ޑޮލަރު މާރުކުރަން ޖެހޭތީ ނުރުހި އާމިރު މަންސޫރު ވިދާޅުވީ ވިޔަފާރިކުރަނީ ސިޔާސީ ލޯނު ދައްކަން ނޫން ކަމަށް

ވިޔަފާރިވެރިޔާ އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު: ރިސޯޓުތަކާއި ސަފާރީތަކުގައި އާމިރުގެ ހިއްސާ އޮވޭ -- ފޮޓޯ: އަދަދު

ވިޔަފާރިވެރިޔާ އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު: ރިސޯޓުތަކާއި ސަފާރީތަކުގައި އާމިރުގެ ހިއްސާ އޮވޭ -- ފޮޓޯ: އަދަދު

ސަރުކާރުން ބޭނުންވާ ގޮތަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ މައްސަލައިގައި ނުރުހުންވެވަޑައިގެން، ވިޔަފާރިކުރަނީ ސަރުކާރުގެ ސިޔާސީ ލޯނުތައް ދައްކަން ނޫން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކާއި ސަފާރި ވިޔަފާރީގައި ވެސް ހަރަކާތްތެރިވާ އާމިރުގެ މި އުދާސްތައް ބަންޑުންކޮށްލެއްވީ ޓޫރިޒަމް ވިޔަފާރިވެރިން ތިބޭ ގްރޫޕެއްގަ އެވެ. އެ ގްރޫޕުގައި އޭނާ ދެއްކި ވާހަކަތަކުގެ ސްކްރީންޝޮޓުތައް އާންމުވެފައިވާއިރު، "އަދަދު" އަށް ވެސް ވަނީ އެ ސްކްރީންޝޮޓުތައް ލިބިފަ އެވެ.

ރިސޯޓު ހިންގާ ފަރާތްތަކުން އެކުއިޒިޝަން ކޮސްޓާއި ޓީޖީއެސްޓީ އާއި އާމްދަނީގެ ޓެކްސްގެ އިތުރުން ބިމު ކުލި ވެސް ވިޔަފާރިވެރިން ދައްކާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ދެނީ "ސުމެއް" ކަމަށް އާމިރު ފާހަގަކުރައްވަމުންނެވެ. އަދި ވިޔަފާރިކުރަނީ ސިޔާސީ ލޯނު ދައްކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން މަޖުބޫރުކުރާ މައްސަލައިގައި ޓޫރިޒަމްގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިން ނުރުހުން ފާޅުކުރަމުން އަންނައިރު، ގިނަ ވިޔަފާރިތަކުން ވަނީ އެމްއެމްއޭއިން އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތަށް ޑޮލަރު މާރުނުކުރެވޭނެ ކަމަށް ބުނެ، އެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން އެދީ މަރުކަޒީ ބޭންކަށް ސިޓީ ފޮނުވާފަ އެވެ.

އެ ވިޔަފާރިތަކުން މައިގަނޑު ކަންބޮޑުވުމަކީ، މަސްލަހަތުވެރިންނާ މަޝްވަރާކުރުމެއް ނެތި މިގޮތަށް ގަވާއިދު އެކުލަވާލުމުން ވިޔަފާރިއަށް އަސަރުކުރާނެތީ އެވެ. އަދި މިއާ ގުޅިގެން މުވައްޒަފުންނަށް ދެމުންދާ މުސާރަތައް ކުޑަކުރަން ޖެހި ހިންގުމަށް ބުރޫއަރާނެ ކަމަށް އެ ވިޔާރިތަކުން އަންނަނީ ބުނަމުންނެވެ.

އާ ގަވާއިދަށް އަމަލުނުކުރެވޭނެ ކަމަށް 50 ރިސޯޓަކުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމް ސިނާއަތުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ ޔުނިވާސަލް ރިސޯޓްސް އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެ އެވެ. އެމްއެމްއޭއަށް ސިޓީ ފޮނުވި ގިނަ ރިސޯޓުތަކަކީ ދިވެހި ވިޔަފާރިވެރިން ހިންގާ ރިސޯޓުތައް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ރިސޯޓުތަކަށާއި ސަފާރީތަކަށް ވަންނަ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހެ އެވެ. އަދި މިގޮތަށް ޖަމާކުރާ ފައިސާގެ ތެރެއިން ރިސޯޓު ނޫނީ ސަފާރީއަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުން މާރުކުރަން ޖެހެ އެވެ. މާރުކުރާ ޑޮލަރުގެ ބޭންކުތަކުގައި ބެހެއްޓެނީ 40 ޕަސެންޓެވެ. ބާކީ 60 ޕަސެންޓު ބޭންކުތަކުން މާރުކުރަން ޖެހެނީ އެމްއެމްއޭއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox