާނެ ކަމަށް އަދި ބެލެވެން ނެތް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އެއްބަސްވުމަކަށް އައުމަށް ހުރި އެންމެ ބޮޑު ހުރަހަކީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އިބާރާތްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިރާނާއެކު ވެވޭ އެއްބަސްވުމެއްގައި ސަރަހައްދީ ބާރުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުން ބައިވެރިވާންޖެހޭނެ ކަމަށެވެ. އަދި އެ ގައުމުތަކުން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުގެ އަބްރަހަމް އެކޯޑްސްގައި ސޮއިކުރަންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox