ބަންދު ރިވިއު ކުރުމުގެ މަގުސަދު ހާސިލެއް ނުވޭ: ހައިކޯޓު

ޖަލުގައި ތިބި ބަޔަކާ ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ: ބަންދު ރިވިއު ކުރުމުގެ މަގުސަދު ހާސިލެއް ނުވާ ކަމަށް ހައިކޯޓުން ބުނި

ޖަލުގައި ތިބި ބަޔަކާ ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ: ބަންދު ރިވިއު ކުރުމުގެ މަގުސަދު ހާސިލެއް ނުވާ ކަމަށް ހައިކޯޓުން ބުނި

ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާއަށް ހައްލު ހޯދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދު ހާސިލްވަމުން ނުދާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

އަދުލުގެ ނިޒާމްގެ ތެރޭގަ އާއި ޖަލުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮންނަ ކަމަކީ "ވާނުވާ"ގެ މައްސަލަ އެވެ. ބަންދުގައި "ވާނުވާ ނޭނގި" އެތައް ދުވަހެއްގައި ތިބެން ޖެހުމެވެ. ޝަރީއަތްތައް ދިގުލައިގެން ގޮސް ހުކުމަށްވުރެ ވެސް ގިނަ ދުވަހަށް ޖަލުގައި ތިބުމެވެ.

އެހެންވެ, މި މައްސަލަ ހައްލުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލާއި ބަަންޑާރަ ނައިބާއި ކޯޓުތައް އަދި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރި އެވެ.

އެގޮތުން، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަށް ހުށަހަޅަން ސިޔާސަތަށް ބަދަލު ގެންނަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހެއްގެ ވެސް ބަންދު ކޮންމެ 30 ދުވަހަކުން ރިވިއުކުރަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ.

ގާނޫނުގައި އެހެން އޮތުމުން ކޮންމެ 30 ދުވަހަކުން ކޯޓުން ބަންދު ރިވިއު ކުރި ނަމަވެސް، އެކަން ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް ކޮންމެ ފަހަރަކު ނުބާއްވަ އެވެ. ބާއްވަނީ ބަންދު މަޖިލީހެކެވެ. އެ މަޖިލީހުގައި ބަންދު ދަމަހައްޓަމުން އަންނައިރު, އޭގެން ބޭނުންވި ނަތީޖާ ހާސިލުނުވާ ކަމުގެ ކަންބޮޑުވުން ވަކީލުންގެ ވެސް އެބަ އޮތެވެ.

ވަކީލުން ދެކޭ ގޮތުގައި ޝަރީއަތްތައް ކުރިއަށްދާ މިންވަރު ވަކި އަވަހެއް ނުވި އެވެ. ބަންދުގައި ތިބެންޖެހޭ މީހުންގެ ބަންދަށް ދުވަސްތައް އިތުރުވެގެން ދިޔުން ނޫން ނަތީޖާއެއް ވެސް ނުނުކުމެ އެވެ.

އެކަން އިއްޔެ ހައިކޯޓުން ވެސް ފާހަގަކުރީ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ އިސްތިއުނާފީ ހުކުމްގައި ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތަށް އަލަށް ގެނައި އިޖުރާއާތުގެ ހަގީގީ މަގުސަދަކީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސް ކުރުމެވެ. އަދި ޝަރީއަތުން މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބަންދުގައި ހުރި މީހާ ބަންދުކުރި ހާލަތު ބަދަލުވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

ނަމަވެސް, އެ މަގުސަދު އެ އިޖުރާއާތުގެ ސަބަބުން ހާސިލު ކުރެވޭ ކަމަކަށް ނުފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި މުޖުތަމައުއަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ފެނި, އެމީހުންނާ ގުޅޭ ހެކިތައް ވެސް ހުރެގެން ބަންދުކުރާ ބަޔަކަށްވާއިރު, އެ ހާލަތާއި ކަންކަން އެހެން ގޮތަކަށް ބަދަލުވާނެކަމުގެ އިހްތިމާލެއް ވަރަށް ނާދިރު ހާލަތުތަކެއްގައި ނޫނީ ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިފަދަ މައްސަލަތައް އެންމެ ގިނައިން ހުށަހެޅޭ ކްރިމިނަލް ކޯޓުގެ މައްސަލަތަކާއި ގާޒީންގެ އަދަދަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވެސް ފާހަގަކޮށްފައިވާކަން ފަނޑިޔާރު ސަމީރު ފާހަގަ ކުރެއްވި އެވެ.

ބަންދު ރިވިއު މަޖިލީހުގައި މައިގަނޑު ޝަކުވާއަކަށް އޮންނަނީ ބައެއް ވަސީލަތްތަކާއި ސިއްހީ ފަރުވާއާއި ގުޅުން ހުރި ޝަކުވާތަކެވެ.

ނަމަވެސް, ފަނޑިޔާރު ސަމީރު ވިދާޅުވި ގޮތުގައި ޖަލުގައި ބަންދުކޮށްފައި ހުންނަ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ, އެކަމުގައި ފަނޑިޔާރު އިތުރަށް ކުރަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

އަދި އެކަމުގެ ހައްލު ހޯދަން ޖެހޭނީ ޖަލު ބަލަހައްޓާ ފަރާތުންކަމާއި ޝަކުވާ ވެސް ހުށަހަޅަން ޖެހޭނީ ކޯޓަށް ނޫންކަމާއި އެކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ, ފަނޑިޔާރު ސަމީރު ވިދާޅުވީ ބަންދު ރިވިއު ކުރަން އޮތް އިޖުރާއަތަކީ މަގުސަދު ހާސިލް ނުވާ ގޮތަށް އޮތް އިޖުރާއަތެއް ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ކަންބޮޑުވުން ވެސް އެބަ އޮތް: "ފެއިލްވެއްޖެ"

"ވާނުވާ"ގެ މައްސަލަ ހައްލު ކުރައްވާނެ ކަމުގެ ވައުދާއެކު މަގާމަށް ވަޑައިގެންނެވި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް މީގެކުރިން ވަނީ ގާނޫނީ އިސްލާހުން މަގުސަދު ހާސިލުވަމުން ނުދާ ކަމާއި އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ފެއިލްވެއްޖެ ކަމަށް ވިދާޅުވެފަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ރިވިއު ކުރުމަކީ އޭގެ ޒާތުގައި ހައްލެއް ނޫން ކަމަށާއި ހައްލެއް އައި ކަމަށްވާނީ ރިވިއު ކުރުމާއެކު ޝަރީއަތްތައް ވެސް ހިންގިގެންނެވެ. އޭނާ އުއްމީދު ކުރައްވަނީ ޝަރީއަތްތައް 75 ދުވަސް ތެރޭ ނިމިގެން ދިޔުން ކަމަށެވެ. އޭރަށް މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ޝަމީމް އުއްމީދު ކުރައްވަ އެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، "ވާނުވާ" މައްސަލައަށް އެކަށީގެންވާ ހައްލެއް އައި ކަމަށް ގަބޫލު ކުރެވޭނީ އެގޮތަށް ބަންދުގައި ތިބޭ މީހުންގެ އަދަދު ދަށް ކުރެވިގެންނެވެ. އަދި، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އާންމު އުސޫލު ނޫން ކަމާއި އިސްތިސްނާ ހާލަތްތަކުގައި މެނުވީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމުން ކަމަށެވެ.

މިހާތަނަށް އެކަން ކާމިޔާބު ނުވި ނަމަވެސް، ޝަމީމް ވިދާޅުވި ގޮތުގައި "ވާނުވާ" މައްސަލައަށް ހެއްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވަ އެވެ. އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ފަހުގެ ތަފާސްހިސާބުތައް: ބޮޑެތި އަދަދުތަކެއް

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެންމެ ފަހުން ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެހާ ތަނަށް ޝަރީއަތް ނިމެންދެން ބަންދުގައި 343 މީހަކު އެބަ ތިއްބެވެ.

އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓެއްގައިވާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ތިން މީހަކު އެބަ ތިއްބެވެ. އަދި، 2016 ވަނަ އަހަރުން ފެށިގެން ބަންދުގައި ތިބި ފަސް މީހަކު އެބަ ތިއްބެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި 34 މީހަކާއި 2018 ވަނަ އަހަރުން ފެށިގެން 19 މީހަކު އެބަ ތިއްބެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އަހަރުން ފެށިގެން 52 މީހަކު "ވާނުވާ"ގައި އެބަ ތިއްބެވެ. މިދިޔަ އަހަރު އެ ބަންދަށް 152 މީހަކު ގެންދިޔައިރު، މި އަހަރު 40 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިއްބެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 343 މީހަކު ތިބިއިރު، އޭގެ ތެރެއިން 38 މީހަކީ ޖާގައިގެ ދަތިކަމާހުރެ ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. އޭގެ ތެރޭ 219 ދުވަސް ވެފައިވާ މީހުން ވެސް އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox