ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާނެ ގާނޫނީ ބާރެއް ނެތް: ހައިކޯޓު

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ހައިކޯޓުން ވެސް ނުހިފެހެއްޓި --

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ހައިކޯޓުން ވެސް ނުހިފެހެއްޓި --

ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާނެ ގާނޫނީ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިފައިނުވާ ކަމަށް ކަނޑައަޅައި, ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.

މިއީ, އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ ގޮތުން ހައިކޯޓުން ގޮތް ނިންމި ތިންވަނަ ފަހަރެވެ. މީގެކުރީ ދެ ފަހަރު ވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދީފައެއް ނުވެ އެވެ.

އަލީ ވަހީދު ފިލާފައިވާ ކަމަށް ބުނެ އޭނާގެ އޯޑިނަރީ ޕާސްޕޯޓް ހިފަހައްޓަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, އެ ކޯޓުން ނިންމާފައިވަނީ އަލީ ވަހީދު މިހާރު ރާއްޖޭގައި ނެތުމުން އެ އަމުރު ނެރޭނެ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ, މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ.

މިއަދު އެ މައްސަލާގައި ހައިކޯޓުން އިއްވި ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ހޯދުމަށް އެދެވޭނީވެސް އަދި އެފަދަ އަމުރެއް ނެރެދެވޭނީވެސް ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފަހައްޓަން ބޭނުންވާ މީހާ ދިވެހިރާއްޖޭގެ އިހްތިސޯސުން ބޭރުވުމުގެ ކުރިން ކަމަށެވެ.

އެއީ, އެ އަމުރުން ހާސިލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ނަތީޖާއަކީ އެ މީހަކު ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރުން ކަމުގައިވާތީ ކަމަށް ހުކުމްގައިވެ އެވެ.

titledesc

ދިވެހިރާއްޖެއިން ފުރައިގެން މީހަކު ދިޔުމަށްފަހު، އޭނާ ފުރައިގެން ދިއުން މަނާކޮށް ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ހޯދަން އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އެދެވިދާނެ ކަމަކަށް އަދި އެފަދަ އަމުރެއް އެ މާއްދާގެ ދަށުން ނެރެވިދާނެ ކަމަށް ނުފެންނަ ކަމަށް ހުކުމްގައި ބުންޏެވެ.

"މީހަކު މި ގައުމުދޫކޮށް ދިއުމަށްފަހު އެ މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ނެރުމުގެ ފުރުސަތު ގާނޫނީ ހަމަތަކުން އޮތްކަން ޝަރީއަތަށް ގަބޫލުކުރެވޭފަދަ ހަމައަކުން ޕްރޮސިކިއުޝަނަށް ބަޔާންކޮށްދެވިފައިވާ ކަމަކަށް ނުދެކެން," ހުކުމްގައި ބުންޏެވެ.

ހުކުމްގައި ބުނި ގޮތުގައި, 75 ވަނަ މާއްދާގައި ބުނާ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކީ ވަކި މަގުސަދަކަށްޓަކައި، ވަކިކަމެއް ކުރުން ހުއްޓުވުމުގެ ގޮތުން ނެރެވޭ އަމުރެކެވެ. އެ އަމުރަށް އެދެން ހުށަހަޅަންޖެހޭ މައުލޫމާތުތަކުންނާއި އަދި އެ އަމުރުގައި ހިމަނަންޖެހޭ އިބާރާތްތަކަށް ބެލުމުން އެ އަމުރަކީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ މައްޗަށް ނެރެވިދާނެ އަމުރެއް ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"...އެހެނީ، އެ އަމުރަކީ އެމީހަކު ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކޮށްފައިވާކަން އަންގައި އެމީހާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުގެ މައްޗަށްކުރާ އަމުރަކަށް ވީތީއެވެ." ހުކުމްގައިވެ އެވެ.

ކޯޓަކަށް އަމުރެއް ނެރެދެވޭނީވެސް، އެންމެ ފުރަތަމަ ކަމަކަށް، އެ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ވުޖޫދުވެފައިވާނަމަ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އެހެންވީއިރު މީހަކު ރާއްޖެއިން ގޮސް ފިލާފާނެކަމަށްޓަކައި، އެކަން ހުއްޓުވުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އަމުރެއް ހޯދުމަށް އެދޭނަމަ، އެ މީހަކު ރާއްޖޭގެ ބޭރުވުމުގެ ކުރިން އެކަމަށް އެދެންޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

"ރާއްޖެދޫކޮށް ދިއުމުގެ ކުރިން އެ އަމުރު ނެރެގެން މެނުވީ އެ އަމުރު ނެރުމުގެ މަގުސަދު ހާސިލުވާނެކަމަކަށް ނުދެކެން," ހުކުމްގައިވެ އެވެ.

އެހެންވެ, އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ނިންމައި, ހައިކޯޓުން މައްސަލަ ނިންމި އެވެ. މި މައްސަލާގައި ރައުޔު ނެރުއްވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު ތާއީދު ކުރެއްވި އެވެ.

އަލީ ވަހީދު ހުރީ ބޭސްފަރުވާއަށް ދިޔަ ގޮތަށް އިނގިރޭސިވިލާތުގަ އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުން އޭނާގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް ވެސް އެބަ އޮތެވެ. އެ ހުކުމް ތަންފީޒުކުރުމަށް އޭނާ ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުގައި އެދުނު ސަބަބަކީ ވެސް އެއީ އެވެ. އެގޮތުން އެ އޮފީހުގެ ވަކީލް ވިދާޅުވެފައިވާ ގޮތުގައި އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުން އޭނާ ރާއްޖެ ގެނައުމަށް މަގު ފަހިވެގެންދާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ޕާސްޕޯޓް ހިފެހެއްޓުމުން އޭނާގެ ވިސާ ވެސް ކެންސަލް ވާނެ އެވެ. އެހެންވީއިރު, ގައުމެއްގެ ހިމާޔަތް ނެތްނަމަ, އޭނާއަށް ދާއިމީކޮށް އެ ގައުމެއް ނޫޅެވޭނެ ކަމަށާއި އެނބުރި ގައުމަށް އަންނަން މަޖުބޫރުވާނެކަން ވަކީލު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox