ސަސްޕެންޝަނުގައި އޮތުމުން ވެލެންސިއާއާ ގުޅުނު ކުޅުންތެރިންނަށް އަދިވެސް ކުޅުމުގެ ފުރުސަތު ނުލިބޭ

މި ސީޒަނުގައި ވެލެންސިއާ އަށް ގުޅުނު އިއްބެ (ކ) އާއި ރިލޭ އެ ކްލަބްގެ ޕްރެކްޓިހެއްގެ ތެރެއިން: މި ދެ ކުޅުންތެރިންނަށް އަދިވެސް މެޗެއްގައި ކުޅެލުމުގެ ފުރުސަތު ލިބިފައިނުވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ސީޒަނުގައި ވެލެންސިއާ އަށް ގުޅުނު އިއްބެ (ކ) އާއި ރިލޭ އެ ކްލަބްގެ ޕްރެކްޓިހެއްގެ ތެރެއިން: މި ދެ ކުޅުންތެރިންނަށް އަދިވެސް މެޗެއްގައި ކުޅެލުމުގެ ފުރުސަތު ލިބިފައިނުވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ދިން ސަސްޕެންޝަނާ ހެދި އަދިވެސް ވެލެންސިއާއާ މި ސީޒަނުގައި ގުޅުނު ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

ވެލެންސިއާ އިން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ބޯހަސް މާޓިން އާއި ހޯސޭ ޑޮމިންގޭޒް އަށް ދޭން ޖެހޭ މުސާރައިގެ އެއް ބައި ދައްކައިފަ އެވެ. އެއީ، 48،000 ޑޮލަރު ކަމަށް ވެލެންސިއާ އިން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް ވެލެންސިއާ އިން ބޯހަސް އަށް ދޭން ޖެހޭ ފައިސާގެ ބޮޑުބައި ދައްކާފައިނުވެ އެވެ. އެ ފައިސާގެ ޖުމްލަ އަދަދު، 40،000 ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް ބޯހަސް ވަނީ ބުނެފަ އެވެ. ވެލެންސިއާ އިން ބޯހަސް ގެނައީ މަހަކު 5000 ޑޮލަރުގެ މުސާރަ އަކަށެވެ.

މި ސީޒަނުގައި ވެލެންސިއާ އިން އެހެން ކްލަބްތަކުން ގެނައި ކުޅުންތެރިންނަށް ވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެވެ އެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ކްލަބް ގްރީން ސްޓްރީޓްސް އިން ގެނައި، ރިލްވާން ވަހީދު (ރިލޭ)، ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް މެޗެއް ކުޅެވޭ ގޮތެއްނުވި އެވެ.

އިއްބެ އާއި ރިލޭ އަށް މެޗެއް ނުކުޅެވި ލީގުގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ދެ ވަނަ ބުރު ފަށަން އެއް ދުވަހަށްވެފައިވާއިރު، އަދިވެސް އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ ސީދާ ޖަވާބެއް ލިބިފައިނުވެ އެވެ.

އަނެއްކޮޅުން، ވެލެންސިއާ އިން މުސާރަ ނުލިބިގެން އެފްއޭއެމަށް ސިޓީ ހުށަހަޅާފައިވާ ދިވެހި ކުޅުންތެރިންނަށް ވެސް ފައިސާ ލިބިފައިނުވާކަން އެނގިފައިވެ އެވެ.

އެފްއޭއެމް އިން ވަނީ މިދިޔަ އޭޕްރީލް މަހު، ވެލެންސިއާ އަށް ކުޅުނު އެ ކުޅުންތެރިންގެ ސިޓީ އަށް ޖަވާބު ދީފަ އެވެ.

އެ ސިޓީގައި އެފްއޭއެމުން ބުނެފައިވަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް، ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ވެލެންސިއާ އަށް އެފްއޭއެމް އިން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ކުޅުންތެރިންނަށް އެ ފައިސާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަކު، މިހާތަނަށް އެ ފައިސާ ކުޅުންތެރިންނަށް ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.

ރާއްޖޭގެ ފަސް ކްލަބެއް ޓްރާންސްފާ "ބޭން" އެއްގައި!

މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް އޮތީ ޓްރާންސްފާ މާކެޓް ހުޅުވިފަ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް އިން ވަނީ ބިދޭސީ ކުޅުންތެރިންގެ ސޮއި ހޯދައި، ޓީމު ވަރުގަދަކޮށްފަ އެވެ.

އެކަމަކު، ދެން އެހެން އެއްވެސް ކްލަބެއްގެ ޓްރާންސްފާގެ "އަޑެއް" އަދި ނުއިވެ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން، މާޒިޔާ އާއި އީގަލްސް އަށް ފަހު، ދެން ބިދޭސީ ކުުޅުންތެރިން ގެނެވޭ ގޮތަށް ފުރުސަތު އޮތީ ބުރު ސްޕޯޓްސް ކްލަބް އަށެވެ.

ދެން، އޮތް ފަސް ކްލަބް ކަމަށްވާ ވެލެންސިއާ، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ބިދޭސީ ކުޅުންތެރިން ގެނެވެން ނެތެވެ. އެއީ، ކުރިން ސީޒަނުގައި އެ ޓީމުތަކަށް ކުޅުނު ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ މައްސަލަތަކެއް ފީފާ އަށް ހުށަހަޅާފައިވާތީ އެވެ. އެ މައްސަލަތައް ހައްލުނުކޮށް، މި ފަސް ކްލަބަށް އިތުރު ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރަން ފުރުސަތެއް ނެތެވެ.

އެ ފަސް ކްލަބްގެ ތެރެއިން، ދިވެހި ކުޅުންތެރިން ވެސް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ފީފާގެ އަދަބެއް އައީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަށް ކަން އެނގިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox