"ގޭގައި ނުބައިތިއްބާ، މި ވެސް މެޑަލް ހޯދޭނެ އެތުލީޓުން"

އައިއޯއައިޖީގައި ރާއްޖެ އަށް ޕެރަ އެތުލެޓިކްސް އިން މެޑަލް ގެނެސްދިން އެތުލީޓުން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އައިއޯއައިޖީގައި ރާއްޖެ އަށް ޕެރަ އެތުލެޓިކްސް އިން މެޑަލް ގެނެސްދިން އެތުލީޓުން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މަޑަގަސްކަރާގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޕެރަ އެތުލެޓިކްސް އިވެންޓުގެ ބްލައިންޑް 100 މީޓަރު ދުވުމުގައި (ލޯފަން ފަރާތްތަކަށް ހާއްސަ 100 މީޓަރު ދުވުމުގެ ރޭސް) ވާދަކުރި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު، ލޯ މެޑަލް ގެނެސްދިނުމަށް ފަހު، އުފާފާޅުކުރުމަށް ދިން އަހަމިއްޔަތުކަމާ އެއްވަރަށް ދިނީ މުޖުތަމައު އަށް ވެސް މެސެޖެކެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖޭން 28 މެޑަލް ހޯދައި، ދިވެހި ކުޅިވަރު ތާރީހުގައި، ގޭމްސް އަކުން ހޯދި އެންމެ ބޮޑު ކާމިޔާބީގެ އުފާފާޅުކުރުންތައް ބާއްވަމުން އަންނައިރު، ޕެރަ އެތުލެޓިކްސް އިން ވާދަކުރި ރައްޒާގާއި ފާތުންގެ ހިތްވަރު ފާހަގަކުރަން ޖެހެނީ ހާއްސަ ވިސްނުންތަކަކާ އެކީގަ އެވެ.

"ފުރަތަމަ ކަމަކަށް އަލްހަމްދުލިއްލާހި މި ކާމިޔާބު ލިބުނީތީ، ދެން ކުޑަކުޑަކޮށް ގިނައިރުވީމަ (ރޭހަށް އައިސް އެކި ކަންކަން ދިމާވީމަ) ހުރި ސަކަރާތްވެފައި، ހުރެފައި ވެސް ކާމިޔާބު ލިބުނީތީވެ އުފާކުރަން ހަމަ،" އައިއޯއައިޖީގައި ރައްްޒާގު ވާދަކުރަން އޮތް ހީޓުގައި ނަން އޮތް އެއް އެތުލީޓަކު ވާދަނުކުރާތީ، ސީދާ ފައިނަލަށް ނުކުންނަން ޖެހުމުން ހުރި ގޮންޖެހުންތަކަށް އިޝާރާތްކޮށް ރައްޒާގު ބުންޏެވެ.

ރައްޒާގުގެ ގައިޑްރަނާގެ ގޮތުގައި ދުވީ އާތިފް އިބްރާހިމް އެވެ. އާތިފް ވެސް ރައްޒާގުގެ ހިތްވަރު ފާހަގަކޮށް ބުނީ ހީޓުގައި ނުދުވެ އައިސް، ފައިނަލްގައި ވާދަކޮށް، މެޑަލެއް ލިބުމުން އެ ހިތްހަމަޖެހުން ބޮޑު ކަމަށެވެ.

ފުރަތަމަ ވެސް ފައިނަލް ހީޓަކަށް ނުކުމެ ރައްޒާގު ދެއްކީ ހިތްވަރެވެ. ބައިނަލްއަގުވާމީ މައިދާނެއްގައި ނުކުމެ ސީދާ ފައިނަލެއްގައި އޭނާ ދެއްކި ސާބިތުކަމާ އެކީގައި ލިބިގެންދިޔައީ ރާއްޖެ އަށް ލޯ މެޑަލެކެވެ. އެ މެޑަލް ކަރުގައި އަޅާލައިގެން ހުރެ، ދިން އިންޓަވިއުގައި ފާހަގަކުރީ މުހިންމު ކަންތައްތަކެކެވެ.

"އަޅުގަނޑު އުންމީދުކުރަން، މި ގޮތަށް މެޑަލް ހޯދަން ފަށައިފިނަމަ ގިނަ އެތުލީޓުން ނުކުންނާނެ ކަމަށް. ރާއްޖޭގެ މާހައުލު އޮތްގޮތުން، އެންމެ ކުޑައިރުއްފަށައިގެން ވެސް ގޭގައި ބައިތިއްބާފައި ތިބެނީ، މި ވަގުތު ވެސް އަޅުގަނޑު ބުނެލާނީ ގޭގައި ނުބައިތިއްބާށޭ، މި ދާއިރާގައި ވެސް ފުރުސަތު އެބައޮތޭ. މި ދާއިރާ އަށް ވެސް ކުދިން ނެރޭށޭ، މައިންބަފައިން ފަސްނުޖެހި (ކުދިން) ނެރެފިއްޔާ، މިއީ ކުރިއަށްދެވޭނެ، ކާމިޔާބު ހޯދޭނެ ދާއިރާ އެކޭ،" މުޖުމަތަމައު އަށް އިބްރަރްތެރި ވާހަކައެއް ބުނެދިނުމުގެ ވިސްނުމާ އެކު، ރައްޒާގުގެ އަމިއްލަ ޝުއޫރުތައް ބަންޑުންކޮށްލި އެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ރައްޒާގު ރޭސް ނިންމީ 13.74 ސިކުންތުންނެވެ. މިއީ ގައުމީ ރެކޯޑު ޓައިމިން އެކެވެ. އެއީ މީގެ ކުރިން 2019ގެ އައިއޯއައިޖީގައި ދުވި މުހައްމަދު މާޒިން އަށް ވުރެ 7 ސިކުންތު އަވަސް ޓައިމިން އެކެވެ. އެ ފަހަރު، މާޒިން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޕެރަ އެތުލެޓިކްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ ފާތުން (ވ) އާއި އޭނާގެ ގައިޑްރަނާ ޝަމްހާ (ކ) ރޭސް ނިންމަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"ބައިވެރިވުން މުހިންމު، އެންމެންގެ އެހީތެރިކަން ލިބޭތީ ވެސް ވަރަށް އުފާވޭ"

އައިއޯއައިޖީގެ ލޯފަން ކުދިންނަށް ހާއްސަ އަންހެނުންގެ 100 މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ފާތުން ފައިނަލަށް ދަތުރުކުރީ ހީޓުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދައިގެންނެވެ. ހީޓުގައި ވާދަކޮށް ފާތުން ވަނީ ދެ ވަނަ ހޯދައިފަ އެވެ.

ފައިނަލުގައި ވާދަކޮށް ފާތުން ރޭސް ނިންމާލީ ގައުމީ ރެކޯޑެއްގެ އިތުރުން ލޯ މެޑަލަކާ ވެސް އެކީގަ އެވެ. ފާތުންގެ ގައިޑް ރަނާ އަކީ ކުޅަދާނަ ދުވުންތެރިޔާ، ފާތިމަތު ޝަމްހާ އެވެ. ފާތުން ބްރޯންޒް މެޑަލް ހޯދީ 17.34 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއާ އެކު ފާތުން ވަނީ އޭނާ އަތުގައި އޮތް ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ.

ފާތުން ބުނީ ގައުމީ ރެކޯޑާ އެކު މެޑަލެއް ލިބުމުން އުފާވާ ކަމަށާއި މީގެ އެންމެ ބޮޑު ކަމަކީ ގައުމަށް ރީތި ނަމެއް ހޯދައިދޭން ބައިވެރިވެވުނީތީ އެ ލިބޭ ހިތްހަމަޖެހުން ކަމަށެވެ.

މި ފަހަރުގެ ކޮންޓިންޖެންޓްގައި ހިމެނޭ ގިނަ އެތުލީޓުންނަށް ވެސް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކާ އެތުލީޓެއްގެ ގޮތުގައި ފެނިގެންދިޔަ ފާތުން ބުނީ ގޭމްސްއެއްގައި އަންނަ ކޮންމެ މީހެއްގެ ވެސް ބައިވެރިވުން ހުރިހާ ކަމެއްގައި ވެސް މުހިންމު ކަމަށެވެ.

"އެންމެން އެކުގައި ބައިވެރިވެގެން އުޅުން މުހިންމު، ވަރަށް އުފާވޭ އެހެންވެ، ދެން އެންމެންގެ އެހީތެރިކަން ވެސް ލިބޭތީ ވަރަށް އުފާވޭ،" ފާތުން ބުންޏެވެ.

ފާތުންގެ ހިތްވަރަށް ޝަމްހާ ވެސް ވަނީ ތައުރީފުކޮށްފަ އެވެ. އަދި ކެރިގެން ކޮންމެ ކަމަކާ ޖެހިލުމެއްނެތި ފާތުން ކުރިމަތިލާތީ އެކަން ފަހުރުވެރިކަމާ އެކު ޝަމްހާ ފާހަގަކުރި އެވެ.

ރައްޒާގު އެކޭ އެއްގޮތަށް ފާތުން ވެސް ފާހަގަކުރީ ޕެރަ އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ވީހާ ވެސް އިތުރުކޮށް، މީގެ އަށް ގިނަ އެތުލީޓުން ވެއްދުމެވެ. ބައިނަލްއަގުވާމީ ފުރުސަތުތައް ރާއްޖޭގެ ޕެރަ އެތުލީޓުންނަށް ލިބޭ މިންވަރު އިތުރުވާނަމަ މެޑަލްގެ އަދަދު ވެސް ގިނަ ވާނެ ކަމަށް ފާތުން އާއި ރައްޒާގު ޔަގީންކަމާ އެކު ވަނީ ބުނެފަ އެވެ.

ޕެރަ އެތުލީޓުންގެ މެނޭޖަރެއްގެ ގޮތުގައި މި ފަހަރު ޓީމާ އެކު މަސައްކަތްކުރި އަބްދުﷲ މައްސޫދު ބުނީ ޕެރަ އެތުލެޓިކްސް އިން ކުރިއަށްދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައުމީ ލެވަލްގައި ވާދަކޮށްލެވޭނެ މުބާރާތްތަކެއް ނުލިބުން ކަމަށެވެ. އެ ގޮތުން، ގައުމީ ލެވަލްގައި މުބާރާތެއް ނެތި ހަމައެކަނި ޓްރެއިނިން ކުރިއަށް ގެންގޮސްފައި މި ގޮތަށް އައިސް ބައިނަލްއަގުވާމީ ލެވަލްގައި ޓްރެކަށް ނުކުމެ، އެ ޕްރެޝަރުގައި އަބަދު ވާދަކޮށްގެން ބޭނުންވާ ލެވަލްގެ ކާމިޔާބީ ހޯދަން އުނދަގޫވާނެ ކަމަށް މައްސޫދު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox