
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2150 ލިޔުން
ހަބަރުއައިއޭސީގެ އޮޑިޓު ރިޕޯޓުތައް އާންމުކުރަން ބުނިތާ އަހަރެއް
އައިއޭސީގެ އޮޑިޓު ރިޕޯޓުތައް އާންމުކުރާނެ ކަމަށް ބުނީ، އެ ޖަމިއްޔާއަށް އެހީގެ ގޮތުގައި ދޫކުރާ ފައިސާއަށް ހިޔާނާތްތެރިވާ ކަމަށް ކުރެވެން ފެށި ތުހުމަތުތަކާ ގުޅިގެން
ހަބަރުވޯޓާ ޕާކު އަޅާ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ނަގައިފި
އެޗްޑީސީން މި މައްސަލަތައް އަނބުރާ ގެނައީ ފާފޯމަންސް ގެރެންޓީއަށްވާ ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ހުށަހަޅަން ބޭނުންވާތީ.
ވިޔަފާރިމިއަދުން ފެށިގެން އެއާޕޯޓު ޓެކުހާއި ފުރާ އިރު ނަގާ ފީ ބޮޑުވާނެ
ސަރުކާރުން ހުށަހަޅައިގެން މި ގާނޫނު ބަދަލުކުރީ ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މަތިކޮށް، ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގައި. ދައުލަތުގެ އާމްދަނީ އިތުރު ވިޔަސް، އެއާޕޯޓު ފީ އާއި ޓެކުހަށް ގެނައި ބަދަލުތަކާ މެދު ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުން އެބަހުރި.
