އަމީން އަލުން ބަންދުކުރުމުގެ އަމުރަކަށް ޕީޖީން އެދިއްޖެ

އަމީން ސުޕްރީމް ކޯޓުގައި: އޭނާ ބަންދު ކުރުމުގެ އަމުރަކަށް ވަނީ އެދިފައި

އަމީން ސުޕްރީމް ކޯޓުގައި: އޭނާ ބަންދު ކުރުމުގެ އަމުރަކަށް ވަނީ އެދިފައި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ އަމުރަށް އެދިފައިވީ ނަމަވެސް, މިހާތަނަށް ކުރިމިނަލް ކޯޓުން އަމީންގެ ބަންދު މަޖިލިސް ބާއްވާފައެއް ނުވެ އެވެ.

މިހާރު ދޫވެފައިހުރި އަމީން އަލުން ބަންދުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައިކޯޓުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ކުރިމިނަލް ކޯޓުގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު އަމުރުކޮށްފައިވާތީ އެވެ.

Advertisement

ހައިކޯޓުގެ ހުކުމާ ހަމައަށް އަމީން ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

އެ ހުކުމާއެކު އަމީން މިނިވަންވެފައި ވާއިރު, އޭނާގެ މައްޗަށް ހައިކޯޓުން މިހާރު ވަނީ މޮނިކޮން އަމުރެއް ނެރެފަ އެވެ. އޭނާގެ ހަރަކާތްތައް ބެލުމަށްޓަކައި ފައިގައި ޓެގް އެޅުވުމަށް ވެސް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، އަމީންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދެ ދައުވާ އުފުލީ ދައުލަތުން ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox