މަޑަގަސްކަރާގައި އައިއޯއިޖީ ފެށީ ކުލަގަދަ ހަރަކާތްތަކަކުން

އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް.--- ފޮޓޯ: ރާއިފް ޔޫސުފް / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް.--- ފޮޓޯ: ރާއިފް ޔޫސުފް / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 11 ވަނަ ކުޅިވަރުގެ އީދު ރޭ ކުލަގަދަ ހަރަކާތްތަކަކުން މަޑަގަސްކަރާގައި ފަށައިފި އެވެ.

މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައި ރޭ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި މަޑަގަސްކަރާގެ ސަގާފީ ކަންކަމާއި މަޑަގަސްކަރަ ރަމްޒުކޮށްދޭ އެކިއެކި ކަންކަން ދައްކުވައިދޭ ހުށަހެޅުންތަކުގެ ފެނިގެންދިޔަ އެވެ. އޭގެ އިތުރުން، ޑްރޯން އަދި ލޭސާ ޝޯ އެއްވެސް ވަނީ ފުރިބާރުވެފައި އޮތް ދަނޑުގައި ކުރިއަށް ގެންގޮސްފަ އެވެ.

ދެތިން ގަޑިއިރަށް ދިގުދެމިގެންދިޔަ ރޭގެ އިވެންޓްގައި މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީ 2023 ގައި ވާދަކުރާ ގައުމުތަކުގެ އެކިއެކި އިސް ފަރާތްތައް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރޭގެ ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެކި ގައުމުތަކުގެ އިސް ޑެލިގޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ. އެ ގޮތުން، ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު އަދި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރޭގެ އިވެންޓަށް ފަހު ދަނޑު ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި 12 މީހުން މަރުވެ، 80 މީހުންނަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މަޑަގަސްކަރާގެ މީޑިއާ އިންނާއި ސަަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، ރާއްޖޭގެ އެއްވެސް އެތުލީޓަކަށް އަދި އޮފިޝަލަކަށް ގެއްލުމެއް ލިބިފައިނުވެ އެވެ.

ރޭގެ ފެށުމުގެ ރަސްމިއްޔާތު ރާއްޖޭގެ ދިދަ ވިހުރުވާލުމުގެ ޝަރަފް ލިބުނީ 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި އެއް ވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ރާއްޖޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން ކުރިއަށްގެންދާ މި ގޭމްސްގައި ރާއްޖޭގެ އިތުރުން ފެންނަނީ މޮރިޝަސް، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މި ފަހަރުގެ ގޭމްސްގައި، ޖުމްލަ 2000 އަށް ވުރެ ގިނަ އެތުލީޓުން 17 ކުޅިވަރެއްގައި ވާދަކުރާ އިރު، ރާއްޖެއިން ވާދަކުރަނީ ނުވަ ކުޅިވަރެއްގަ އެވެ.

ރާއްޖޭން ވާދަކުރަނީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނެވެ. ބީޗްވޮލީބޯޅަ އާއި ސާފިން ނުހިމެނުމަކީ ރާއްޖެ އަށް މެޑަލް ހޯދަން ބަލާއިރު، ލިބުނު ދެރައެކެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ޖުމްލަ 172 އެތުލީޓުން ފެންނާނެ އެވެ. ރާއްޖޭގެ އަމާޒަކީ، 2019 ވަނަ އަހަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox