ގައުމުތަކާ ގުޅުން ބާއްވަނީ ވަރުގަދަ ތަރަހައެއްގެ މަތީގައި: ރައީސް

ރައީސް ސޯލިހު: އެންމެ އިސް ސިޔާސަތަކީ ގައުމިއްޔަތު ދެމެހެއްޓުން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: އެންމެ އިސް ސިޔާސަތަކީ ގައުމިއްޔަތު ދެމެހެއްޓުން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެންމެ އިސް މަސްލަހަތަކީ ގައުމިއްޔަތާއި އެކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވެސް އެންމެ އިސް ސިޔާސަތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިރޭ ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދޮށީ ގައުމިއްޔަތަކީ ދިވެހި ކާބަފައިންގެ އެތައް ޖީލެއްގެ ފުށުން ވާރުތަކުރި ވަރަށް މަތިވެރި އަމާނާތެކެވެ. މިއަމާނާތަށް ވަފާތެރިވުމަކީ، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ.

"މިއަދު އަޅުގަނޑުގެ އެންމެ އިސް ގައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވެސް އެއީ. ގައުމީ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމެއް، އަދި ބައިނަލްއަގުވާމީ މުޖްތަމައާއެކު ގާއިމުކުރާ ކޮންމެ ގުޅުމެއް، އަޅުގަނޑުމެން ބިނާކުރަނީ ވަރަށް ވަރުގަދަ ތަރަހައެއްގެ މަތީގައި." ރައީސް ވިދާޅުވި އެވެ.

"އެއީ، ދިވެހި ގައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުން. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. ހަމައެފަދައިން ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ އަގީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުން,"

ރައީސް ވިދާޅުވި ގޮތުގައި އަދުގެ ދުނިޔެ ދަންނަނީ ސުލްހަޔާއި މިނިވަންކަމުގެ ބަސްމަގެވެ. އަދުގެ ދުނިޔެ ގޮވައިލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅުމަށް ކަމަށާއި އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއް ނުދޭ ކަމަށެވެ. އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަގުވާމީ މުޖްތަމައާ ބީރައްޓެހި ކަންކަން ކަމަށެވެ.

"ބާރާއި ނުފޫޒަކީ، ސުލްހަޔާއި ހަމަޖެހުން ގާއިމުކުރެވޭނެ ވަސީލަތެއް ނޫން. ދުނިޔޭގެ ހުރިހާ ދިމާއަކުން އަޅުގަނޑުމެންގެ ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ހަގީގަތްތައް. ރާއްޖެއަކީ ވެސް މިދެންނެވި އުސޫލުތަކާއި ހަމަތައް ފުރިހަމައަށް ގަބޫލުކުރާ ގައުމެއް. ބައިނަލްއަގުވާމީ މުޖްތަމައާ މުޅިން އެކަހެރިވެފައި އޮތް އަހަރުތަކަކަށް ފަހު، މިއަދު ދިވެހިރާއްޖެއަކީ، ބައިނަލްއަގުވާމީ މުޖްތަމައުގެ އިތުބާރާއި ލޯތްބާއި އިހްތިރާމް ލިބިފައިވާ ގައުމެއް," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އދ.ގެ އާންމު މަޖިލީހުގެ ރިއާސަތު ރާއްޖެއާ ހަވާލުކުރީ، ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މުޅި ދުނިޔެ ގަބޫލުކުރާތީ އެެވެ. އަދި ދިވެހިންނަކީ އެހެން ގައުމުތަކާއެކު އެކުވެރިކަމާއެކު އެއް އާއިލާއެއް ފަދައިން އުޅެން ބޭނުންވާ ބައެއްކަން، ދުނިޔެ ގަބޫލުކުރާތީ އެވެ.

މޫސުމީ ގޮތުން ރާއްޖެ އޮތީ ބިރުވެރި ހާލަތެއްގައި

ރައީސް ވިދާޅުވީ ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެ ގައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެ ގައުމެއް މިބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމާއި މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު، މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަަންނަ ކަމަށެވެ.

"މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް." ރައީސް ވިދާޅުވި އެވެ.

"މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް މިލިބެނީ، ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށް. ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށް ކުޑަ. ހަގީގަތަކީ މިއީ ކަމުގައި ވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް,"

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޅި މުޖްތަމައާ ގުޅިފައިވާ މިފަދަ ކަންކަމުން ވެސް ސާބިތުވަނީ، ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން ކަމަށާއި މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް، ބައިނަލްއަގުވާމީ މުޖްތަމައާ ވަކިވެގެން އުޅެވެން ނެތްކަން ކަމަށެވެ.

އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން ކަމަށާއި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ގައުމުތައްވެސް ގޮތް ހުސްވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވީއިރު، ރާއްޖެ ފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާ މެދު ނިކަން ވިސްނާވަޑައިގަންނަވާ!," ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ ތާރީހު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާ މެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު,"

ރައީސް ވިދާޅުވީ ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމަށެވެ.

"މިޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ. ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ. ދިވެހިންގެ ދިރިއުޅުމާއި އިގުތިސޯދު ވެސް އެމައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާހައުލީ ނިޒާމު، އޭގެ ތަބީއީ ހާލަތަށް އިއާދަކޮށްދިނުމަށް، އާ އަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން,"

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox