
އައްޒާމް އަލިފުޅު
ސްޕޯޓްސް އެޑިޓަރ
އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.
1049 ލިޔުން
ކުޅިވަރުފުޓްބޯޅައިގެ ހާލަތު އެނގޭ، ނަތީޖާއެއް ނެރެވޭނެ: ސުޒޭން
ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ނުކުންނައިރު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެނގޭ ކަމަށާއި ގައުމީ ޓީމަށް މި މެޗުގައި ނަތީޖާއެއް ނެރެވޭނެ ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ވަނީ ބުނެފައި.
ކުޅިވަރުމުސާރަ ނުލިބޭ، މަސައްކަތްކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން
ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ ގިނަ މަސްތަކެއްވެފައިވާއިރު، އެ މުވައްޒަފުން މިހާރު މަސައްކަތް ކުރަން ޖެހިފައިވަނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ވަނީ ބުނެފައި
ކުޅިވަރުތައްޔާރުނުވެވޭތީ ގައުމީ ވޮލީ ޓީމު ކާވާ މުބާރާތުގައި ވާދަނުކުރޭ
އެކަށީގެންވާ ވަރަށް ތައްޔާރުވާން ފުރުސަތު ނެތުމާ އެކީގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކާވާ ޗެލެންޖް ކަޕްގައި ވާދަނުކުރަން ނިންމީ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ބުނެފައި.
