ހައިކޯޓަށް މައްސަލައެއް ހުށަހަޅުމާއެކު ވެބްސައިޓުން ފެންނަން ހުންނާނެ

ހައިކޯޓުގެ އާ ވެބްސައިޓް --

ހައިކޯޓުގެ އާ ވެބްސައިޓް --

ހައިކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު, އޭގެ މައުލޫމާތު ވެބްސައިޓުން ފެންނަން ހުންނަ ގޮތް ހަދައި, އެ ކޯޓުގެ އާ ވެބްސައިޓް ލޯންޗުކޮށްފި އެވެ.

އިއްޔެ ފާހަގަކުރި ހައިކޯޓުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޯންޗުކުރި އާ ވެބްސައިޓްގައި ގިނަ މައުލޫމާތުތަކެއް ފެންނާނެ ފީޗާތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން, ހައިކޯޓުގެ ރަޖިސްޓްރީގެ ނަމުގައި އާ ފީޗާއެއް ވަނީ ހިމަނާފަ އެވެ.

މި ފީޗާގެ ދަށުން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އަދި, އެ މައްސަލައެއްގެ ސްޓޭޓަސް ވެސް އެނގެން ހުންނާނެ އެވެ.

"މިހެން މި މައުލޫމާތު ފެންނަން ހުރުމުން މައްސަލައެއް އިސްތިއުނާފަށް ހުށަހަޅާފައިވާކަން އެ މައްސަލައެއް ރައްދުވާ ފަރާތަށް ވެސް އެނގިގެން ދާނެ," ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި މައުލޫމާތު އެހެން ކޯޓަކުން އަދި ހާމަކުރަން ނުފަށަ އެވެ.

އޭގެއިތުރުން ހުއްދައިގެ މައްސަލަތަކާއި ރަޖިސްޓްރާގެ ނިންމުންތައް އަދި އެ ނިންމުން ރިވިއުކޮށް ނިންމި ގޮތުގެ މައްސަލަތައް ވެސް ވެބްސައިޓްގައި ގަވައިދުން އަޕްޑޭޓް ކުރަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުތަކުން ނިންމާ ކޮންމެ ނިންމުމެއް އާންމުކޮށް ފެންނަން ހުންނާނެ ގޮތަށް ހެދުމަކީ ގާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ހައިކޯޓުގެ އާ ވެބްސައިޓްގައި ތަފާސް ހިސާބުތައް ވެސް ލައިވްކޮށް ފެންނަން ހުންނާނެ އެވެ.

"ވަގުތުން ވަގުތަށް ތަފާސްހިސާބުތައް ދާނީ އަޕްޑޭޓްވަމުން, މިއީ ވަރަށް މުހިންމު މައުލޫމާތަކަށް ވާނެ ކަމަށް ގަބޫލުކުރަން," އޮފިޝަލް ވިދާޅުވި އެވެ.

ވެބްސައިޓުން މައުލޫމާތު ހޯދުމަށް ފަސޭހައަކަށް ގަޒިއްޔާ ނަންބަރު, ދައުވާކުރާ ނުވަތަ ލިބޭ ފަރާތުގެ ނަން, މައްސަލައިގެ ބާވަތް, ނިންމި ކޯޓު އަދި ކީވޯޑްތަކުން ސާޗުކުރެވޭ ގޮތް ވެސް ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox