
ނާޒިމް ހަސަން
އެސޯސިއޭޓް އެޑިޓަރ
ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.
748 ލިޔުން
ހަބަރުތ. އަތޮޅު މައުރަޒު: ކުހުރާއި އާރުސް ފަދަ އެތައް ބާވަތެއް
ވަންދޫ މޭޒުން ރައީސްއަށް އެންމެ ކަމުދިޔައީ ގަބުޅި މެޓާ އެވެ. ހިތެއްގެ ސިފައިގައި "މަރުހަބާ ވަންދޫ" ޖަހާފައިވާ އެ މެޓާގަނޑު ރައީސް ބައްލަވައިގެންނެވިއިރު, އެ ނޫނަސް ގިނަ ބާވަތްތަކެއް މެޓާ މައުރަޒުގައި ހުއްޓެވެ. އޭގެތެރެއިން ވެސް ކާށިކެޔޮ މެޓާ ގިނަ ބައެއްގެ ސަމާލުކަމަށް އަޔެވެ.
ހަބަރުއެމްޓީސީސީގެ ކުރީގެ އެމްޑީ ޒިޔަތަށް ދައުވާކުރަން ފޮނުވައިފި
އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ހަބަރުހުކުމް އިއްވާފައިވަނިކޮށް ކޯޓުން ފިލައިފި
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވި ގޮތުގައި ޝިނާހް ފިލާފައިވާކަން އަންގައި އިއްޔެ ހައިކޯޓުން ވަނީ އެ ސާވިސްއަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި, ފުލުހުންގެ ކިބައިން އެދިގެން އޭނާ ހޯދުމަށް ކޯޓުން ވަނީ ސިޓީގައި އަންގާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
