މުޖުތަމައުއަށް ހިދުމަތް ކުރުމަށް ދެ ބިދޭސީއަކަށް ހުކުމްކޮށްފި

ބިދޭސީން ބާޒާރު މަތީ މަސައްކަތުގައި: ދެ މީހެއްގެ މައްޗަށް އިއްވީ 137 ގަޑިއިރަށް މުޖުތަމައުއަށް ހިދުމަތް ކުރަން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ބިދޭސީން ބާޒާރު މަތީ މަސައްކަތުގައި: ދެ މީހެއްގެ މައްޗަށް އިއްވީ 137 ގަޑިއިރަށް މުޖުތަމައުއަށް ހިދުމަތް ކުރަން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޖަލު ހުކުމުގެ ބަދަލުގައި މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކުރިމިނަލް ކޯޓުން ކަނޑައަޅަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ވައްކަމުގެ މައްސަލައެއްގައި ހިމެނޭ ދެ ބިދޭސީއެއްގެ މައްޗަށް ޖަލު ހުކުމްގެ ބަދަލުގައި މުޖުތަމައުއަށް ހިދުމަތް ކުރަން އަންގައި އަދަބު ކަނޑައަޅާފަ އެވެ. މިއީ މިފަދަ ހުކުމެއް އެ ކޯޓުން ކުރި ފުރަތަމަ ފަހަރެވެ.

މި ހުކުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް އައުމުގެ ފެށުމެވެ.

Advertisement

ރާއްޖޭގައި ކުށުގެ އަދަބު ދިނުން ބައްޓަންވެފައި އޮންނަނީ ހަމައެކަނި ޖަލު އަދަބެއް ކަނޑައެޅުމުގެ މައްޗަށެވެ. ކިތަންމެ ކުޑަ ކުށަކަށް ވިޔަސް ނުވަތަ ކުރިން ކުށުގެ ރިކޯޑެއް ނެތަސް އޭނާ އޮތް ތަނަކީ ޖަލެވެ. ކުށަށް އިއުތިރާފުވެ މާފަށް އެދުނު ނަމަވެސް، އޮތް ދޮރަކީ ޖަލެވެ.

އެކަމަށް ހައްލު ހޯދުމަށް ޖަލު އަދަބު ފިޔަވައި، އެހެން ގިނަ އަދަބުތަކެއް ކަނޑައެޅޭ ގޮތަށް ގާނޫނުލްއުގޫބާތަށް ގެނަ އެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން އެފަދަ އަދަބުތައް ކަނޑައަޅާނެ ވަކި އުސޫލެއް، ހަމައެއް ނެތުމުން މިހާތަނަށް ޖަލު އަދަބު ފިޔަވައި، އެހެން އަދަބުތައް ދޭ ތަނެއް ނުފެނެ އެވެ.

އެކަމަކު މިފަހުން ސުޕްރީމް ކޯޓުން ކަނޑައެޅި ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި، ޖަލު އަދަބުގެ ބަދަލުގައި ކަނޑައެޅޭނެ އަދަބުތައް އިހްތިޔާރު ކުރާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

ކޮވިޑާ ހެދި އަތްމަތި ދަތިވި މި ދެ ބިދޭސީންނަށް ޝަރީއަތުން ދިނީ ލުޔެއް

ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލާގައި ހިމެނޭ ދެ ބިދޭސީންނަކީ ކޮވިޑްގެ ހާލަތާއެކު މުސާރަ ނުލިބި ކައިބޮއެ ހަދާނެ ގޮތެއް ނެތި ނިކަމެތިވި ބައެކެވެ.

ހުއްދައަކާ ނުލައި ލިޓަސް ސެންޓަރަށް ވަދެ ވައްކަން ކޮށްފައިވަނީ އެހެންވެ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުންގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމުގެ ދައުވާ އުފުލި އެވެ.

ދެ ބިދޭސީން ވަނީ ކުށަށް އިއުތިރާފުވެ، ކުށް ކުރެވުނީތީވެ ދެރަވާ ކަމަށް ބުނެފަ އެވެ. އެ ދެ މީހުންނަކީ ވެސް ކުށުގެ އިތުރު ރިކޯޑެއް ނެތް މީހުންނެވެ.

އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ދެ ބިދޭސީންގެ މައްޗަށް ޝަރީއަތް ހިންގިއިރު, ދައުވާތަކުގެ އަދަބަށް ޖަލު ހުކުމް ކަނޑައެޅި އެވެ. އެއާއެކު ދެ ދައުވާއަކާ ގުޅިގެން ޖަލު ހުކުމާއެކު މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ވެސް ކުރިމިނަލް ކޯޓުން ކަނޑައެޅީ އެވެ.

އެ އަދަބު ދީފައިވަނީ އެކެއްގެ މައްޗަށް އޮތް ވައްކަމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކަށާއި އަނެއް މީހާގެ މައްޗަށް އުފުލި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބަކަށެވެ.

މީގެތެރެއިން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބަކަށް އޮތީ, ގާނޫނުލްއުގޫބާތު އޮތް ގޮތުން އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދަބުގެ މިންވަރު ދަށްވެފައިވަނީ އިއުތިރާފުވެފައިވާތީ, ވައްކަމުގެ މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެފައިވާތީ އެވެ.

ދެވަނަ މީހާގެ މައްޗަށް ސާބިތުވި ވައްކަން ކުރުމުގެ ބައިވެރިވުމުގެ ދައުވާގެ އަދަބަކަށް އޮތް މިންވަރަކީ ވެސް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންވެ, މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނިންމެވީ 24 ދުވަހުގެ ބަދަލުގައި މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅާށެވެ.

މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަން ޖެހެނީ އުސޫލުގައިވާ ގޮތުން, ޖަލު އަދަބާއެކު, އެ އަދަބު ކުޑަ ވާނެ ގޮތަށެވެ.

ގާޒީ އާދަމް އިއްވެވި ހުކުމްގައިވާ ގޮތުން 24 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ދެ މީހުން ވެސް 137 ގަޑިއިރަށް މުޖުތަމައުއަށް ހިދުމަތް ކުރަން ޖެހޭނެ އެވެ. އަދި, އެކަން ކަރެކްޝަނަލް ސާވިސްއިން ތަންފީޒުކުރަން ޖެހޭނެ އެވެ.

ހުކުމްގައިވާ ގޮތުން އެ ދެ މީހުން ލައްވައި ކުރުވަން ޖެހޭނެ ހިދުމަތަކީ ކަރެކްޝަންސްއަށް މިވަގުތު ގާތުން ބަލައި މޮނީޓާކުރެވޭނެ ފަދަ މަސައްކަތަކަށް ވާން ޖެހޭނެ އެވެ. އަދި, ކަނޑައެޅި 137 ގަޑިއިރަށް އެމީހުން އެ މަސައްކަތްކޮށް ނިމުމުން ހުކުމް ތަންފީޒުވީ ކަމަށް ބެލެވޭނެ އެވެ.

މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަން ދައުލަތް ދެކޮޅު

ދެ ބިދޭސީންގެ މައްޗަށް ޖަލު ހުކުމްގެ ބަދަލުގައި އެހެން އަދަބެއް ކަނޑައެޅުމާ ގުޅޭ ގޮތުން ގާޒީ ވަނީ ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީސް ދެކޭ ގޮތް ސާފުކޮށްފަ އެވެ. އެ އޮފީހުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަން އިއުތިޒާރު ކުރި އެވެ.

ސަބަބެއްގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވަނީ ދެ ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވައިދާ ހިލާފަށް އުޅޭ ބައެއް ކަމަށްވާތީ, ބަންދުން ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމަށެވެ. އަދި މުޖުތަމައުއަށް ހިދުމަތް ދިނުމުގެ އަދަބާ ގުޅޭ ގޮތުން ކަރެކްޝަނަލްއިން ހަދަން ޖެހޭ އުސޫލު މިހާތަނަށް ހަދާފައި ނެތުމުން ހުކުމް ތަންފީޒުކުރަން އެ އިދާރާއަށް ދަތިވާނެތީ ކަމަށް ބުންޏެވެ.

ނަމަވެސް, ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކަރެކްޝަނަލް ސާވިސްއިން ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ޖެހޭ އުސޫލު ހަދާފައި ނެތުމަކީ ގާނޫނުން ދައުވާ ލިބޭ މީހާއަށް ލިބެން އޮތް ލުޔަކަށް ހުރަކަށް ވެގެން ނުވާނެ ކަމަށެވެ.

"ދައުލަތުގެ އިދާރާއަކުން ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުމުގެ ސަބަބުން އަދި ވަކި މުއްދަތުތަކެއްގައި ތައްޔާރު ކުރަން ޖެހޭ ގަވާއިދެއް ތައްޔާރުނުކޮށް އޮތުމުގެ ސަބަބުން ވަކި ކަމެއް ކުރުމަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރާނަމަ ކުރަން ޖެހޭ ކަމަކީ ވީއެންމެ އަވަހަަކަށް އެ ގަވާއިދެއް ތައްޔާރުކޮށް ޝާއިއުކުރުމެވެ. ނަމަވެސް އެއީ ގާނޫނަކުން މީހަކަށް ލިބިދީފައިވާ ލުޔެއް ދިނުމަށް އޮތް ގާނޫނީ ހުރަހަކަށް ވެދާނެ ކަމަށް ޝަރީއަތުން ނުދެކެމެވެ." ގާޒީ ލިޔުއްވި އެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގައި ބަޔާންކުރި މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބުގެ ގޮތުގައި ކަނޑައެޅިދާނެ ކަންކަން;

  • މަގުތަކާއި ޕޭޓޮއިލެޓްތަކާއި ޕާކުތަކާއި ސްކޫލުތަކާއި މިސްކިތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން އާންމު ތަންތަން ސާފުކުރުމާއި އާބާތުރަ ފިލުވުން
  • ކުނި އުކުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތްކުރުން
  • މަގު ހެދުމާއި ކޮންސްޓްރަކްޝަން އާއި މި ނޫން ވެސް ދައުލަތުން ނުވަތަ އިދާރާއަކުން ހިންގާ އުމުރާނީ މަސައްކަތްކުރުން
  • ކުށްވެރިޔާއަށް ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެހެން ބަޔަކަށް ކިޔަވައިދިނުން ނުވަތަ ދަސްކޮށްދިނުން
  • ދައުލަތުގެ އޮފީހެއްގައި ނުވަތަ ދައުލަތުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރުން

އުސޫލު ބައްޓަންކޮށްފައިވަނީ ކުށްވެރިންގެ ހުނަރުތަކުގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފުމަށެވެ. ކުށްވެރިއަކީ ވަކި ހާއްސަ ހުނަރެއް ލިބިފައިވާ މީހެއް ނަމަ، އެ ހުނަރެއް ދަސްކޮށްދީ، ނުވަތަ އެ ހުނަރަކުން މުޖުތަމައުއަށް ހިދުމަތެއް ފޯރުކޮށްދިނުމަށް އަދަބު ކަނޑައެޅުމަށް އުސޫލުގައި ބާރުއަޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox