އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލާގައި ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި

އަލީ ވަހީދު: ޕާސްޕޯޓް މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމާފައި

އަލީ ވަހީދު: ޕާސްޕޯޓް މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމާފައި

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރެއް ނެރެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ނިންމައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވި ގޮތުގައި, އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލާގައި ސުޕްރީމް ކޯޓަށް ނުދާން ނިންމާފައިވީ ނަމަވެސް, ގާނޫނީ އެހެން ފަރުވާތައް ހޯދުމަށް އެ އޮފީހުން މަސައްކަތް ކުރާނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ ގޮތުން މިފަހުން ހައިކޯޓުން ނިންމި ނިންމުމަކީ އެކަމާ ގުޅޭ އެ ކޯޓުގެ ތިންވަނަ ނިންމުމެވެ. ހައިކޯޓުން މިފަހަރު ނިންމި ގޮތުގައި ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާނެ ބާރެއް ފަނޑިޔާރުންނަށް ގާނޫނުން ލިބިދީފައެއް ނެތެވެ.

އަލީ ވަހީދުގެ ޕާސްޕޯޓްގެ ފަސްފަހަތް

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި އެވެ. ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދީ، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރި އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާތީ ފުލުހުން މެދުވެރިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނެވެ. ނަމަވެސް، އެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމުމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓު އޭރު ނިންމި އެވެ. އެއީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ނުގެންދެވޭނެ ކަމަށް ބުނެ އެވެ. ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން, އެ ކޯޓުން ވަނީ އެ މައްސަލައަކީ ހައިކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި, އެކަމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް, ހައިކޯޓުން މައްސަލަ އަލުން ބެލުމުން ފާހަގަވީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހިފަހައްޓަން އެދިފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުގެ އަތުގައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމެވެ. އެއީ މިހާރު ކެންސަލްކޮށްފައިވާ ޕާސްޕޯޓަކަށްވާތީ އެ ހިފަހައްޓަން އަމުރު ނެރެގެން ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ނަމަވެސް, އެ އަމުރު ނެރެނުދޭން ކުރިމިނަލް ކޯޓުން ދެއްކި ސަބަބުތައް ގޯސްކޮށް ކަމަށް ކަނޑައެޅި ހައިކޯޓުން އޮތީ ނިންމާފަ އެވެ. އެހެންވެ, އަލުން މައްސަލަ ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅީ އެވެ.

އެކަމަކު, އެ ކޯޓުން ބުނީ ޕާސްޕޯޓް ހިފަހައްޓާނެ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުގެ ފަހުގެ ނިންމުން އައީ ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox