ނަޝީދަށް މަރުހަބާ ދަންނަވަން ރައީސް ވަޑައިގަންނަވާނެ

ނަޝީދާއި ރައީސް ސޯލިހު: މަރުހަބާ ދަންނަވާނީ ރައީސް --

ނަޝީދާއި ރައީސް ސޯލިހު: މަރުހަބާ ދަންނަވާނީ ރައީސް --

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭން މަރުހަބާ ދަންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަން ހަތަރު މަހަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު، އެމަނިކުފާނު އެނބުރި މިއަދު މާލެ ވަޑައިގަންނަވަނީ ދުބާއީ މަގުން މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގެންނެވުމަށް މިވަގުތު ޔޫއޭއީގައި ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވާނީ ކުޑަ ދުވަސްކޮޅަކަށް ކަމަށްވެ އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި ނަޝީދަށް މަރުހަބާ ދެންނެވުމަށް މިއަދު ރައީސް ސޯލިހު އެއާޕޯޓަށް ވަޑައިގަންނަވާނެ އެވެ. މީގެކުރިން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމުމުން ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު ވެސް މަރުހަބާ ދެންނެވީ ރައީސް ސޯލިހެވެ.

ހަތަރު މަހަށްފަހު, ދެ ބޭފުޅުން މިއަދު ބައްދަލުވާއިރު ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު އިތުރަށް ހުރެވެން ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

އޭގެފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ދެ ރައީސުން ވެސް ކެންޑިޑޭޓުން ނެރުނެވެ. އެ އިންތިހާބުން ގިނައިން ކާމިޔާބު ހޯދީ ރައީސް ސޯލިހުގެ ކެންޑިޑޭޓުން ކަމަށް ވަނީ ދައުވާކޮށްފަ އެވެ.

ރައީސާއި ނަޝީދާ ދެމެދު އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އޮތީ ވެރިކަމުގެ ނިޒާމް ބަރުލަމާޒީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުންނެވެ. ނަޝީދު ބޭނުން ވަނީ ނިޒާމް ބަދަލުކޮށް އަންނަ ރިޔާސީ އިންތިހާބު ނުބާއްވައި, ބޮޑުވަޒީރެއް އައްޔަން ކުރުމެވެ.

ނަމަވެސް, ރައީސް ސޯލިހަށް އެކަމަށް ތާއިދެއް ނުކުރައްވަ އެވެ. އަދި, ކޯލިޝަންގެ އެހެން ޕާޓީތައް އެކަމާ ސީދާ ދެކޮޅެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox