އޮސްކާ ދެކޭގޮތުގައި އޭއެފްސީ ކަޕްގެ ހޯމް އެންޑް އަވޭ ފޯމެޓް އިންސާފުވެރިވާނެ

އޮސްކާ ދެކޭގޮތުގައި އޭއެފްސީ ކަޕްގެ ހޯމް އެންޑް އަވޭ ފޯމެޓް އިންސާފުވެރިވާނެ

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު، އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް އަލުން ހޯމް އެންޑް އަވޭ ފޯމެޓަށް ފަށަން ތައްޔާރުވެފައިވާއިރު، މިއީ އެންމެ އިންސާފުވެރި ފޯމެޓް ކަމަށް ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ފާއިތުވި ދެ ސީޒަނުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. އެ ގޮތުން 2021 ވަނަ އަހަރު މާލޭގައި ކުރިއަށްދިޔައިރު، މިދިޔަ އަހަރު ކުޅެފައިވަނީ އިންޑިއާގެ ކޮލްކަތާގަ އެވެ. އެ ދެ ފަހަރު ވެސް ބަޝުންދަރާ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ފަހު މެޗުގެ ނަތީޖާއާ ހެދި އެވެ. ބަޝުންދަރާ ފަހަތަށް ޖައްސާލުމަށް ފަހު، އެ ދެ އަހަރު ވެސް މި ގްރޫޕުން އަނެއް ބުރަށް ދިޔައީ އިންޑިއާގެ މޯހަން ބަގާން އެވެ.

ބަޝުންދަރާ އިން ވަނީ މި ފަހަރު، އޭޝިއާގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު ކޮލިފައިންގައި ކުޅެފަ އެވެ. އެ ގޮތުން، ޔޫއޭއީގެ ޝާރްޖާ އެފްސީ އަތުން ބަޝުންދަރާ 2-0 އިން ބަލިވުމުން އެ ޓީމު ކުޅެން ޖެހިފައިވަނީ އޭއެފްސީ ކަޕްގަ އެވެ.

އޭއެފްސީ ކަޕްގައި ބަޝުންދަރާ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ކުޅޭއިރު، އެ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާގެ އޮޑީޝާ އާއި މޯހަން ބަގާން އެވެ.

ބަޝުންދަރާ ކިންގްސްގެ ޓީމު އެއާޕޯޓުގައި: މިއީ އެ ޓީމުން ގަލޮޅު ދަނޑުގައި މެޗެއް ކުޅޭނެ ދެ ވަނަ ފަހަރު.

އޭއެފްސީ ކަޕްގެ ކުރިން ބަންގްލަދޭޝް މީޑިއާގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ މި ގްރޫޕަށް މި ވަގުތު ބަލާލިޔަސް ފެންނަން އޮތް ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗެލެންޖަކަށް މި ފަހަރު ވެސް ވާނީ މޯހަން ބަގާން ކަމަށެެވެ.

މޯހަން ބަގާން ޓީމަކީ އިންޑިއާގެ އެންމެ ވަރުގަދަ ކްލަބް ކަމަށާއި ބަޝުންދަރާ އިން އެ ޗެލެންޖަށް މި ފަހަރު ކުރިއަށް ވުރެ ރަނގަޅަށް ތައްޔާރުވާނެ ކަމަށް އޮސްކާ ގަބޫލުކުރެ އެވެ.

"މި ފަހަރު (އަނެއްކާ ވެސް) މި އޮތީ ހޯމް އެންޑް އަވޭ ފޯމެޓް، މިއީ، މި މުބާރާތް އެންމެ ފޯރިގަދަވާނެ އެއް ސަބަބު، އަހަރެން އަބަދުވެސް ބުނާ ވާހަކައެއް މިއީ، އެންމެ އިންސާފުވެރި ފޯމެޓަކީ ހޯމް އެންޑް އަވޭ އޭ، ކޮންމެ ޓީމަކަށް ވެސް ހަމަހަމަ ފުރުސަތެއް ލިބޭނެ،" 2018 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ގޮވައިގެން އޭއެފްސީ ކަޕްގައި ނުކުތް އޮސްކާ ބުންޏެެވެ.

ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭއިރު، އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޮސްކާ އަށް އޮތީ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭއިރު، އަނެއް ބުރަށް ދާން ޓީމުތަކަށް ހަމަހަމަ ފުރުސަތެއް އޮތުމެވެ. މިދިޔަ އަހަރު، އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ކުޅުނުއިރު، ފަހު މެޗުގައި ބަޝުންދަރާ އަށް ކުޅެން ފުރުސަތު ރޭވިފައި ނެތުމުން އޮސްކާ އެކަމާ ކަންބޮޑުވުންފާޅުކުރީ، ވަކި ނަތީޖާއެއް ނެރެގެން އަނެއް ބުރަށް ދާން އެއް ޓީމަކަށް ފުރުސަތު ބޮޑުވާ ގޮތަށް އޮތުމުންނެވެ.

މިދިޔަ ސީޒަނުގައި ބަޝުންދަރާ ގްރޫޕް ސްޓޭޖުން ކެޓީ އެއް ވަނަ އަށް ދިޔަ މޯހަން ބަގާންއާ ޕޮއިންޓް އެއްވަރުވި ނަމަވެސް ފަހު މެޗުން މާޒިޔާ އަތުން މޯހަން ބަގާން އިން ބޮޑު މޮޅެއް ހޯދުމުންނެވެ.

ބަޝުންދަރާ އަށް ސިލްސިލާ ގޮތެއްގައި ބަންގްލަދޭޝްގެ ލީގު ތަށި ހޯދައިދިން އޮސްކާ ވަނީ ދާދި ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ކޮންޓްރެކްޓްގެ މުއްދަތެއް އެ ޓީމުން ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެ އެއްބަސްވުމުގެ ދިގުމިނަކީ އެއް އަހަރެވެ.

އޭއެފްސީ ކަޕްގެ ފުރަތަމަ މެޗަށް ބަޝުންދަރާ އިން މިއަދު މާލެ އަތުވެފައިވާއިރު، އެ ޓީމުން މިދިޔަ ދެ ސީޒަނުގައި ވެސް މާޒިޔާއާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅުނު މެޗުތަކުން ބަލިވެފައިނުވެ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން ބަޝުންދަރާ އިން ވަނީ 2-0 އިން މާޒިޔާ ބަލިކޮށްފަ އެވެ. އަދި މިދިޔަ އަހަރު ކޮލްކަތާގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 1-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox